އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލަށް ލާން ހުކުމް ކުރުމުން އެ ކަމުގައި ސަރުކާރުގެ ނިޔަތަކީ އިންސާފަށް ވުރެ ސިޔާސީ ކޮންޓްރޯލް އޮތުން ކަން ޔަގީން ވެގެންދާ ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ދިޔާނާ މި ގޮތަށް ވިދާޅުވެ ޓްވީޓެއް ކުރެއްވީ ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ދިޔަ ޔާމީންގެ ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމުގައި އެސްއޯއެފްއަށް ދައުވާ ނުކުރަން ނިންމެވި ކަން ދައުލަތުން ހާމަކުރެއްވުމާ ގުޅިގެނެވެ.

އެސްއޯއެފްއަކީ އެމްއެމްޕީއާރުސީގެ ޚިޔާނަތުގެ ފައިސާ ޖަމާކުރި ކުންފުންޏެވެ. އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާވެގެން ދިޔައީ މި ކުންފުންޏަށެވެ. އެސްއޯއެފްއަށް ދައުވާ ނުކުރާނެ ކަން ދައުލަތުން ވިދާޅުވީ ފަނޑިޔާރުން އެ ކަމާ ގުޅޭ ގޮތުން ސުވާލު ކުރެއްވުމުންނެވެ.

ދިޔާނާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ މި ވެރިކަމަށް ފަހު ވެސް އެއްވެސް ކަމެއް ބަދަލު ނުވާ ކަމަށާއި، ހަަމައެކަނި ބަދަލުވި ކަމަކީ "ވަގުންގެ ކްލާސް" އާ ފަންތިއެއްގައި ފެނުން ކަމަށެވެ.

ރާއްޖޭގެ ތާރީޚުގައި ވެސް ހިނގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލައަށްވީއިރު މިހާތަނަށް ޖަލަށް ލާން ހުކުމްކޮށް ޖަލަށް ގެންދެވުނީ ޔާމީން އެކަނި ކަމަށް ދިޔާނާ ވިދާޅުވިއެވެ. އެއިން ވެސް ހެކިދޭ ކަމަކީ އިންސާފުގެ ނިޔަތަށް ވުރެ ސަރުކާރުގައި އޮތީ ސިޔާސީ ކޮންޓްރޯލް ހޯދުމުގެ ނިޔަތް ކަމަށް ވިދާޅުވިއެވެ.

މި ޚިޔާނާތުގެ އެންމެ އިސް ދެ ބައިވެރިން ގޮތުގައި ތިއްބެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އިއްވި ޖަލު ހުކުމްތައް ފެށުނީއްސުރެން ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭބަންދުގައި ތިއްބަވައިގެން ކަން ދިޔާނާ ފާހަގަ ކުރެއްވިއެވެ.

ޔާމީން ވެސް މި ވަގުތު ހުންނެވީ ގޭބަންދުގައެވެ. އެއީ މާފުށީ ޖަލުގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެން ފެށުމުން ހިރާސް ބޮޑު މީހުންނަށް ދިން ލުއީގެ ތެރެއިން ޔާމީންއަށް ވެސް އެ ލުއި ދެއްވީއެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައެވެ. ހައި ކޯޓުން ވެސް އެ ހުކުމަށް ވަނީ ތާއީދުކޮށްފައެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ.ފުއްގުރި ދޫކުރި މުއާމަލާތުގެ މައްސަލާގައި އުފުލާފައިވާ ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރުމުގެ ދައުވާއެވެ. މި ޝަރީއަތް މިހާރު އޮތީ ހެކި ބަސް ނެގުމުގެ މަރުހަލާގައެވެ. މި ޝަރީއަތުގައި ވެސް ޔާމީން ވަނީ އަދީބާއި ޒިޔަތުގެ ހެކި ބަސް ބަލައިނުގަންނަން އެދިފައެވެ.

ވ. އާރަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ވެސް ލޯންޑަ ކުރި ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވިއެވެ. އެހެންވިޔަސް އިތުރަށް ތަހުގީގު ކުރަން ފުލުހަށް ފޮނުވުމުން ޔާމީން ހާޒިރުކޮށް ބަޔާން ވެސް ނަގަން މަސައްކަތް ކޮށްފައިވެއެވެ. އެކަމަކު ތަހުގީގު ނިމިފައިވާ މައްސަލައެއް ކަމަށް ވިދާޅުވެ ޔާމީން ވަނީ ބަޔާން ދެއްވަން ދެކޮޅު ހައްދަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަނގަ ގަދަ މިތުރު

    ދެން ފާޑުފާޑުގެ ތާކުން ތާކު ނުޖެހޭ ދޯހަޅި ސިޔާސީ ވާހަކަތައްދައްކަނީ މާ މޮޅު ސިޔާސީ ލީޑަރެއްކަމަށް ދެއްކުމަށް ތިޔަ ހޮޅިވާހަކަދައްކައިގެން ނޫސްތަކުގެ ހެޑުލައިނަށް އެރުމުގެ ބަދަލުގައި ޖާބެ ހަމަ މަގަށް އެޅުވުން މާ މުހިންމުވާނެ

    16
    19
  2. ރަހްމަތްތެރިޔާ

    ކަމަނާއެވެ. ތިކަންދާގޮތް އަހަރުމެންނަށް މާރަނގަޅަށްވެސް އިނގޭ.
    މީގައި އޮތީ ދެގޮތެއް.
    ފުރަތަމަގޮތަކީ އިބޫ ދެވަނަދައުރަށް ހޮވުމާއި އެކު ޔާމީންވެސް މިނިވަންކުރާނެ. ދެވަނަގޮތަކީ ދެން އޮންނަ އިނތިހާބެއްގައި އަލަށް ވެރިކަމަށް ކުރިމަތިލާ ފަރާތެއް ހޮވިއްޖެއްޔާ އައްނި، އިބޫ ޔާމީން އަދީބު އަދި ބޮޑުލިސްޓްގައި ތިބި ގިނަބަޔަކު ޖަލަށްލައި އިންސާފް ގާއިމްކުރާނެ.

    15
    6
  3. ހެހެ

    ޖާބިރާއި ދެމީހުން ނުލަިގެން އެއުޅެނީ

    13
    6
  4. ތެދު ބަސް

    ބޮޑު ބޭ އިންޞާފެއް ކަމުގައި ނޫނީ ނުވެއެވެ.

    17
  5. ދަންބެރު

    މީގެ އެންމެ ނުރަށްކާތެރި ކުއްވެރިޔަކީ ސޯލިހު 35 މިލިޔަނޯ ކަޅުދަބަހުގަ އުފުލީ ދެން ޖަލަށް ނުލާންވީ ސަބަބެއްނެތް ނޫންތޯ.

    34
    1
  6. Anonymous

    ޖާބިރޭ ކިޔާބަލަ.

    4
    10
  7. ޢަބްދުﷲ

    ޔާމީން އެކަނި ޖަލަށްލީމަ އިންސާފުގެ ނިޔަތް ނެތް ކަން ޔަގީންވޭ: ދިޔާނާ

    3 ގަޑިއިރު ކުރިން ( ސެޕްޓެމްބަރު 27, 2021 )

    ހާދަހީވެޔޭ ހިހޫތަނުން ކާން އުޅޭހެން. މީއިޚްލާސްތެރިއެއް ނޫން . މިހާރު މީނާގެ އިޚްލާސް

    ކަމުގެ ޒައްރެއްގެ ނުންވަރު ހުރިކަމަށް ވަންޏާ ދަރިންގެ ބަފާ އެހާލުން ސަލާމަތް ކުރަން

    ވީނު.

    رئيس يامين عبد القيوم ވަގުތުން ވަގުތަށް ދޫކޮށްލާ #
    India out # India out # India out #

    14
    2
  8. އައްނި

    ސޯލިހުގެ ކަޅުދަބަސް މި ވާހަކަފޮތް ބުކްސޮޕްތަކުން މިހާރު ލިބެން ހުރޭތަ ސަޅިވާނެ އަލީވަހީދޫ މިޞުންޫންލާފަ ފިލްމެއްކުޅެން ވާހަކަލިޔެދީ

    15
    1
  9. ދަޔާ

    މިއަހަރު ތެރޭގައި ދިޔާނަށް ބުނެވުނު
    ޢެންމެ ހައްގު ބަސް . ޢެބުނާހެން ކަމުގައި ބައިވެރިވި އެތައް ބައެއް.
    ޢަދަބު ހަމައެކަނި ޔާމީނަށް. ހިނި އަންނަނީ އެސްއޯއެފަށް ދައުވާ ވެސް ނުކުރާނަމޭ ބުނީމަ . ދުނިޔޭގެ ކޮން ތަނެއްގަ ހިންގާ ގަވައިދެއްބާ.ކުށުގެ ބައިވެތިންނަށް ދަޢުވާ ނުކުރާ އުސޫ ލަކީ. މިފެންނަމުންދާ ކަނތަކުން ޔަގީންކުރެވެނީ ޢަންބޮނޑި ނިއުޅި އަންބޮނޑި އަށްލީވަރު ބޭޒާރުވެ ދާނެތީ
    ޚުރާ ކަމަކާ.

    12
  10. މޫސަ

    ކޮންމެހެން އެމައްސަލައިގާ ޔާމީނު ޖަލަށްލާން ނުވެސްޖެހޭ
    ޖަލަށް ލާންޖެހޭމީހުން މިނިވަންކަމާއެކު ދޫކޮށްލާފަ ބައިތިއްބާފަ ސިޔާސީ އަނިޔާ ޔާމީނަށް ދެމުންގެންދަނީ އެކަމަކު މާތްﷲ އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ ޔާމީނަށް ނަޞްރާއި ކާމިޔާބު މިންވަރު ކުރައްވާނެ އާމީން
    އަދި ދިޔާނާ ބުނުންވިޔަސް އެމައްސަލައިގާ ކުއްވެރިވާ ކޮންމެ މީހަކާއެކު ޔާމީނު ޖަލަށް ލާކަށްނުޖެހޭ

  11. ޢަލީޝަރީފް

    ދިޔާނާ އަގަމަޑުން ލައިގެން ހުންނެވުން އެދެން.

  12. އަސްލުވަގު ފިލަންފުރުސަތު ނުދޭތި ރައްޔިތުން

    ރައީސްޔާމީން އަށް ވަގަށްގޮވާމީހުނަށް ރައީސްޔާމީން އަކީ ވަގެއްނޫންކަން ސާބިތުވެ ކަށަވަރުވާވަރުގެ ހެއްކެއް މާތްﷲ ދައްކަވާށި އާމީން ފުރަތަމަ އެމައްސަލަ ބަލަންފެށީވެސް ރައީސްޔާމީން އެކަމާބިރުން އަސްލުއެމްޑީޕީގެ ވަގު މުނާފިގުން ގައްދާރުން ގުންންޑާއި ލާދީނީ ޖާހިލުން ވެރިކަން ފޭރިގަތީ ވޯޓުކަރުދާސްތައް އޮޅުވާލައި އަދާލި މިވަރުގެބައެއް ކޮއްފަނުކުރާނެކަމެއް އޮންނާނެބާ އަސްލުއޮޅުވާލާ މީހުންނަކީ މުސްލިމުންގެ ތެރެއިން ވާބައެއްނޫން މާތްﷲ ހައްޤށްނަސްދެއްވާނެ ކެތއތެރީނާއެކުﷲވޮޑިގެންވެއްވެ.