20:34

ލ.ފޮނަދޫ މުޖުތަމައު ތެރެއިން އަނެއްކާވެސް ކޮވިޑް-19 ފެނިއްޖެެ

16:19

ޏ. ފުވައްމުލައް ސިޓީން ކޮވިޑް-19ގެ ވެކްސިން ފުރިހަމަ ކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިން މީހަކަށް އެ ސިޓީގެ ކައުންސިލުން ދޭން ނިންމާފައިވާ ފައިސާގެ އިނާމާއި ރެސްޓޯރެންޓް ވައުޗާ ގުރުއަތުން ހޮވުން ފަރާތްތަކަށް ހަވާލު ކޮށްފި

08:59

ތުރުކަމިނިސްތާންގައި ކޮވިޑެއް ނެތް، ނަމަވެސް ކޮވިޑްގައި މީހުން މަރުވަނީ!

ކޮވިޑް-19 ފެތުރެން ފެށުމުން ގާތްގަނޑަކަށް މުޅި ދުނިޔެ މިދިޔަ އަހަރު ބަންދު ކުރިއެވެ. އެއަށްފަހު ދެން ގައުމުތައް ހުޅުވާލަން ފެށީ ވެސް އެގައުމުތަކަށް ދަތުރު ކުރާ މީހުން ދެހަފްތާ ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރަން ޖެހޭ ގޮތަށެވެ. ނަމަވެސް ކޮވިޑުން ދިފާއު ވުމަށް ވެކްސިން ޖެހެމުންދާ ނިސްބަތައް ބަލާފައި މިހާރު ގިނަ ގައުމުތައް އަންނަނީ ވެކްސިން ފުރިހަމަ ކުރި މީހުންނަށް ހުޅުވާލަމުންނެވެ.

ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ހުޅުވާލާފައިވާ ގައުމުތަކުގެ ތެރޭގައި އެމެރިކާ، ކެނެޑާ، ކިއުބާ، ކެރީބިއަން، ބަހާމާސް، ޑޮމިނިކާ، ޑޮމިނިކަން ރިޕަބްލިކް، ހެއިޓީ، ޖެމެއިކާ، އަލްބޭނިއާ، އަރްމޭނިއާ، އަޒަރުބައިޖާން، ބެލަރޫސް، ބެލްޖިއަމް، ކްރޮއޭޝިއާ، ސައިޕްރަސް، ޗެކްރިޕަބްލިކް، ޑެންމާކް، ޖަރުމަންވިލާތް، ގްރީސް، އިޓަލީވިލާތް ހިމެނެއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި އަދި އިތުރު ގައުމުތައް އަންނަނީ ހުޅުވާލަން ތައްޔާރުވަމުންނެވެ. ސިންގަޕޫރާއި ތައިލެންޑް ދާދި އަވަހަށް ހުޅުވާލާނެ ކަމަށް ބެލެވެއެވެ. އޭގެ އިތުރުން އިންޑިއާ އިން ވެސް އަންނަނީ އެގައުމަށް ދަތުރު ކުރުމުގައި ލުއިތަކެއް ދިނުމަށް ތައްޔާރުވަމުންނެވެ.

މިހާރު ކޮވިޑްގެ ހާލަތު އޮތް މިންވަރަށް ބަލާއިރު ސައިންސްވެރިން އުއްމީދު ކުރަނީ ހާލަތު އިތުރަށް ގޯސް ނުވާނަމަ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ގިނަ ގައުމުތަކެއް ހުޅުވާލެވޭނެ ކަމަށެވެ. ނަމަވެސް ކޮވިޑް ވައިރަސް އަކީ ވެސް އެހެން ވައިރަސްތަކެކޭ އެއްގޮތައް ބަދަލުތަކެއް އަންނަމުންދާ ވައިރަސް އަކަށްވުމުން ހާލަތައް އަތުވެދާނެ ބަދަލެއް ބުނާކަށް ނޭނގެއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރުހިމާ

    އަހަންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތިއީ އިންޑިއާ މީހެއް.

    1
    1