ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފްލެޓްތަކުގެ އެތެރޭގެ މަސައްކަތް ކުރާއިރު، އެ ސަރަހައްދަށް ދަތުރުކުރާ ޕިކަޕް ދަތުރުތަކުގެ އަގުބޮޑު ވާހަކައަކީ މިހާރު އެންމެ ގިނައިން ރައްޔިތުން ކުރާ އެއް ޝަކުވާއެވެ. މާލެެ އިން ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ކުރާ ޕިކަޕް ދަތުރުތަކުގެ އަގު ޓްރާންސްޕޯޓް އިން ކަނޑައަޅާފައެއް ނުވެއެވެ. އެހެންކަމުން މިހާރު ހުޅުމާލޭގެ ފޭސް ދޭކަށް ދިއުމަށް ބޮޑު ޕިކަޕެއްގެ އަގު 600ރ. އާއި 700ރ. އާ ދެމެދުގެ އަގެއް އުޅޭއިރު، ކުޑަ ޕިކަޕެއްގެ އަގަަކީ 300ރ. އާއި 400ރ. ދޭތެރޭގެ އަގެކެވެ.

މި އަގުތައް މިހެން ހުރުުމުން ކޮޅަކަށް 200ރ. ގެ މަގުން ކުޑަ ޕިކަޕެއްގައި ދަތުރުކޮށްދޭން ފެށުމުން ޝާހުލް ޔަހްޔާ (ޝާހް) އަށް ވަނީ އާންމުންގެ ތައުރީފް އޮހެން ފަށާފައެވެ. ޝާހުއަކީ މީގެ ކުރިން މޯބައިލް ފިހާރައެއް ހިންގައި ވިޔަފާރި ކުރި މީހެކެވެ. ކޮވިޑާއި ގުޅިގެން ވިޔަފާރި ބަނގުރޫޓުވުމުން، އޭރު ކުއްޔަށް ދޫކޮށްފައިވާ އޭނާގެ ޕިކަޕް ދުއްވުމުގެ މަސައްކަތް އޭނާ ފެށިއެވެ.

މާލެ އަށް އުފަން، 30 އަހަރުގެ ޝާހު ބުނީ ހެޔޮ އަގެއްގައި ޕިކަޕް ދަތުރުކޮށްދޭން ފަށާފައިވަނީ އޭނާގެ ފަރާތުން އާންމުންނަށް ފަސޭހައެއް ކޮށްދީ، ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

"ހީވެސް ނުކުރާހާ ވަރަށް ސަޕޯޓް ލިބޭ" ޝާހު ބުނެފައިވެއެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހުން ފަށައިގެން މިއަދާއި ހިސާބަށް ހުރިހާ ދަތުރެއްވެސް ކުރަމުން އަންނަނީ 200ރ. އަށެވެ. ޝާހު ބުނީ ދަންވަރު ވެސް ގެހުސްކުރުމުގެ މަސައްކަތް ކުރަމުންދާ މީހުން ދަތުރުތަކުގައި ގުޅާ ކަމަށާއި، އެވަގުތުގެ ދަތުރުތަކުގައި ވެސް އިތުރަށް ރުފިޔާ ނުނަގާ 200ރ. އަށް ޝާހު ދަތުރުކޮށްދެއެވެ.

"މިއީ ވަކި ފައިދާއަކަށް ބަލައިގެން ކުރަންފެށި މަސައްކަތެއް ނޫން. މިއީ ހަމަ ރައްޔިތުންނަށްޓަކައި، ރައްޔިތުންނަށް ފަސޭހަކޮށްދޭން ވެވުނު ލުޔެއް ވެސް ކޮށްދެވޭތޯ ކުރަން ފެށި ކަމެއް. ހިތްހަމަ ޖެހޭ ރައްޔިތުންނަށް ކަމެއް ކޮށްދެވޭތީ" ޝާހު ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޢަބްދުﷲ

    ތިބާގެ ތި އިހުލާތެރި މަސައްކަތަށް މާތްﷲ ބަރަކަތާ ރަހުމަތް ލައްވަށި

    92
  2. Anonymous

    މާޝާﷲ.
    ރަނގަޅު މީހުން އަދި ހުސްނުވޭ.
    ޖަޒްކަﷲ ޚައިރަން.
    ތަނަވަސްކަން ހުރި ބޭފުޅުން މިބޭފުޅާއަށް އިތުރު ޕިކަޕް ހޯދަދެއްވާ ޕިކަޕް ސެންޓަރެއް ހުޅުވަދެއްވާ. އަމިއްލަ އެދުމަށް ވުރެ ރައްޔިތުންގެ ފަސޭހައާއި ލާބައަށް މަސައްކަތް ކުރާ ފަރާތްތަކަށް އަގު ވަޒަންކޮށް ހިތްވަރު ދޭންޖެހޭ. ޢުމުރު ދިގުކުރައްވާ ފުރިހަމަ ޞިއްޙަތުގައި ލަހައްޓަވާ ތަނަވަސްކަން އިތުރު ކުރައްވާށި އާމީން

    63
  3. Anonymous

    މިއީ ހަމަ ދިވެހި ރައްޔިތެއްބާ.
    ﷲ ތިބާގެ މަސައްކަތުގައި ބަރަކާތް ލައްވާށި. އާމީން

    63
    1
    • ދީދީ

      މަ ހީ ކުރީ ބަންގާޅު މީހެއް ކަމަށް

      7
      10
  4. ާާާޢަލީ

    މާޝާﷲ ތިބާޔަށް ހެޔޮރަޙުމަތް ލައްވާ ތިބާގެ މަސައްކަތުގައި ބަރަކާތް ލައްވާށި...އާމީން

    51
  5. ތަކުރު

    ތިބާގެ ތި އިހުލާތެރި މަސައްކަތަށް މާތްﷲ ބަރަކަތާ ރަހުމަތް ލައްވަށި، އާމީން،

    45
  6. ބަބޫ

    ލިޓަރަކުން ތިވަރު ޕިކަޕެއް 10 ކިލޯމީޓަރު ދުވާނެ. މާލެއިން ހުޅުމާލެ 2 ވަނަ ފިޔަވައްސަށް ގޮއްސަ މާލެ އަންނަން 1 ލިޓަރު ޕޭޓްރޯލު ޚަރަދުވާއިރު އެއީ 10 ރުފިޔާ. އެހެން ވީމަ 190 ރުފިޔާއަކީ ސާފު ފައިދާ. ޓެކްސީ ކުރާމީހުން ހަމަ ބިމަށް ތިރިކުރެވެން އެބަ ޖެހޭ.

    9
    10
    • ބިބާ

      ބަލަގަ ސާފުފައިދާ ކިޔަންވާނީ މީހާގެ ވަގުތާއި ކުރާ މަސައްކަތުގެ ކަންކަންވެސް ބަލާފަ. ހަމައެކަނި ޕެޓްރޯލްގެ ވާހަކަނުދައްކަވާ. އާއިލާބެލުން އަދި އުޅަނދުގެ މެއިންޓަނަންސްވެސް މިއީ ބަލަންޖެހޭ ކަންކަން.

      11
      3
      • ބަބޫ

        ކަލޯ ދަރުރަކުން އެވަރު ނުނެގިޔަސް އާއިލާ ބެލެހެއްޓިދާނެ. އާއިލާއަށް ކާންތިދެނީ ރަނާ ޖަވާހިރުތަ. އުޅަނދުގެ މެއިންޓަނަންސް ކޮށްމެ ދުވަހަކު އޮވޭތަ. ހަފްތާއަކު އެއްފަހަރު އޯވާހައުލް ކިރިޔަސް ތިޔަވަރަށް ލާރި ނަގައިގެން މަހެއްގެ މައްޗަށް 30000 އަތަށް ފައިދާއަށް ލިބޭނެ. ނުދަންނަމީހުން ކައިރީ ތިވާހަކަ ދައްކާ.

  7. މުޙައްމަދު

    މާޝާ ﷲ. ތިބާގެ މަސައްކަތުގައި މާތްﷲ ގިނަގުނަ ރަޙްމަތް ލައްވާށި. އާމީން

    16
  8. ދިވެހި

    ނޫސްވެރިޔާގެ ކުރެން އަހާލަން މީނާގެ އައިޑީ ކާޑް ނަމްބަރ ނޫނީ އެޑްރެސް ޖަހާލަން.... ދިވެއްސެއްކަން ޔަގީންތޯ

    3
    6
    • އަބޫ

      މާލެއަށް އުފަން މީހެއްކަމަށް އޮތީމަ ދިވެއްސެއްކަމަށް ބަލަންވީ ނޫންތޯ؟
      މީހާގެ ސިފައަށް ބަލައިގެން ގައުމީ ނިސްބަތް ކަނޑައެޅުން މުޅިން ގޯސް. އަދި އަމްދުން ޝާހުގެ ސޫރައަށް ބަލައި ބިދޭސީއެއް ކަމަށް ތުހުމަތު ކުރުމަކީ އަޅުގަނޑުގެ ނަޒަރުގައި ކުރެވޭ ފުރައްސާރައެއް. ހިތާމަހުރި

      5
      3
  9. ބަބޫގެބޭބެ

    ބަލަގަ ސާފުފައިދާ ކިޔަންވާނީ މީހާގެ ވަގުތާއި ކުރާ މަސައްކަތުގެ ކަންކަންވެސް ބަލާފަ. ހަމައެކަނި ޕެޓްރޯލްގެ ވާހަކަނުދައްކަވާ. އާއިލާބެލުން އަދި އުޅަނދުގެ މެއިންޓަނަންސްވެސް މިއީ ބަލަންޖެހޭ ކަންކަން.

    4
    2
  10. އަބޫ

    މާޝާ ﷲ ޝާހުގެ ތިޔަ މަސައްކަތުގައި ބަރަކާތް ލައްވައި ހެޔޮ ޖަޒާ ދެއްވާށި.
    ސުވާލަކީ ޝާހުގެ ޚިދުމަތް ހޯދަން ހަދަން ޖެހޭނީ ކިހިނެތްބާއޭ؟ 3323636 އެއީ ސެންޓަރު ނަންބަރުތޯއޭ؟

  11. ކަަަަަައި

    ވަރަށް ރީތި ސާހު😘