ކުއްލި ހާލަތުގެ ގަރާރަށް ވޯޓު ނުދިން މެމްބަރުންނަށް ދައުވާ ކުރަން ޕީޖީ ބިޝާމް އަށް ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލޭ ދާާއިރާާގެ މެމްބަރު އަހްމަދު ނިހާން ހުސެއިން މަނިކު ގޮވާލައްވައިފިއެވެ.
ނިހާން ވިދާޅުވީ ގާނޫނީ ވާޖިބު އަދާ ކުރަން މެމްބަރުންގެ ތެރެއިން ބަޔަކު ނުކުޅެދިފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.
"ސަރުކާރުގެ ދައުލަތުގެ އެއްވެސް ވަޒީފާއަކާ ހަވާލުވެފައިވާ މީހަކު އޭނާގެ މަގާމުގެ ވާޖިބު އަދާ ކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި އޭމީހާގެ މައްޗަށް ދުސްތޫރީ އުސޫލުތަކެއް ފެންމަތިވާން ޖެހޭ." ނިހާން ވިދާޅުވިއެވެ.
ނިހާން އިތުރަށް ވިދާޅުވީ ގަރާރަށް ވޯޓު ނުދެއްވި މެމްބަރުންގެ މައްޗަށް ދިވެހި ރާއްޖޭގެ ދުސްތޫރުގެ ބާރު ކަނޑުވާާލައި ގާނޫނީ ވާޖިބު އަދާ ކުރުމަށް ހުރަސް އެޅި ކަމުގެ ދައުވާ ކުރެވޭނެ ކަމަށެވެ.
"އަޅުގަނޑު ގޮވާލަން ރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލްއަށް. އަޅުގަނޑުމެން އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައިި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް ވޯޓު ނުދެއްވައި ބޭރުުގައި ވަޑައިގެން ތިއްބެވި މެމްބަރުންނާ މެދުގައި ވިސްނުންފުޅު ގެންގުޅުއްވާށޭ. އެބޭފުޅުންނާމެދު ދައުވާ ކުރެވޭނެ ގޮތް އޮންނާނެއޭ. ދައުވާ ކުރައްވައި ގާނޫނީ ވާޖިބު އަދާ ކުރުމަށް ހުރަސް އަޅައި ދިވެހި ރާއްޖޭގެ ދުސްތޫރުގެ ބާރު ކަނޑުވާލަން އުޅުނު ކަމުގެ ދައުވާ ޕްރޮސެކިއުޓާ ޖެނެރަލް އެމީހުންގެ މައްޗަށް އުފުއްލަވަން ޖެހޭތީ އަޅުގަނޑު މިފުރުސަތުގައި ދަންނަވާލީ." ނިހާން ވިދާޅުވިއެވެ.
މިއަދުގެ ޕްރެސް ބްރީފިންގައި ނިހާންގެ އިތުރުން ޕީޕީއެމްގެ ނައިބް ރައީސް އަބްދުލް ރަހީމް އަބްދުﷲ އަދި އަލީ އާރިފްވެސް ވާހަކަފުޅު ދެއްކެވިއެވެ.
ކެޔޮބެ ކޮން ހަޅޭކެއް ތި ލަވަނީ ބޯގޮވީދޯ
ޙަޅެއް ލަވާނެ ކަމެއްނެތް.
ކަލޯ ކިހިނެއްވެފާ ތިޔަހުރީ ބަލަ އަހަރުމެންގެ މަންދޫބުން ކަންކުރީ ރަގަޅަށް ކަލޯއަށް އޮތީ ކޮން ހައްޤެއް އަހަރުމެންގެ މަންދޫބުން ގޮވައިގެން ވަގެއްގެ އަވައިގަޖެހިގެން ގޮތްގޮތް ހަދަން ގޮވަން ވަރަށް ސަލާން ބަނާނާ
މަޑުން ތިބެބަލަ އަތަށް ނުގޮވަނީސް
ކަލޯ ދޮންކެޔޮ ވަކެއްގެ އަގު ކިހާވަރެއްތޯބަލާބަލަ
ނިހާނު. ތިހެންހެދީމާ ކުށްވެރިވާ މީހުން ގެ އަދަދު މާމަދުވާނެ. ޔާމީނާށް ނުރުހުމުގެ ބަހެއް ބުނާ ކޮންމެ ބަހެއް ބުނާ ކޮންމެ މީހެއް ގެ މައްޗަށް ދަޢުވާ ކުރަން އުޅޭ. އޭރުން ވޯޓް ލާން ތިބޭނީ ޕިންކް ކުދިން އެކަނި. އެއްފަހަރުން އެއް މަކަރުން ވޯޓް ކާމިޔާބުވާނެ.