މަސްވެރިންނަށް ހަމަ އަގު ހޯދައި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ވައުދު ފުއްދޭނީ 2023 ވަނަ އަހަރު ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ.ހުސެއިން ރަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ ޅ.ފެލިވަރު އަޕްގްރޭޑްކޮށް އެތަނުގެ ފެންވަރު ރަނގަޅުކުރަން ކުރާ މަސައްކަތަކީ މަސްވެރިންގެ އުންމީދުތަކާއި ވަރަށް ބޮޑަށް ގުޅިފައި އޮތް މަޝްރޫއުއެއް ކަމަށް ވިދާޅުވެފައެވެ. އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ފެލިވަރުގައި ހިންގާ ޕްރޮޖެކްޓަކީ 35 މިލިއަން ރުފިޔާގެ ބޮޑު ޕްރޮޖެކްޓެއް ކަމަށެވެ. މިއީ މިއިން ޒަމާނަކު ވެސް ނުކުރާ ވަރުގެ އިންވެސްޓްމެންޓެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ފެލިވަރުގައި މަސްވެރިންގެ ދުވަހުގެ ކުރިން އިތުރު 50 ޓަނުގެ އައިސް ޕްލާންޓް ގާއިމްކުރާނެ ކަމަށް ވެސް ޑރ.ހުސެއިން ވަނީ މިއަދު ވިދާޅުވެފައެވެ.

"މި ދެންނެވި ބިޔަ މަޝްރޫއު. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި 2023 ވަނަ އަހަރުގެ މެދު ތެރޭގައި ނޫނީ އޭގެ ކުރީކޮޅު އިރާދަކުރެއްވިއްޔާ ފުރިހަމަ ކުރެވޭނެ" މިނިސްޓަރު ވިދާޅުވިއެވެ.

ފެލިވަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއު ނިމުމުން ފާދިއްޕޮޅާއި އުތުރުގެ މަސްވެރިންނަށް މަސްވެރިކަން ކުރުމަށް އިތުރު ފަސޭހަތަކެއް ލިބި އެކަމުގެ ފައިދާ ހާސިލްކުރެވޭނެ ކަމަށް ޑރ. ހުސެއިން ވަނީ ފާހަގަކުރައްވާފައެވެ.

ފެލިވަރު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ދަށުން ދަށުން ދުވާލަކު 200 ޓަނު މަސް ގަނޑުކުރާނެ ބްރައިން ފްރީޒިން އާއި، ދުވާލަކު 80 ޓަނު ފިނި ކުރާނެ ރެފްރިޖަރޭޓެޑް ސީ ވޯޓަރ ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޑރ.ހުސެއިން ވިދާޅުވިއެވެ. މިހާރު ފެލިވަރުގައި ހުރީ ހަމައެކަނި 30 ޓަނުގެ އާރްއެސްޑަބްލިއު ކަމަށް ވާއިރު އެ އަށް ވުރެ އިތުރަށް އައިސް ގަނެވެނީ މަސް ފިނިކުރާ ބޯޓެއް ފަޅުގައި ބާއްވައިގެންނެވެ.
.
މީގެ އިތުރުން މިހާރު ފެލިވަރުގައި ހުރީ 550 ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ ޓަނުގެ ކޯލްޑް ސްޓޯރޭޖް އަށް ބަދަލުކުރުމާއި، ފެލިވަރުގައި އިތުރު 100 ޓަނުގެ އައިސް ޕްލާންޓް ގާއިމް ކުރުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކުރަން ވަނީ ހަމަޖެހިފައެވެ.

ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށް އަމިއްލަ ކުންފުނިތަކާ މަޝްވަރާކޮށްގެން އަގަށް ބަދަލު ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ވިދާޅުވެފައެވެ. ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ފޯކައިދޫ އަށް ވަޑައިގެން އެ ރަށުގެ މަސްވެރިންނާއި ދަނޑުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި މަސްވެރިންގެ އެންމެބޮޑު ޝަކުވާއަކަށް ވެފައި އޮންނަނީ މަހަށް ހަމަ އަގު ނުލިބުމާއި މަސްކިރުމުގައި ހުރި ދަތިތަކާއި ބޭނުންވާ ވަރަށް އައިސް ނުލިބުންފަދަ ޝަކުވާތައް ކަމަށެވެ.

އެކަންކަން ޙައްލުކުރުމަށްޓަކައި މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމާއި ރާއްޖޭގައި މަސް ޕްރޮސަސްކޮށް ވެލިއު އެޑްކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ކުރިން މިފްކޯއިން މަސްބޭރުކުރުމަށް ކުރަންޖެހުނު ޚަރަދުތައް ކުޑަކޮށް މިފްކޯގެ އަމިއްލަ އުޅަނދެއްގައި މަސްބޭރުކުރަން ފަށާފައި ވުމާއި މަސް ސްޓޯކުރެވޭ މިންވަރު އެތައް ގުނައަކުން އިތުރުކޮށް މަސްގަތުމާއި ޕޮރޮސަސް ކުރުމުގެ ޤާބިލުކަން އިތުރުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ކާފަބޭ2020

  3 އަހަރުވީއިރުނުވީކަމެއް 2023ގަ؟ ތިޔަށްވުރެމާތާހިރުވީސް 2023ގަ އެމްޑީޕީސަރުކާރެއް ހޮވާދިނީމައެކަންކުރާނަމޭ ނުވެގެންމިއުޅެނީ ފާޓުފުޅާމިކޯޅޭޝަނާހެދިއޭ ބުނިނަމަދޯ؟ ވާހްވާތާލިޔާތާލިޔާތާލިޔާ😆😆😆😆😆😆😆😆😆

 2. މުސާރަ ކޮޅުކެއުން

  މިކަހަލަ މީހުން ތަންތަނަށް ލީމަ ބޮޑު މަންޒަރު ދައްކާނެ

 3. އަބުދުﷲ

  މިމީހުންނަށް މިހާ ހަޔާތްކުޑަކޮއް މިއުޅެވެނީ އާއްމުކޮއް ވާހަކަދައްކަން ކެރެނީ ރައްޔިތުން ޤާފިލުވުމާ ތައުލީމީ ޒުވާނުންގެ ފިނޑިކަމުން.

 4. Anonymous

  މޑޕ ދެވަނަ ދައުރަކައް ހޮވިއްޖާ ތިކަންވާނޭ ކިޔާފަ އަނދުން އަޅުވާލުން ރަނގަޅު ކަމުގަ ފެންނަނީ.

 5. އައްނި

  އެއްވެސް ވައުދެއްނުފުއްދުނު ފެއިލްވީ ތިޔައިއުތިރާފުވީ ނުވާނެކަމައް ބަލަ ރައީސް ޔާމީން އެއްމެ ފަސްއަހަރުތެރޭ ކަލޭމެންގެ ނޮހޮރޮއްޕާނުގެތެރެއިން ތިޔަހުރިހާ ކަމެއް ކޮއް ރައްޔިތުންނައް އުފާވެރި އެރިކަމެއްކޮއްދިން ހަމަ5 އަހަރު އެއކަމެއްވެސް ނުވާނެކޭ ނުބުނޭ ބާލާލި ކޮންމެދިމާލަކުން ރައީސްޔާމީންގެ ބުރަ އަރައްގީ ސަޅި މަންޒަރު

 6. ދަރަނި ދަންތުރަ

  މަސްވެރިންނަށް ހަމައަގު ލިބޭނީ ، ޑރ ހުސެން ރަސީދު ﷲ ގެ ހެޔޮރަހުމަތުން ފަހުނޭވާ ލުމަށް ފަހު ....