ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުމަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ދައުވަތު ދެއްވައިފިއެވެ.

ޑީއާރްޕީގެ ލީޑަރުގެ ހައިސިއްޔަތުން ޖާބިރު، ގާސިމަށް ފޮނުއްވެވި ސިޓީއެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މަޖިލީހުގެ ރިޔާސަތު ނުބަހައްޓަވާތާ ގިނަ ދުވަސްތަކެއް ފާއިތުވެ ގޮސްފައިވާތީ އާއި އަދި ރާއްޖޭގައި މިހާރު އޮތް ހަމަނުޖެހުމުގެ ތެރޭގައި ޤައުމު ހަމަމަގަށް އެޅުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.

އެމަސައްކަތްތައް ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކު ޢަލުން ހޮވަންޖެހިފައިވާ ކަމަށް ގަބޫލު ކުރާކަމަށް ޖާބިރު ވިދާޅުވިއެވެ.

ވީމާ، ޤައުމު މިހިނދުއޮތް ޙާލަތުން ޤައުމު ހަމަމަގަށް އެޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް މިވަގުތު ގާސިމް ވަޑައިގަތުމަށް ފެންނަނީ އެކަމަށް ދައުވަތު އަރުވާކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އޭނާގެ ދަޢުވަތަކީ ޑީއާރްޕީ އާއި، އެމްޑީޕީގެ ގިނަ ފަރާތްތަކާއި، އަދި އެމްޑީޕީގެ އިސްލީޑަރ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވިސްނުންފުޅުވެސް ހުރިގޮތް ކަމަށްވާތީ، މިކަމުގައި މިއެންމެހާ ފަރާތްތަކުގެ ތާއީދު ގާސިމަށް އޮންނާނެ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި މަހުގެ 06 ވަނަ ދުވަހުގެ ރޭ ދިން ހަމަލާއަށް ފަހު އެމަނިކުފާނު އަދި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާފައެއް ނުވެއެވެ. ހަމަލާ ދިންތާ ހަފްތާއެއް ފަހުން ނަޝީދު ރާއްޖެ އިން ބޭރަށް ވަޑައިގެންނެވި ގޮތައް އަދިވެސް ހުންނެވީ ރާއްޖެ އިން ބޭރުގައެވެ.

ނަޝީދު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެއްވެސް ޒިންމާއެއް އަދާނުކުރައްވާތާ މިހާރު ހަތަރު މަހާއި 21 ދުވަސް ވެއްޖެއެވެ. ނަމަވެސް މަޖިލިސް ރައީސްގެ މުސާރަ ނަޝީދު ގަވައިދުން ނަންގަވައެވެ.

ނަޝީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ. އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް އަދި ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އިސްޢާފް ސަލީމް

  ވަރަށް ރަގަޅު ގޮވައިލުމެއް! ހަހަހާ

  8
  2
 2. ބެއްޔާ

  ގާސިމު މަޖްލިހަށް ހާޟިރުނުވެގެން އެމްޑީޕީ ކުދިންކޮޅު އުޅުނުގޮތް ހަނދާންހުރީކާކުބާ؟؟ ތިމާމީހާޖެހުނީމަ ޑިމޮކްރަސީގެ ރީތި ނަމޫނާ. ހުރިހާ އެއްޗެއް އެކަކު ގޮހޮރަށް އެޅުމަކީ ޑިމޮކްރަސީއަކީ

  11
  2
 3. މެމްބަރު ޤާ ސިމްބެ

  ދައުވަތު ޤަބޫލު ކުރަން ވިސްނާނީ ލޮލީ ދޭތެރެ ދޭތެރެ އިން އެ ބުނާ ދަރަނީ ގެ ކަންތައް ކޮޅެއް ގައި ޖެއްސީ މާ!

 4. ސަންޕާ

  ޤާސިމް ފަކީރު މިހާރު ހުންނާނީ "ހެދިފަ" އެމަނިކުފާނު ހައްދާލަން އެއްވެސް ކަމެއްއްނޫން. މަނިކުފާނު ވަރެއްނެތޭ، މަނިކުފާނު ނޫނީ މީހަކު ނެތޭ، މަނިކުފާނު ހޮވޭނޭ ކިޔައިގެން ކިތައްފަހަރު ރައީސްކަމަށްވެސް ކުރިމަތި ލައްވައިފި، ކުރިމަތި ލީމަ އެންމެ ކައިރީގަ ތިބި މީހުންވެސް ދިނީ ކެހި.

 5. ސަލީމު

  ތިކަމައް އެންމެ ރަގަޚީ ޖާބިރު

  2
  1
 6. ކަލޭމެން ހިތުން

  މި ދެން ކޯއްޗެއް ކުއްލި ޚަބަރަކަށް ގެންނަން 😪