މައިކް ޓެސްޓު ކުރަން ވިޔަސް، މަޖަލަކަށްވެސް ރަސޫލާ ﷺ އަށް ފުރައްސާރަ ކުރުމަކީ ކޮށްގެންވާނެ ކަމެއްނޫން ކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ އިޔާޒް މިހެން ވިދާޅުވެފައިވަނީ ށ.ފޯކައިދޫގައި ކުރިޔަށްދިޔަ މަދަހަ މުބާރާތެއްގެ ތެރެއިން އެރަށު ޓީޗަރަކު ބެލެނިވެރިންނާއި، ދަރިވަރުންގެ ހާޒިރުގައި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް މަދަހަ ކިޔާފައިވާ ކަމަށްބުނާ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެނިގެންދަނީ މައިކް ޓެސްޓް ކުރުމުގެ ގޮތުން ޓީޗަރަކު މަދަހައެއް ކިޔައި މަންޒަރެވެ. ވަކި ހިސާބަކަށް "އޭ ސާހިބާ" މި މަދަހައިގެ ކަޑިތައް އޮންނަ ގޮތަށް ކިޔުމަށްފަހު، އަމިއްލަ ގޮތަކަށް މަދަހަ ބަދަލުކޮށް މުޅިން އެހެން ވާހަކައެއް މަދަހައިގެ ރާގުގައި ކިޔަން ފަށައެވެ. ޓީޗަރު އަމިއްލަ ގޮތަށް މަދަހައިގެ ރާގުގައި ކިޔަން ފެށުމުން ދަރިވަރުންގެ ހުނުމުގެ އަޑު މުޅި ހޯލުގައި ގުގުމާލައެވެ.

ފޯކައިދޫ ކައުންސިލްގެ ރައީސް އަހްމަދު އާސިފް "ވަގުތު"އަށް ވިދާޅުވީ އެކަމަކީ ސައުންޑް ޓެސްޓް ކުރުމުގެ ތެރޭގައި ހިނގައިދިޔަ ކަމެއް ކަމަށާއި އެއީ އެއްވެސް ހާލެއްގައި ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ނިޔަތެއްގައި ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.

އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މައިކް ޓެސްޓު ކުރަން ވިޔަސް، މަޖަލަކަށްވެސް ރަސޫލާ ﷺ އަށް ފުރައްސާރަ ކުރުމަކީ ކޮށްގެންވާނެ ކަމެއްނޫން ކަމަށެވެ. އަދި އެއީ ބޮޑުވެގެންވާ ޙަރާމް ކަމެއްކަން ފާހަގަ ކުރައްވާ އިޔާޒް ވަނީ އެކަން ކުރި ފަރާތަކާއި މެދު ފިޔަވަޅު އަޅުމަށް ގޮވާލައިފައެވެ.

ފަހަކަށް އައިސް ދިވެހިން އިސްލާމްދީނަށް ފުރައްސާރަ ކުރާ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް އެފަދަ ކަންކަން ކުރާ މީހުންނާއި މެދު ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ބުނެ ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޢާދަނުބެ

    ތީ ނޭގި ކޮށްފައޮތް ކަމަކަށް ނުބެލެވޭ ރަސޫލާގެ މަދަހަ ކިޔަކިޔާފަ ހަމަ ގަސްތުގަ އެހެން ބައެތްކީ މީ ވަރަށްދަށު ދަރަޖައިގެ އަމަލެތް.

    36
    3
  2. އަހުމަދު

    ޝޭހުގެ މި ވާހަކަ އަށް 100% ތާއީދު

    37
    6
  3. އުގުރި

    އިޔާޒޫ. ލާދީނީ ސަރުކާރަށް ސަނާ ކިޔާހާ ހިދަކު ތިކަހަލަ ކަންތައްތަކެއް ނުހުއްޓުވޭނެ.

    9
    3
  4. ހަސަންތަކުރު

    ކ ކކ ކަލެއަ ކީސިޔާސީމީހެއްނޫން،ޢިލްމުވެރިއެއްނޫން
    ކަލެއަ ކ ކީ ވަ ކިމީހެއްގެއދުއްވެއް

    3
    2
  5. އައްނި

    އެހެންވިޔަސް ކޮވިޑް-19 ގެ ބަލިމަޑުކަމާ ހުރެ ކުރިމަތިވި އިގްތިސާދީ ތަދުމަޑުކަމުގައި ގެއްލިގެން ދިޔަ އާމްދަނީއަކީ މުސްތަގުބަލުގައި ލިބޭނެ އާމްދަނީއެއް ގޮތުގައި ނުބެލެވޭތީ، ކަނޑާލި ދުވަސްވަރުގެ އެލަވަންސް ދެވިދާނެ ކަމަށް ނުބެލެވޭ ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

    2
    2
  6. Anonymous

    ކަލޭމެންނަށް ހެވެއްނު. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފުރައްސާރަ ކުރާ ބައެއްނު ވެރިކަމަށް އަރުވާފަ ތިތިބީ. ދެން ވަކި ބައެއް ކުރީމަތަ އެވެސް ގޯސްވަނީ؟

    8
    3
  7. މޮހޮނު

    މިއަށްވުރެ ހެޔޮ ރަނގަޅު ސަރުކާރެއް ޢުމުރުގައިވެސް ނުދެކެމޯ

    7
    3
  8. އަލީ

    އެ ޓީޗަރު ވަޒީފާއިން ވަކި ކުރަންޖެހޭނެ. މިކަހަލަ ކަންކަން ކުޑަކަމަކަށް ހަދައިގެން ނުވާނެ. ކުޑަކަމަކަށް ހަދާފަ ދޫކޮށްލަންޏާ މިފަދަ ކަންކަން ދާނީ އިރުރުވަމުން.

    11
    3
  9. Anonymous

    ހަސަންތަކުރާ.ދީނީ ދަންނަބޭކަލުންނާ މެދު ތުހުމަތުތައް ނުކުރޭ. ތުހުމަތުކުމަކުން އިސަލާމްދީނުގައި މީހަކު ކުށްވެރިއަކަށް ނުވާނެ. ދީނީ ޢިލްމުވެރިއެއްގެ ހައިސިއްޔަތުން ޑރ.އިޔާޒު އެ ވިދާޅުވީ ޙައްޤު ބަސް.އިލްމުވެރިންނަކީ އެއީ. ބަޔަކު ގޯސްކަމެއް ކުރިޔަސް އެކަމުގައި އޮތް ގޮތް އޮޅުންފިލުވައިދިނުން.
    ތިޔާހެން ކޮންމެ ކަމެއް ޕާޓީކުލަތަކާ ޕާޓީއަށް އީމާންވުމާ އަޅުވާ ކިޔަން ފަށައިފިނަމަ އެބަޔަކު ހަލާކުވެގެން ހިނގައިދާނެ.
    ދީނީ ޢިލްމުވެރިންނަށް އިހްތިރާމްކުރަން ދަސްކުރޭ. އެއީ ރަސޫލުބޭކަލުންނަށް ފަހު މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށް ތިބި މީހުން.

    1
    1
  10. ބޯހަލާކު

    ޖާބިރު އާއި މެދު ޝޭޚު ގެ ފަތުވާ އަކަށް އިންތިޒާރު ކުރަމެވެ،