އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުގެ ހުށަހެޅުންތައް ނިމިއްޖެނަމަ އަންނަ ހޯމަ ދުވަހު ބާއްވާ އަޑުއެހުމުގައި އެމަނިކުފާނު ކަފާލާތުން ދޫކޮށްލުމާ މެދު ގޮތެއް ނިންމޭނެ ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ މަރުހަލާގައި ޔާމީންގެ ފަރާތުން އިސްތިއުނާފީ 22 ނުކުތާއެއް ހުށަހެޅުއްވިއެވެ. އެ ހުށަހެޅުންތައް އިއްވައި ނިމުނީ ހަތަރު ދުވަހުން ބޭއްވި ފަސް އަޑުއެހުމެއްގައެވެ. ދިގު ފަސް އަޑުއެހުމަކުން އިއްވި އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން އެންމެ އަޑުއެހުމެއްގައި ޖަވާބު އަރުވާފައިވެއެވެ. މިއަދުގެ އަޑުއެހުމުގައި އިސްތިއުނާފް ކުރާ ފަރާތަށް ދައުލަތަށް ރައްދު ދޭން ފުރުސަތު ދިނެވެ. ދައުލަތަށް ވެސް އަދި އެއް ފުރުސަތު ދެވޭނެއެވެ.

މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ މިއަދުގެ އަޑުއެހުމުގައި ޔާމީނަށާއި ދައުލަތަށް ދެވޭ ފުރުސަތަށް ފަހު އާ ހެކިތައް ހުށަހަޅަން ޔާމީނަށް ފުރުސަތެއް ދެވޭނެ ކަމަށެވެ. މި ހުރިހާ މަރުހަލާއެއް މިއަދުގެ އަޑުއެހުމުގައި ނިންމުމަކީ ޝަރީއަތުގެ އަމާޒެއް ކަން ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.

އެ ގޮތަށް މިއަދުގެ އަޑުއެހުން ކުރިއަށް ގެންދެވިއްޖެނަމަ އަންނަ ހޯމަ ދުވަހު ބާއްވާ އަޑުއެހުމުގައި ކަފާލާތުގެ ދަށުން ޔާމީން ދޫކޮށްލައި ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައެވެ. ހައި ކޯޓުން ވެސް އެ ހުކުމަށް ވަނީ ތާއީދުކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ މަރުހަލާގައާއި ހައި ކޯޓުގެ މަރުހަލާގައި ޔާމީންގެ ފަރާތުން ހުށަހަޅުއްވާފައި ނުވާ ބައެއް ހެކިތައް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާއިރު އޭގެ ބައެއް ކަންކަން އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި ވަނީ ފާހަގަ ކުރައްވައިފައެވެ. މި ގޮތުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުގައި ޔާމީންގެ ފައިސާ ހުރި ކަން އެނގޭނެ ހެކިތަކާއި ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުއައްވިޒް ރަޝީދުއާ ބައްދަލުނުވާ ކަން ސާބިތު ކުރަން ވެގެން އަދީބާއި މުއައްވިޒާ ދެމެދު ދެކެވިފައިވާ ވާހަކަތަކުގެ ޗެޓްލޮގްތައް ހިމެނެއެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ.ފުއްގުރި ދޫކުރި މުއާމަލާތުގެ މައްސަލާގައި އުފުލާފައިވާ ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރުމުގެ ދައުވާއެވެ. މި ޝަރީއަތް މިހާރު އޮތީ ހެކި ބަސް ނެގުމުގެ މަރުހަލާގައެވެ. މި ޝަރީއަތުގައި ވެސް ޔާމީން ވަނީ އަދީބާއި ޒިޔަތުގެ ހެކި ބަސް ބަލައިނުގަންނަން އެދިފައެވެ.

ވ. އާރަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ވެސް ލޯންޑަ ކުރި ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވިއެވެ. އެހެންވިޔަސް އިތުރަށް ތަހުގީގު ކުރަން ފުލުހަށް ފޮނުވުމުން ޔާމީން ހާޒިރުކޮށް ބަޔާން ވެސް ނަގަން މަސައްކަތް ކޮށްފައިވެއެވެ. އެކަމަކު ތަހުގީގު ނިމިފައިވާ މައްސަލައެއް ކަމަށް ވިދާޅުވެ ޔާމީން ވަނީ ބަޔާން ދެއްވަން ދެކޮޅު ހައްދަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޝާމިން

  މާތް ﷲ ރައިސް ޔާމީން އަށް ކެތްތެރިކަން ދެއްވާ އެމަނިކުފާނަށް ނަޞްރާއި ކާމިޔާބު ދެއްވާންދޭވެ!

  27
  2
 2. މުންޑު

  ދޫނުކުރާތި ދައުލަތުގެ ތިޖޫރިންނެގި ލާރިވެސް އަދި ނުދައްކާ ............ސޭނޯ

  3
  23
 3. ޢިކުރާމު.....

  އިބޫކޮޅު ބަލިވާނެ ޔާމިނަ އް އަނިޔާ ކުރާވަރަކަ އް އަނިޔާވެރި ކަމާ ދެކޮޅަ އް ކަމަ އްބުނެ އަނިޔާވެރިކަން ހަ އްދުފަހަނަ އެޅީމަ ވާނީ މިހެން ގަ އުމުގަ ތަރަ އްގީޔާ ތަހުޒީބު ދަންނަ ވެރިންނަ އް މިފަދަ އަނިޔާނުދީ މިނިވަންކުރޭ

  24
 4. ނަޒީ

  ރައީސް ޔާމީންއަކީ މިނިވަންވަންޖެހޭ ބޭފުޅެއްކަން މިހާރުވެސް ސްޕްރީމްކޯޓުިގެ ޝަރީޢަތުން ރައްޔިތުންނަށް ޔަޤީންވެއްޖެއެވެ. މާތްﷲއަށް ބިރުވެތިވެ ޙުކުމްކޮށްފިނަމަ މިކަން އޮތީ މިހެންނެވެ. އިންޝާއަﷲ!

  28
  1
 5. އިލި

  ވަގު ދޫނުކުރާތި

  3
  27
 6. ނަރުދޫ ހަސަނު

  އެއްގޮތަކަށްވެސް ދޫކޮށްލައިގެން ނުވާނެ. ހަމަޖަލުގަ މުޅި އުމުރަށްބާއްވާ. ޖުރިމަނާ ފައިސާ ނުދައްކައިފިއްޔާ ގެދޮރު ނީލަންކިޔާފަނަމަވެސްފައިސާ ޖެހޭނީ ފައިސާ ހޯދަން. އަހަރެމެން ވެރިކަމަކަށް އެސޮރެއް ނުގެންނަމު ވައްކަން ކުރާކަށެއް

  1
  26
 7. މާސްޓަރ

  ހަހަހަ. ހުކުން ކުރި އެއްވެސް ފައިސާއެއް (05 މިލިއަން ޑޮލަރ) ނުދައްކާ ކަފާލާތައް އެދެވޭތަ؟ މިއޮތީވާ ޤައުމެއް!

  2
  19
 8. އުމަރުބޭ ބަނޑިދޫ

  ދޫނުކުރާތި ޖަލައްގެންދޭ

  2
  24
 9. ހެހެހޭ

  ކުށެއް ކޮއްގެންތަ ތިޔައުޅެނީ ޖަލައްގެންދާށޭ ތިޔަބުނީ

  7
  1
 10. ދުންމާރި

  ﷲ ގެވާގިފުޅާއިއެކު ރައީސްޔާމީން މިނިވަންވެ ރައީސް ސޯލިހު ވަށްކަންކުރި މަށްސަލަ ހެކިވެރިޔާ އަލީވަހީދުގެ ހާޒިރުގައި ކުރިޔަށްދާނެ އަދި މިކަން ފަޅާއަރާ އެންމެންގެ މަށްސަލަބަލާނެ އަދި ސަރުކާރުން ފަނޑިޔާރުންނަށް ބިރުދަށްކާ ރައީސް ޔާމީންގެ މަށްސަލަ ވަކި ގޮތަކަށް އަނބުރާލުމަށް ރިސްވަތުދިން މަށްސަލަ ބަލާ ފިޔަވަޅު އެޅޭނެ އިންޝާ ﷲ.