ވިލިމާލެ ދާއިރާގެ ކައުންސިލަރު ޕީޕީއެމްގެ އިންތިހާބުތަކުގައި ވާދަނުކުރެވޭ ގޮތް އެ ޕާޓީން ހަދައިފިއެވެ.

ޕީޕީއެމް އިން ބުނީ އެ ޕާޓީން 2024 ގެ ނިޔަލަށް ބާއްވާ އިންތިހާބުތަކުގައި ނަހްލާ އަށް ވާދަނުކުރެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ސަސްޕެންޑް ކުރަން ނިންމީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް އެ ޕާޓީން ނުބުނެއެވެ.

ޕީޕީއެމް އިން ބުނި ގޮތުގައި ނަހުލާ ވަނީ އެ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށެވެ.

މީގެ ކުރިން ނަހުލާ ވަނީ 2014 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ށ. ކޮމަންޑޫ ދާއިރާއަށް އަދި 2019 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ލ. ގަމު ދާއިރާއަށް ވެސް އަމިއްލަ ގޮތުން ވާދަކުރައްވައިފައެވެ. މި ދެ އިންތިޚާބުގައި ވެސް ނަހުލާއަށް ކުރިމަތިވީ ނާކާމިޔާބީއެވެ.

މި ނާކާމިޔާބީތަކާ އެކު، މި ފަހަރުގެ ކައުންސިލް އިންތިޚާބުގައި މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ގޮނޑިއަށް އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން ނިންމެވުމުން ވަރަށް ގިނަ ފާޑުކިޔުންތައް ނަހުލާއަށް އަމާޒުވެގެން އައެވެ. އެކަމަކު އެ ފާޑުކިޔުންތަކަށް ނިމުމެއް އައީ އެ އިންތިހާބު ނަހުލާ ކާމިޔާބު ކުރެއްވުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޒިމްޒިމް

    ޑިމޮކްރަސީ ޓު ދަ މެކުސް

    13
    2
  2. ހުސްނު

    ސަސްޕެނޑު ކުރި ސަބަބު ހާމަކޮއްދެއްވާ

    26
    1
  3. ހެހެ

    ނަމޫނާ ޕޕމ މިވީ ކިހިނެއް؟

    18
    8
  4. މޯދި

    މިކަހަލުގެ އޭބުރޭސް މީބުރޭސް ތަކަށް ފުރުސަތު ދޭނެކަމެއްނެށް މިއީފާޓީ ހަލާކުކުރަން ތިބޭވައިރަސްތަކެވެ.

    46
    4
    • ޢަހޫ

      ޢެހެންވީމަ ދެން އަލީވަހީދު ގެނޭ ޕާރޓީ އަށް.

      6
      14
  5. ގޯނބިލި

    ދެޕިޔުޓީ މޭޔަރ ކަން ނުލިބުނީމަ މީނަ ޖެއްސުން ކޮށް ޕާޓީ ތެރޭގަ ހައިޖާން އުފައްދަން އުޅެނީ. އެ އެ

    29
    6
  6. ގާދިރު

    މަ މިހިރީ ނަހުލާއާއި އެކު

    11
    20
  7. މޭރީ ދަ އްތަ

    ނަހޫ އާއި މެދު އެޅި ފިޔަވަޅު ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަން!

    10
    24
  8. މަކަނަން

    ނަހުލާއަކީ ދޮގުވެރި މަކަރުވެރި އަންހެނެއް އޭނާ އަހަރެންގެ ތަނެއް ކުއްޔަށް ހިފައިގެން ބޭނުންކޮށް ކުލި ނުދީ ތަނުގެ ބިލުތައްވެސް ނުދީ ތަނުން ނެރުނީ ގަދަކަމުން

    26
    7
  9. އަފީ

    މާލެސިޓީގެމޭޔަރު ޑރ މުއީޒު އާނަރީސްގެ
    އެދިލެއްވުމަކައް ކަމެއްލިބުނީމާ ބޮނޑާވީ
    ކުލާސްމޭޓާބައިވެރިވެގެން މަސެއްކަތްފެށީ
    ނަހުލާ އަލީ އައްކާމިޔާބުވިޔަނުދޭން ނަމަވެސް
    ނަހޫއަކީއެއައްވުރެމާހިތްވަރުގަދަކަބަލެއް މާތްﷲގެ
    ރަހުމަތާއެކު ކުރެވުނުބުރަމަސެއްކަތައްމާތްﷲ
    ނަސްރުދެއްވީތީއުފާކުރަން މަގޭދާއިރާނޫނަސް
    މަވަރައްއުފާވޭ ސާބަހޭ ނަހޫ އައިއެމް ޕުރޮއުޑައޮފްޔޫ💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗

    4
    18
  10. ހިކި ހިކި ކުއްޖާ

    މީނާ އަކީ ކެންޕެއިން ކުރި ދުވަސްވަރު މެެހުންނަށް ބޮޑެތި އަދަދުތަކުން ލާރިދޭނެ ކަމަށް ބުނެ ދޮގުހަދާ އޮޅުވާލައިގެން އުޅޭ މީހެއް. ގުޅީމަ މިހާރު ފޯނުވެސް ނުނެގޭ. މި ކަހަލަ މީހުން ރަނގަޅުވާނީ އެއްކޮށް ސަސްޕެންޑު ކުރިއްޔާ

    12
    3
  11. Anonymous

    އައިލަވްޔޫ ނަހޫ... 💘

    4
    9
  12. ޙަދިސައިބު

    ތިޔަ ނަހުލާއަކީ މަވަރެއް ނެތިގެން އުޅޭ އަންހެނެއް

    4
    2
  13. އަހުމަދު ނީޒް

    ދެރައީ މިހެން ދެފުށަށް ކެނޑޭ މީހުންނަށް ޕާޓީ ތަކުން ޖާގަ ދޭތީ. އެނގޭ މަޤާމުގެ ދަހިވެތި ކަމުގަ ކަން އުޅެނީ.

  14. ބޮކި

    މިހާރު ހުންނާނީ ރާކަނިމަސްކެވިފަ !