22:11

އިތުރު 95 މީހުން ކޮވިޑަށް ފައްސިވެއްޖެ.

19:53

ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ސިނގިރޭޓް ބޯ މީހުން ހޮސްޕިޓަލްތަކުގައި އެނދުމަތި ކުރާ މިންވަރު އިތުރު ކަމަށް ދިރާސާއަކުން ދައްކައިފި

18:52

ކިއުބާއިން އެގައުމުގައި ތައްޔާރުކުރާ އަބްދަލާ ކޮވިޑް-19 ވެކްސިން އެކްސްޕޯޓް ކުރަން ފަށައިފި

18:15

އިނގިރޭސިވިލާތުގެ ފަތުރުވެރިންނަށް ރާއްޖެ އައުމުގައި މިހާރު އެއްވެސް ކަހަލަ ހުރަހެއް ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ

16:04

އިންޑިއާއިން ކޮވިޑް-19 ބަލީގައި މަރުވާ މީހުންގެ އަދަދު ދަށްވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފި

10:18

ބޭސް ގުޅައެއް ކާލައިގެން ކޮވިޑުން ރަނގަޅު ވެވޭނެ ދުވަސް ގާތް ވެއްޖެ.

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖެހުމުންނާއި، އަދި ކޮވިޑުން ދިފާއުވުމަށް ރާއްޖޭގައި އަޅާފައިވާ ގިނަ ފިޔަވަޅުތައް އުވާލުމުން ކޮވިޑުން ރައްކާތެރިވުމަށް މާސްކް އެޅުން ފިޔަވައި އިތުރު ކަމެއް ދިވެހިން ވެސް މިހާރު ނުކުރެއެވެ. ނަމަވެސް ގިނަ ބަޔަކަށް ވެކްސިން ދެވުމަކީ ކޮވިޑުން އަދި އަރައިގަނެވުނީ ކަމަށް ނިންމަން ޖެހޭ ސަބަބެއް ނޫނެވެ.

ކޮވިޑުން ދިފާއުވުމަށް ގިނަ ބަޔަކަށް ވެކްސިން ދީފައިވާ އިސްރާއީލް، އެމެރިކާ، އިނގިރޭސިވިލާތް، ޖަރުމަންވިލާތް ފަދަ ގައުމުތަކުން ފެންނަ މަންޒަރަށް ބަލާއިރު ގިނަ ބަޔަކަށް ވެކްސިން ދީފައި ވަނިކޮށް ވެސް ހާލަތު ބަދަލުވެދާނެއެވެ. ވެކްސިންގެ ދެޑޯޒް ފުރިހަމަ ކުރެވުމަކީ އަދި ކޮވިޑުން ދިފާއު ކޮށްދޭނެ ގޮތް ކަމަށް ގަބޫލު ކުރެވޭކަށް ނެތެވެ.

އެހެންކަމުން ކޮވިޑުން ދިފާއުވުމަށް އަދިވެސް ސަމާލުކަން ދޭން ޖެހެއެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު ސެޕްޓެމްބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 3372 އަށް އަރާފައެވެ. އޭގެތެރެއިން 1983 މީހުން ފައްސިވީ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުންނެވެ. މާލެ އިން ސެޕްޓެމްބަރ މަހު ފައްސިވެފައި ވަނީ 1085 މީހުންނެވެ. ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި ސިނާއީ މަސައްކަތް ކުރާ ރަށްތަކުން ސެޕްޓެމްބަރ މަހު ވަނީ 304 މީހުން ފައްސިވެފައެވެ.

ކޮވިޑް އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އ . ޖ . އ

    ހަދާން ނައްތާލާށެކޭ ނޫން. އެކަމު ނިދަން ވާނެއްނު

  2. ޖަސްޓް

    ކަލޭމެންގެ އީމާން ކޮބަތަ ހުސް ނެގެޓިވް ހަބަރު ތިލިޔަނީ

  3. ޚިިިޔާލު

    މިވާހަކަ ދެން ހުއްޓަން ވެއްޖެ އެއްނު ބުރޯ. ކާކުތަ ބަލަނީ ކޮވިޑު ޖެހެނީ ކިތައް މީހުންނަށްތޯ. އެންމެންވެސް ދަސްކޮއްފިޔޭ މީ ގައުމު ބަންދުކޮށް ބަންދުވެގެން ވިޔަފާރިތައް ހުއްޓާ ވަރުގެ ބައްޔެއް ނޫންކަން. އަޅެ ނޫސްވެރިންނަށް މިކަން ނުވިސްނެނީތޯ ނުވަތަ ނޫސްވެރިންނަށް އެޗް ޕީ އޭ ގެ މެމްބަރުންގެ ހިއްސާ އޮންނަ ކުލިނިކުތަކުން އެނަގާ ކޮވިޑު ޓެސްޓު ތަކަށް ދިވެހި ދައުލަތުގެ ބަޖެޓުން ލިބޭ ހަރާމް ފައިސާއިން ބައެއް އެޅެނީތޯ މިއެއް ސާފު ކޮއްދެއްވާ.