ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހަލިމަގު (ހައިވޭ)ގައި ބަހަކާއި ކާރެއް ޖެހިގެން އެކްސިޑެންޓެއް ހިނގަައިފިއެވެ.

މާލެއިން ހުޅުމާލެއަށްދާ މަގުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ މީގެ އިރުކޮޅެއް ކުރިންނެވެ. މިހާރު އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެެރިވަމުންނެވެ.

މަންޒަރު ދުށް ”ވަގުތު”ގެ ނޫސްވެރިޔާ ބުނީ މި އެކްސިޑެންޓް ހިނގާފައި ވަނީ ދުއްވަމުންދިޔަ ބަހެއް ކާރެއްގެ ފަހަތުގައި ޖެހިގެން ކަމަށެވެ. މި ހާދިސާގައި ކާރުގެ ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފައެވެ.

ނަމަވެސް ކާރުގައި އިން މީހާއަށް އަނިޔާވި ކަން ނުވަތަ ނޫން ކަން ސާފެެއް ނުވެއެވެ.

މި އެކްސިޑެންޓާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަލްޓް

    ބަސް ޑްރައިވަރުން ވ،ފަރުވާ ކުޑަ، އެހާ ބާރަށް ދުއްވާ އޯވަރ ޓޭކް ވެސް ކުރޭ، ޓެކްސީ ތަކުން ވެސް އޯވަރ ޓޭކް ކުރަނީ ހަމަ ހައްދުން ނަށްޓާ ވަރަށް، ފުލުސް މީހާ އަތުލައި ގަން ނަނީ ނިކަމެތީ ދަރަނި ސައިކަލުގަ ދާ ދިވެހި މީހާ އެކަނި، ބަންގާޅު މީހާ ވެސް ހަމަ ވިސާ ނެތި ދާ ގޮތަށް ފްރީ ރައިޑް ގަ!

    15
    2
  2. ތަރުމޯޒު

    ތިޔަ ބަސް ތަކުގެ ކަންތައް މިހާރު މާ ބޮޑު ވެއްޖެ

    13
    1
  3. ކޮރަލް

    ވެހިކަލް އޯވަރޓޭކް ކުރުން ވެސް އާއްމުކަމަކަށް ވެއްޖެ އެވެ.

    14