އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ޖަމާކޮށް އެކި ފަރާތްތަކަށް އެ ފައިސާ ބެހި އެސްއޯއެފްއަށް ދައުވާ ނުކުރަން ދައުލަތުން ނިންމައިފިއެވެ.

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިއިރު، އިސްތިއުނާފްގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ފަރާތުން ދައުލަތަށް ގިނަ ސުވާލުތަކެއް ވަނީ އަމާޒު ކުރައްވައިފައެވެ.

ފަނޑިޔާރުންގެ ބެންޗުގައި އިންނެވި ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރު ވަނީ ޚިޔާނާތުގެ ފައިސާގެ މުޅި މުއާމަލާތްތައް ހިންގި އެސްއޯއެފްގެ އެކައުންޓްގައި ހުރީ ހަމައެކަނި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތޯއާއި އެސްއޯއެފްއާ މެދު އެއްވެސް ތަހުގީގެއް ހިނގާފައިވޭތޯ ސުވާލުކޮށްފައެވެ.

އެ ސުވާލުގެ ޖަވާބުގައި ދައުލަތުން ފުރަތަމަ ވިދާޅުވަނީ މި މައްސަލާގައި ދައުވާ އުފުލުނީ ހަމައެކަނި ޔާމީންގެ މައްޗަށް އެކަނި ނޫން ކަމަށެވެ. އޭގެ އިތުރަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހްމަދު ނިހާންއާއި، އެމްއެމްޕީއާރުސީ ޚިޔާނާތުގެ ތަހުގީގުގެ ހެޑް އަބްދުﷲ އާޒިމްގެ މައްޗަށް ވެސް ދައުވާ އުފުލާފައިވާ ކަމަށް ވިދާޅުވިއެވެ.

ފަނޑިޔާރު އަޒްމިރަލްދާ ވަނީ ދެވަނަ ފަހަރަށް އެސްއޯއެފްގެ އެކައުންޓްގައި ހުރީ ހަމައެކަނި ޚިޔާނާތުގެ ފައިސާތޯ ސުވާލު ކުރައްވައިފައެވެ. އަދި އެސްއޯއެފްގެ މައްޗަށް އެއްވެސް ތަހުގީގެއް ހިންގުނުތޯއާއި ދައުވާ ކުރަން ނިންމާފައިވޭތޯ ފަނޑިޔާރު ސުވާލު ކުރެއްވިއެވެ.

ދައުލަތުން ދެން ވިދާޅުވީ އެސްއޯއެފްގެ އެކައުންޓަށް އެއް ބިލިއަން ރުފިޔާ ނުވަތަ 70 މިލިއަން ޑޮލަރު ވަދެފައި އޮތް ކަން ފާހަގަ ކުރެވޭއިރު އެމްއެމްޕީއާރުސީގެ ޚިޔާނާތަށް ފަހު އެ އެކައުންޓުން ކުރި މުއާމަލާތްތަކީ މީގެ ކުރީގައި ހިންގި މުއާމަލާތްތަކަށް ވުރެ މާ ބޮޑެތި ފައިސާގެ މުއާމަލާތް ކަމަށެވެ.

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ތަހުގީގު ފެށިގެން އައި އިރު އެސްއޯއެފްގެ އިސް މީހުން ރާއްޖޭގައި ނެތް ކަމަށާއި އެހެންވެ އެ ކުންފުނީގެ މައްޗަށް ތަހުގީގު ކުރެވިފައި ނުވާ ކަމަށް ދައުލަތުން ވިދާޅުވެއެވެ. އެހެންވެ އެސްއޯއެފްއަށް ދައުވާ ނުކުރަން ނިންމާފައިވާ ކަން ދައުލަތުން ހާމަ ކުރެއްވިއެވެ.

ސުޕްރީމް ކޯޓުގެ އަޑުއެހުން

އެސްއޯއެފްއަށް ދައުވާ ނުކުރަން ނިންމިއިރު، ޔާމީންގެ އެކައުންޓަށް ވަން އެއް މިލިއަން ޑޮލަރަށް ވުރެ މާ ބޮޑެތި އަދަދުތަކުން ފައިސާ ޖަމާވި ފަރާތްތަކުގެ ތަހުގީގު ނުނިމޭތޯއާއި އެ ފަރާތްތަކަށް ދައުވާ ނުކުރަން ދައުލަތުން ނިންމާފައިވޭތޯ ވެސް އަޒްމިރަލްދާ ސުވާލު ކުރެއްވިއެވެ.

އޭގެ ޖަވާބުގައި ދައުލަތުން ވިދާޅުވީ އަދީބު، ޒިޔަތު، ޔާމީން، އަޒީޒް ފަދަ ބޭފުޅުންގެ ތަހުގީގު އަވަސް ވެގެން ދިޔައީ އެ ފަރާތްތައް ފުރުއްވަމުން ގެންދަވާ މަގާމުގެ ގޮތުން ވިޔަފާރިއާއި އިތުރު އާމްދަނީ ހޯދަން ނޯންނާތީ ފައިސާ ތަހުލީލު ކުރަން އަވަސްވެގެން ދިޔައީ ކަމަށެވެ. އެހެންވިޔަސް އަބަދުވެސް ވިޔަފާރި މުއާމަލާތްތައް ކުރާ ވިޔަފާރިތަކާއި ކުންފުނިތަކާއި ވަކި ފަރުދުންނަށް ލިބިފައިވާ ފައިސާ ތަހުލީލު ކުރުމުގައި ވަގުތުތަކެއް ނަގާނެ ކަން ދައުލަތުން ފާހަގަ ކުރެއްވިއެވެ.

ދައުލަތުން މި ގޮތަށް ވިދާޅުވީ ރައްދުގައި ވާހަކަ ދައްކަވަން ޔާމީން ފުރުސަތަށް އެދިވަޑައިގެންނެވިއެވެ. އެ ފުރުސަތު ދެއްވުމުން އެމަނިކުފާނު ވިދާޅުވީ ބައެއް މައްސަލަތަކުގައި ތަހުގީގު ކުރަން ވެގެން ދިވެހި ފުލުހުން ބޭރުގެ ގައުމުތަކަށް ވެސް ގޮސްފައިވާ ކަމަށާއި، މި ވަރުގެ ބޮޑު ޚިޔާނާތެއްގެ މައްސަލާގައި ރާއްޖޭން ބޭރުގައި ބަޔަކު ތިބި ކަމަށް ބުނެ އެ ބަޔެއްގެ މައްޗަށް ތަހުގީގު ނުކުރެވެންވީ ސަބަބެއް އޮވެގެން ނުވާނެ ކަމަށެވެ.

ޔާމީން އެމަނިކުފާނުގެ ވަކީލުންނާއިއެކު ސުޕްރީމް ކޯޓުގައި
ޔާމީން އެމަނިކުފާނުގެ ވަކީލުންނާއިއެކު ސުޕްރީމް ކޯޓުގައި

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައެވެ. ހައި ކޯޓުން ވެސް އެ ހުކުމަށް ވަނީ ތާއީދުކޮށްފައެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިއިރު އެ ކޯޓުގައި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރުއެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

ކްރިމިނަލް ކޯޓުގެ މަރުހަލާގައާއި ހައި ކޯޓުގެ މަރުހަލާގައި ޔާމީންގެ ފަރާތުން ހުށަހަޅުއްވާފައި ނުވާ ބައެއް ހެކިތައް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާއިރު އޭގެ ބައެއް ކަންކަން އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި ވަނީ ފާހަގަ ކުރައްވައިފައެވެ. މި ގޮތުން އަދީބުގެ އަތުގައި ޔާމީންގެ ފައިސާ ހުރި ކަން އެނގޭނެ ހެކިތަކާއި ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުއައްވިޒް ރަޝީދުއާ ބައްދަލުނުވާ ކަން ސާބިތު ކުރަން ވެގެން އަދީބާއި މުއައްވިޒާ ދެމެދު ދެކެވިފައިވާ ވާހަކަތަކުގެ ޗެޓްލޮގްތައް ހިމެނެއެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ.ފުއްގުރި ދޫކުރި މުއާމަލާތުގެ މައްސަލާގައި އުފުލާފައިވާ ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރުމުގެ ދައުވާއެވެ. މި ޝަރީއަތް މިހާރު އޮތީ ހެކި ބަސް ނެގުމުގެ މަރުހަލާގައެވެ. މި ޝަރީއަތުގައި ވެސް ޔާމީން ވަނީ އަދީބާއި ޒިޔަތުގެ ހެކި ބަސް ބަލައިނުގަންނަން އެދިފައެވެ.

ވ. އާރަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ވެސް ލޯންޑަ ކުރި ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވިއެވެ. އެހެންވިޔަސް އިތުރަށް ތަހުގީގު ކުރަން ފުލުހަށް ފޮނުވުމުން ޔާމީން ހާޒިރުކޮށް ބަޔާން ވެސް ނަގަން މަސައްކަތް ކޮށްފައިވެއެވެ. އެކަމަކު ތަހުގީގު ނިމިފައިވާ މައްސަލައެއް ކަމަށް ވިދާޅުވެ ޔާމީން ވަނީ ބަޔާން ދެއްވަން ދެކޮޅު ހައްދަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ހުިރަ

    މަބުނިތަން އައީ!!!!

    35
    1
    • އަހްމަދު

      ޢިއްޒަތްތެރިފަނޑިޔާރަށް ދަންނަވާލަން ރައްޔިތުންގެފައިސާއިން ވަށްކަންކުރިބަޔަކަށް ދަޢުވާނުކޮށް ދޫކޮށްލަށް ދައުލަތުގެވަކީލާ އެނިންމިސަބަބެއް ތިޔަޝަރީޢަތުގެތެރެއިން ރައްޔިތުންނައްސާފުކޮށް ދެއްވުންއެދެން

      48
  2. މޫސާ

    ހުރިހާ ފައިސާއެއްލިބުނުކަމަށްބުނެ އެފައިސާބެހި އެސް އޯ އެފް ގައި މަސައްކަތްކުރި މީހުންގެ މައްސަލަ ނުބަލާ އެހެންމީހުންގެ މައްސަލަ ބެލުމަކީ ސަރުކާރުންކުރާ ވަރަށް ބޭއިންސާފު ކަމެއްކަމުގައި ދެކެން އަދި ރައްޔިތުންގެ ފައިސާއަށް އިހުމާލުވި ފަރާތްތައްހޯދައި އެކަމުގައި އިހުމާލުވި ހުރިހާ ފަރާތްތައް އިންސާފުގެ ކުރިމަށްޗަށް ގެނެސް ހައްގު އަދަބު ދިނުމަށް ރައްޔިތުން ނުކުންނާނެކަން ހަދާންކުރަންވާއެވެ.

    76
  3. ޖަމީލުބެ

    ވަރަށް މޮޅު.. ހެހެހެ

    43
  4. ހޮނޑާފުށީ ބޮޑުހުސޭނު

    އެއީ އެބުނާ ޒީރޯ ޓޮލަރެންސް

    74
  5. Anonymous

    މިވަރު ޒީރޯ ޓޮލަރެނސް އިންސާފުވެރި ޝަރީއަތެއް އަދި އެއްވެސް ގައިމެއްގެ ހިންގިފައެއްނެތް މިއީ ހަމަ ނަމްބަރ 1 ޝަރީއަތާއި ދައުލަތުގެ އެއްމެ ސުޕަރ ފަނޑިޔާރުންނޭ ދެންނެވޭނީ، މިމީހުންގެ މަހުޝަރ ދުވަހުގެ ޖަޖުމެންޓްވެސް އިނގޭނެތާ؟؟؟

    56
  6. އިސްޢާފް ސަލީމް

    ރުފިޔާ ލިބުނު މީހުންގެމައްޗަށް ދަޢުވާކޮށްފިނަމަ މިއަދުގެ މުޅި ދައުލަތް ހަފަޅިއަށް އިރިގެންދާނެ! ވަޒީރުންނާ ކުންފުނިތަކުގެ ވެރިންނާ އެމްޑީޕީގެ އިސް ގިނަމީހުން އޭގެތެރެއިން އިބްރާހީމް ޞޯލިހް ނެއްޓިގެންނުދާނެ!

    65
    1
  7. ކާފަބޭ2020

    މީހަކުދެކެ ބަޔަކުމީހުންބިރުގަތަސް މީދެންބޮޑުވަރުދޯ؟ 😆😆😆😆😆😆😆😆😆😆

    66
  8. އިސްޢާފް ސަލީމް

    މިއަދުގެ ޝަރީޢަތުގައި ދައުލަތުން ބުނާގޮތަށް ވާހަކަދައްކައިދޭން ހުންނެވި ވަކީލާ ޢައިޝާ ރޯމަހެއް ތުރުތުރުލާހެން ތުރުތުރުލާތަން ފެނިގެންދިޔަ!

    65
  9. Anonymous

    މޑޕ ގެ ވާހަކަ ހެޔޮވެސް ނުވާނެ ދައްކަން، އަބަދުވެސް އޮންނާނީ މަކަރު ހެދުމާ އޮޅުވާލުން.

    69
    1
  10. ޙހހހ

    ނުކުރާނެ ،ނުވެސް ކުރެވޭނެ. ވަކިމީހެއްގެ ހައްޤު ނިގުޅާގަތުމަތުމަށް ދައުލަތުން ހިންގި ޖަރީމާއަށް އެމީހުން އެއްބާރުލުންދިނީ އެމީހުންގެ މައްޗަށް ދަޢުވާ ނުކުރާމަތިން ، އެކަން އެހެރީ އިހްލާސްތެރި ބައެއްގެ ލޯތަކަށް ފެންނަން ، އަދީބުގެ ހެކިބަހުންނާައި ފަހުން ދެއްކި ވާހަކަ ތަކުން ، މި ތަހްްޤީޤަކީ ދުނިޔެދުއް އެންމެ ބޮޑު ޖަރީމާ

    60
  11. އަހުމަދު ނީޒް

    ވާވާ. އަހަރެމެން ރައްޔިތުންގެ ފައިސާ އަކީ ވެރިކަމަށް އަންނަ ބައެއްގެ ތަރިކަ މުދަލަށް ވެއްޖެ. ހިތު ހުރި ގޮތަކަށް ކަންކަން ނިންމާ އޮއްބާލަނީ. އަހަރެމެންގެ ތެރެއިން ބަޔަކު ގޮނޑު ހޮވައިގެން ކައި އުޅެނީ. ނިދާނެ ތަނެއް ނެތް.

    49
  12. ދުލްދުލާ

    ދޫފަރިތަކަމުން ބައިކޮޅަށް ގޯލް ޖަހާ ވަކީލާ

    32
  13. ރިވެތި

    ރައްޔިތުންނައް ލައިވްކޮއް ތިމައްސަލަ ބަލަމުންތިދާގޮތް ފެނުމަކީ އަނަނަންއޮއްޖިލޫ ތަކައް ދެވޭ ފިލާވަޅެއް ރައީސް ޔާމީންގެ ކުށެއް ނުވާކަން މިހާރު ކިޔާހުރިހާ ކުދިން މާނައަކީ ގާނޫނީ ގޮތުން ވިސްނާ ފިކުރުކުރާ ހުރިހާ ދަރިވަރުންނައްވެސް އެގިއްޖެ ދައުލަތުން މިވަރިގެ ބޮޑު ތުހުމަތެއް ސީދާ ވަކިމީހެއްގެ ބޮލުގަ އަޅުވަނަ އުޅެކަން އެންމެ ދައްގުރޭޑުގެ ކުދިންވެސް އެބަބުނޭ އެފައިސާ މިފައިސާ ހީލަތާއި މަކަރުން ކަންކުރަން މިސަރުކާރުން އަބަދުވެސްރާވަނީ

    33
    1
  14. އަބްދޫ

    އެސްއޮއެފް އައި ދެކޮޅަށް ދައުވާ ނުކުރެވޭނަމަ .އެސްއޮއެފްގެ ހިއްސަދާރަކު ސޮއި ކޮށްފައިވާ ޗެކެއްގެ ފައިސާ ހޮދަން ދައްވަތުން ދައުވަ ކުރެވެންވި ކިއްވެ ؟ އެސްއޮއެފް ކުނފުނީގެ ހިއްސާދަރުންގެ މައްޗަސް ދައުވަކޮށް އެކުންފުނިގެ އެކައުންޓްގަ ހުރީ ދަވްލަތުގެ ފައިސާކަންސާބި ނުކޮށް އެކުންފުނީގެ ހިއްސާދަރަކު ސޮއިކުރި ޗެކެއްގެ މައްޗަށް ދަވްލަތުންދައުވަކުރަނި އެސްއޮއެފް އަކީ ދަވްލަތުގެ ކުންފުންނަކަށް ވެގެން ބާ؟

    30
  15. އަބްދޫ

    އަދީބުއާއި ގުޅިގެނ ސަރުކާރުން ރަވަފަ އޮތީ އަދިބު ބެހި ފައިސާ އަދީބު އަތުން ހޯދުމުގެ ބަދަލުގަ ޔަމީނު ޖުރިމާނާ ތަކެއް ކޮށްގެން ހޮދުމަށް. އެކަން ޔަމީނަށް ކުރި ފުރަތަމަ ހުކުމުންވެސް ދެހަވެ. އެންމެ ކުޑަ އަދަބު އެންމެ ބޮޑު ޖުރްމަނާ ؟؟؟

    31
  16. ސަޅި

    ކޮބާ ރައްޔޮތުންގެ ހައްގު. ކަޅު ދަބަހުގައި ދިޔާތަކެތި އުފުލާފައި ބެހިމީހުންނަށް ދައުވާ ނުކުރަން އެންމެފަހުން ތި ނިއްމީ

    32
  17. އަލީ

    ﷲ ސުބުހާނަހޫ ވަތަޢާލާ ހުރިހާކަމެއް މޮޅައް ދެނެވޮޑިގެންވާނި، މިއަދު ބާރުއޮތްބަޔަކަށް ކަންކަން ނިންމިދާނެ. ސްޕްރިމް ކޯޓްގެ ފަނޑިޔާރުންނަށް ހެޔޮމަގަށް ޝަރީއަތް ކުރުމުގެ ތައުފީޤު ﷲ ސުބުހާނުހޫ ވަތަޢާލާ މިންވަރުކޮއްދެއްވާށި

    23
  18. ބަކުރު

    ދައުލަތުގެ ވަކީލާ ކަލޭގެ ދުލަކީ ދޮގުހެކިދޭ ފާސިގު ދުލެއް ތައުބާވެ ﷲ އަށް ބިރުވެތިވެ ނާއިންސާފުން މީހުންނަށް އަނިޔާދީ އުޅުނީމަ ކަލޭގެޔަށްވާ މޮޅަކީ ކޮބާތޯ މިނޫން ދުނިޔެއެއް އޮތްކަން ހަނދާން ކުރުމަށް ދޫހެލޭ ކަމަނާޔަށް ގޮވާލަން.

    20
  19. ރަދީފް ހުސެން

    އެމީހުންނައް ދައުވާކޮއްގެން މިހާރު މިތިބަ ކިނބޫ މެންގެ އޮރިޔާން ނިވާވާނެތަ؟؟ އެކަމު ބުނަން 2023ގެ ފަހުން ޖަލައްދާ ލިސްޓު ހާދަ ބޮޑޭ. އުންސުރުވެސް ހަމަވާނެ.

    21
  20. ހުސެންބެ ބ

    އެއީ ފަނިކުފާނު ފޮނުއްވި ފަނިތައް .ފަނިކުފާނު ބުނެގެން ދައުވާ ނުކުރަނީ އެހެން ބުނި ނަމަ މާ ތާހިރުވީސް

    18
  21. ކިޔުންތެރިއެއް

    މި ވެރިން ހިތައްނާރަނީތަ މިވެރިންވެސް މަރުވާނޭ. ލޮލް.

    16
  22. ނާދިރާ

    އިޒްރޭލު ސަރުކާރުން ފަލަސްތީނުގެ މުސްލިމުންނަށްވެސް ކަންތައް ކުރަނީ މިގޮތަށް

    17
  23. އިންޞާފް

    ދައުލަތުން ނިންމީ ކަޅު ދަބަހުގައި ފައިސާ އުފުލި މީހުންނާ 70 މިލިއަން ކައްވާލި މީހުންގެ ތަޙުޤީޤު ނުކުރަން، އަދި ދައުލަތުން ކޮންމެހެން ދައުވާ ކުރަން ބޭނުން ފަރާތްތަކާމެދު ދައުވާ ކޮށް އިންޞާފު ހޯދައިގެން،

  24. އަހްމަދު

    މިސަރުކާރާ ޝަމީމުއައް ތިގޮތައްނިންމިދާނެ މިސަރުކާރަކީވެސް އަބަދުއޮންނާނެސަރުކާރެއްނޫން ތިޔަހުރިހާ ފަރާތަކާމެދުވެސް ދަޢުވާކުރެވޭނެދުވަސް ﷲގެހެޔޮރަހްނަތާއެކު މާދުރެއްނޫން

    3
    1
  25. ﷲއަށްބިރުވެތިވޭ އަނިޔާވެރިން

    އިބްރާހިމްބޭ އަދީބްރޯ އަތުންނެގި 37މިލި އަންރުފިޔާ ވަޅުލާފޮރުވާންވެ ގެން އެސް އޯ އެފަށް ދަ އުވާނުކުރާންވެގެން ތެޅެނީ ވެރިކަންބަދަލު ވާތަނުން ތިސަރީ އަތްކުރާނެކަން ހަދާންބަހަ އްޓާތި