ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަސް މިލިއަން ޑޮލަރު އަހްމަދު އަދީބުގެ އަތުގައި އެބަހުރި ކަމަށް އަދީބު ރައްޔިތުން މަޖިލީހުގެ 45 މެންބަރުންގެ ކުރިމަތީގައި ވިދާޅުވި ކަމަށް ރައްޔިތުން މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ޔާމީން ބޭނުން ވަނީ ރައްޔިތުންނަށް އެމަނިކުފާނުގެ މައުސޫމްކަން ސާބިތުކޮށްދޭން ކަމަށެވެ. ޝަރީއަތަށް މަޖިލިސް މެންބަރުންގެ ނަންތައް ހުށަހެޅިނަމަ އޭގެ ތެރެއިން ގިނަ ބޭފުޅުން ހެކިބަސް ވެސް ދެއްވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ. "އެމަނިކުފާނު ފައިސާއެއްގައި ޖެހިގެންނެއް ނޫން މިއުޅެނީކީ. އެއީ އެމަނިކުފާނުގެ ފައިސާ. އެއީ އެމަނިކުފާނުގެ ފައިސާކަން އޭރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި 45 މެންބަރުންނަށް އެނގޭ. އަޅުގަނޑު ހައިރާންވީ އެމެންބަރުން ރައީސް ޔާމީންގެ ހެކިންގެ ގޮތުގައި ހުށަނޭޅުމުން. ހުރިހާ މެންބަރުން ކުރިމަތީގައި އަދީބު ވިދާޅުވީ ރައީސް ޔާމީންގެ ފަސް މިލިއަން ޑޮލަރު އޭނާ އަތުގައި އެބަހުރިކަމަށް. ޕާޓީގެ އެކި ކަންކަމަށް ހަރަދުކުރަން. މެންބަރުންނަށް ހަރަދު ކުރަން ހުރި ފައިސާކަމަށް ވިދާޅުވި. އެފަސް މިލިއަން ޑޮލަރުން އެއްމިލިއަން ޑޮލަރު ލިބުނީ. އަދި ހަތަރު މިލިއަން ޑޮލަރު ވެއްޖެ." ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ޔާމީން ސަލާމަތް ކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ޕީޕީއެމްގެ ލީޑާޝިޕުން ކޮށްފައި ވާނެ ކަމަށާއި އެމަސައްކަތްތަކުން އެނގިގެން ދިޔައީ އެމަނިކުފާނު މިސަރުކާރުގައި ޖަލުން ސަލާމަތް ކުރެވެން ނެތް ކަން ކަމަށެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދާއި އަދި ސަރުކާރުގެ ވެރިންނާއި ބައްދަލުކޮށްގެން ކުރި މަޝްވަރާތަކުން އެނގުނީ ޔާމީން ސަލާމަތް ކުރެވެން އޮތީ ރާއްޖެ އިން ބޭރަށް ވަޑައިގަތުމުން ކަން އެނގުނުކަމަށް ސަލީމް ވިދާޅުވިއެވެ.

އެހެންކަމުން ޔާމީން ދުވަސްކޮޅަކަށް ރާއްޖެ އިން ފުރައިގެން ދިއުމަށް އެދި ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުންގެ މަޝްވަރާ އެރުވުމަށް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ޖަލަށް ވަޑައިގެން ޔާމީނާއި ބައްދަލުކުރެއްވި ކަމަށް ސަލީމް ވިދާޅުވިއެވެ. "އެދުވަހު ރައީސް ޔާމީން ވިދާޅުވީ އަބްދުލްރަހީމޭ ތިމަންމަނިކުފާނު މިބަންދަކުން ނުދާނަމޭ. ޖަލުގައި އޮންނަން ޖެހުނަސް ބޭނުންވަނީ ރައްޔިތުންނަށް މައުސޫމްކަން ސާބިތުކޮށްދޭންށޭ." ސަލީމް ވިދާޅުވިއެވެ.

ޔާމީންގެ އެކައުންޓަށް އެސްއޯއެފް އިން ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. މިހާރު ކުރިއަށް ދަނީ އިސްތިއުނާފު މަރުހަލާގެ އެންމެ ފަހުގެ އަޑުއެހުންތަކެވެ. ބެލެވޭ ގޮތުގައި އަންނަ ހޯމަ ދުވަހު މައްސަލައިގެ އަޑުއެހުންތައް ނިންމާލާނެއެވެ.

ޔާމީންގެ ފައިސާ އަދީބު އަތުގައި ހުރިކަން އެނގޭނެ ހެކި ޔާމީންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް އެހެކިތަކުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ. އެހެކިތައް ސުޕްރީމް ކޯޓަށް ބަލައިގަތުމާއި މެދު ގޮތެއް ނިންމާނީ އަންނަ ހޯމަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

 1. ައަހާ

  ގަބޫލެއް ނުކުރަން. ތިޔައީ ކޮންތާކުން ޔާމީން ނެރުނު ފައިސާއެއް

  13
  26
  • Anonymous

   "ޢަހާ،" ކަލޭގެ ކޮމެންޓަށް ބުނެލަންޖެހެނީ ރ.ޔާމީނަކީ ކަލެއާއި އަހަރުމެންކަހަހަލަ ދުނިޔޭގަ ނުފޫޒުގަދަ މުއްސަދި މަހުޖަނުން ނުދައްނަމީހެއްނޫނޭ، އެމަނިކުފާނު އެއްމެ އިޝާރާތެއް ކޮށްލާއިރަށްވެސް އެމަނިކުފާނުގެ ހުރިހާ އެކައުންޓަކަށް ބިލިޔަންސް ޑޮލަރސް އެއްމެ ސިކުންތަކުންވެސް ޖަމާކޮށްލަދޭނެ މުއްސަދިން އެބަތިބި، ގައުމުތަކުގެ ސަރުކާރުތައްފިޔަވައި މުއްސަދި ރޯޔަލްފެމިލީތަކަށް ބެލިޔަސް ސައުދީ ޕްރިންސްން، ދުބާއީ ޕްރިންސްން، ބިލްގޭޓްސް ފަދަ މުއްސަދިންއެބަތިބި އެމަނިކުފާނަށްކުރިމަތިވި ކޮންމެކަމަކަށް އަމިއްލަގޮތުން ޚަރަދުކޮށްލާނެ، ކަލޭކަހަލަ ބުއްދިއަށް ބަޑިޖަހާފަތިބި ބަޔަޖަށް ނުވިސްނުނަސް އެމަނިކުފާނުގެ އިތުބާރާއި ގަދަރަވަނީ ދުނިޔޭގެ ގަދަރަވެރި މުއްސަދިންގެ ކުރިމަތީގައި އުފުލިފައި، އެމަނިކުފާނު ކެމްޕެއިނަށް ޚަރަދުކުރަން ފައިސާނުދޭނެ މުއްސަންޖެއް މިދުނިޔެއަކު ނުހުންނާނެކަން ހަމަބުއްދީގެ އަހުލުވެރިން ގަބޫލުކުރާނެ، ހަގީގަތަކީ އެކަކަށްވެސް އެބަބުނެވޭތަ އެމަނިކުފާނު ކަޅުފައިސާ ދަބަސް އުފުލިއޭ އަދި އެފަދަ އެއްވެސް ވީޑިއޯއެއް ފަނިފައިވޭތަ؟؟

   31
   6
   • ޢަލިބެ

    ޔާމީނު އަކީ ގައުމެއްގެ ވެރިއެއް. ޢެމަގާމުގެ ހުރެގެން މަހުޖަނަކު ނުވަތަ ބޭރުގެ ފަރާތަކުން މިލޔަނުން ހަދިޔާއެއް ނުދެވޭނެ ދެވޭނީ ނުފޫޒު ފޯރުވުމުގެ ގޮތުން ރިސްވަތު.ރައީސު ޔާމީނުގެ ކެމްޕޭނު ހަރަކާތް ހިންގުމަށް ދޭ ލާރިއެއް ވެއްޖެޔާ ވަންނާނީ ޕާޓީގެ އެކައުންޓަށް. ޢެޔަކުން ވިޔަފާރިއެއް ނުކުރެވޭނެ. ހަދިޔާއެއްގެ ގޮތުގަ ލިބުނު ލާރިއް ނަމަ އޭގެ ހިސާބު ކިތާބު އޮންނާނީ ފެންނަން. ގައުމުގެ މިހާބޮޑު ލާރިގަޑަކަށް ހިޔާނަތްތެރި ވެފަ އިން މީހެއްގެ ދިފާއުގަ މިހެން ވާހަކަ ދައްކާ މީހުންް މި މީހުން الله ބިރުވެތިވެ ބަލަ

    2
    2
  • ކަސޯޓީ

   ކަލޭ ހާދަހާ ބޯގަޅިއޭ ދޯ. އެއީ ސިޔާސީ ޕާޓިއެއްގެ ރައީސެކޭ. އަދި 30 އަހަރަށްވުރެ ގިނަ ދުވަހު ސަރުކާރުގެ މަތީ މަޤާމުތަކުގައި އުޅެ ބޮޑު މުސާރަ ލިބިފައިވާ ބޭފުލެކޭ. 5 މިލިއަން ޑޮލަރަކީ އަދި އެފަދަ ބޭފުލަކަށް މާބޮޑު އެއްޗެއް ވެސް ނޫން. ކަލޭ ބަލާބަލަ ކަޅުދަބަހަށް އަޅައިގެން ދިޔަ 39 މިލިޔަން ރުފިޔާއާ މި ވޭތުވެ ދިޔަ 2 އަހަރު ރައްޓޠެހިންނަށް ބަހާލި އެތައް މިލިއަން ރުފިޔާއާ އަދި މީގެ އިތުރަށް ވެންޓލޭޓަރާއި އެޏުން ގޮތްގޮތުން ކޮވިޑަށް ލިބުނު ފައސާ ކޮބައިތޯ. 5 މިލިއަނަށްވުރެ މާގިނަ ވާނެ.

   13
   1
 2. ލީގަލްސާރ

  މާދަމާ އަދީބު ބުނެފާނެ ސޯލިހުގެ 10 މިލިޔަން ޑޮލަރު ތިމަންނާ އަތުގަ އަބަހުއްޓޭ ހުރިޙާ ރައްޔިތުން ކުރިމަތީގަވެސް. ޕޮއިންޓަކީ އަދީބުގެ އަނގައިން ބުނާ ބުނުމަކީ ހުއްޖަތެއްހޭ އޭނާ އަތުގަ ހުރީ މިވެނި އެވެނި މީހެއްގެ ލާރިޔޭ ބަލައިގަންނަން. އިނގޭކަމަކީ އޭނާ އަތުގަ ހުރީ ހުސް ދައުލަތައް ލިބެންޖެހޭ ލާރިކަން އަދި އޭނާއަތުގަ އެލާރި ހުރެގެން ނުވާނެކަން އަދި އެލާރި އޭނާއަތުން މި ސަރުކާރުން ހޯދައި އަނބުރާ ދައުލަތުގެ ހަޒާނާއަށް ނުލެވުގެން އުޅެނީ ކީއްވެތޯ ބަލާކައް ނޫޅޭކަމެވެ. އަދީބަކީ ޔާމީނުގެ ހަތުރެއް އޭނާ ވައިސްޕުރެސިޑެންޓުކަމުން ބޭރުކުރި ހިސާބުން.. އެހެންކަމުން އޭނާ ޔާމީބޭ ކިޔާގެން ދައްކާވާހަކަތަކަކީ ހަގީގަތެއްކަމައް ބެލެވޭކަށެއް ނޯންނާނެ..އޭނާއަކީ ކުރެޑިބަލް ސޯސްއެއްނޫނެވެ.

  18
  7
  • Anonymous

   "ލީގަލްސަރ"ގެ ވާހަކައަށް ބުނެލަންޖެހެނީ މީހަކުދެކެ ކިތައްމެ ނަފުރަތުވެ ހަސަދަވެރިވިޔަސް ހަގީގަތް ގަބޫލުކުރަންޖެހެޔޭ، ދުނިޔޭގެ ނުފޫޒުގަދަ މުއްސަދި މަހުޖަނުންނާއި އެކުވެރިކަން އުފެދިފައިވާ އަދި އެފަދަ ބައެއްގެފަރާތުން ފައިސާގެ އެހީއަކަށް އެމަނިކުފާނު އެދިއްޖެއްޔާ ނުދޭނެހާ ދަށުދަރަޖައިގެ މީހެއްނޫން ރައީސު ޔާމީނަކީ، އެމަނިކުފާނު ދުނިޔޭގެ ނުފޫޒުގަދަ ރައީސުންގެ ލިސްޓަށް އަރާފައިވާއިރު، އެމަނިކުފާނު ކެމްޕެއިނަށް ޚަރަދުކުރަން ދުނިޔޭގެ މަހުޖަނުން ފައިސާތަކެ އްދޭނީ ކޮންމެހެން އެމަނިކުފާނު ބުނެގެނެއްވެސް ނޫން؟ "ލީގަލްސަރ"ހީކުރީ ކަލޭގެ އިބޫރައީސުކަހަލަ ކަޅުދަބަސް އުފުލަމުން ދުވާ ދަރަޖައިގެ މީހެއްކަމައްތަ ރ.ޔާމީނަކީ؟

   15
   2
 3. ޢެމްޑީޕީ

  ތިޔަ ވިދާޅުވާ ފައިސާއަކީ ކިހިނެތް ހޯދިފައިސާކަން ސާބިތިކޮށްދެވޭނެނަމަ ވަރަށް ރަނގަޅުވީސް. ޢަޅުގަނޑުމެން އަޑުއެހީމު ރައީސް ޔާމިނުގެ ދަރިންގެ ޚަރަދުތައް ހަމަޖައްސަން ނުދެއްކިގެން ހަމަ މުސާރަ ނަގަން ނިންމިވާހަކަ. ޢެހެންވީމަ ތިޔަފައިސާ ލިބުނުގޮތެއް ސާފުކޮށްދޭންޖެހޭ ރައީސްގެ މައުސޫމްކަން ދައްކަން.

  13
  11
  • Anonymous

   ހެޔޮ އެދޭ ފަރާތްތަކުން ޕާޓީ ައށް ދޭ ފައިސާ ދަރިން ނަށް

   6
   3
  • ބަޜި

   ހެޔޮ އެދޭ ފަރާތްތަކުން ޕާޓީ އަށް ދޭ ފައިސާ އަނބި ދަރީން ނަށް ހަރަދު ނުކުރާނެ ދޯ

   20
 4. އަބުދުﷲ

  ޔަމީނައް މުޅި އުމުރުގަވެސް މުސާރައިގެ ގޮތުގަ ލިބޭނީ 10 ވަރަކައް މިލުއަން ރުފިޔާ !!!!!!!؟؟؟؟؟؟؟؟؟ބާކީ އޭނާ އަތުން ނަގާފަ އެފައިސާ އަށް ވާވަރަށް ޖަލު ހުކުމް އަންނަން ޖެހޭނެ.

  11
  24
  • Anonymous

   "ޢަބުދުﷲ"ގެ ކޮމެންޓަށް ބުނެލެވޭނީ މީހެއްގެ އަތުގަ ހުންނަ ހުރިހާ ފައިސާއަކީ އެއީ އެމީހަކު ވަޒީފާ އަދާކޮށްގެންލިބޭ ފައިސާއަކަށް ވާންޖެހޭތަ،؟؟ ފައިސާވެރި މަހުޖަނުން އެމީހުންގެ ރަހުމަތްތެރިންނަށާއި އާއިލީމީހުންނަށްވެސް މިލިޔަން މިލިޔަނުން ފައިސާ ދޭ އަދި ދީފައިވެސް އެބަހުރި، ފަގީރު ދިރިއުޅުމެއްގައި އުޅެމުންއަންނަ ބައެއްމީހުން އެބަފެނޭ ކުއްލިގޮތަކަށް އަމިއްލަ ރިސޯޓް ހިންގުންފަދަ ފުޅާބިޒިނަސް ހިންގައިގެން މުއްސަދި ދިރިއުޅުމުގައި އުޅޭތަން، ދައުލަތުން ބަލަންވީނުން އެފަދަމީހުނަށްވެސް ހިތަށްނައަރާހައި ގިނައަދަދެއްގެ ފައިސާތަކެއް ކުޑަދުވަސްކޮޅެއްގެ ތެރެއިން ލިބުނުގޮތެއް؟؟؟ހަމައެކަނި ރ.ޔާމީނަށް ގިނައަދަދެއްގެ ފައިސާ ލިބުނުގޮތެއް ބަލަންޖެހޭކަމަށްވަންޏާ ކޮބައިތޯ ތިމީހުން ތިކިޔާ

   18
   1
 5. ޙިކްމަތް

  ޔާމީނަކީ އެހާ ގަމާރު މީހެއްނޫން ތިހާ ސާފްކޮށް ޓްރޭސް ކުރެވޭ ގޮތަކަށް ކަމެއް ކުރާކަށް.
  ވައްކަމެއް ކުރިނަމަވެސް އެސްއޯއެފް މެދުވެރިކޮށް ފެންނަން އޮންނަ ގޮތަކަށް ނުކުރީސް. ތީ ހަމަ ފްރޭމް ޖޮބެއް.

  19
  5
 6. ލޮޑަރު ބެއްޔާ

  މި އަދު ޕޯޑިއަމް އަށް އަރާ ތިވާހަކަ ދެއްކީމާ ވަރަށް ތާހިރު. ހަމަ ހުސް ވަގުން.

  5
  3
 7. Anonymous

  މީހެއްގެ އަތުގަ ހުންނަ ހުރިހާ ފައިސާއަކީ އެއީ އެމީހަކު ވަޒީފާ އަދާކޮށްގެންލިބޭ ފައިސާއަކަށް ވާންޖެހޭތަ،؟؟ ފައިސާވެރި މަހުޖަނުން އެމީހުންގެ ރަހުމަތްތެރިންނަށާއި އާއިލީމީހުންނަށްވެސް މިލިޔަން މިލިޔަނުން ފައިސާ ދޭ އަދި ދީފައިވެސް އެބަހުރި، ފަގީރު ދިރިއުޅުމެއްގައި އުޅެމުންއަންނަ ބައެއްމީހުން އެބަފެނޭ ކުއްލިގޮތަކަށް އަމިއްލަ ރިސޯޓް ހިންގުންފަދަ ފުޅާބިޒިނަސް ހިންގައިގެން މުއްސަދި ދިރިއުޅުމުގައި އުޅޭތަން، ދައުލަތުން ބަލަންވީނުން އެފަދަމީހުނަށްވެސް ހިތަށްނައަރާހައި ގިނައަދަދެއްގެ ފައިސާތަކެއް ކުޑަދުވަސްކޮޅެއްގެ ތެރެއިން ލިބުނުގޮތެއް؟؟؟ހަމައެކަނި ރ.ޔާމީނަށް ގިނައަދަދެއްގެ ފައިސާ ލިބުނުގޮތެއް ބަލަންޖެހޭކަމަށްވަންޏާ ކޮބައިތޯ ތިމީހުން ތިކިޔާ އިންސާފު؟؟؟

 8. ސައްދަ

  ސަލީމުމެން އަތުގަ ހުރީ ކިހިނެތް ހީދި ފައިސާއެއްތޯ.؟

  2
  1
 9. ފާތުމާ

  ކޮބާގޭ ކަޅުދަބަސް 35 މިލިޔަން ރުފިޔާ .... އިބުރަހިމޫ ކަލޭ ގެ މައްސަލަ ބެލޭނެ ދުވަހެއް އަންނާނެ އިނގޭ .....

 10. ރަތްރާޅު ސަލީމް

  ޔާމީނަށް ކޮންތާކުން ލިބުނު ފަސްމިލިއަން ޑޮލަރެއްތޯ! ދުވަހަކުވެސް ވިޔަފާރިއެއް ކުރި މީހެއްނޫން.. ދެން ވެރިކަމަށް އައިގޮތަށް ދަޢުލަތް ލޫޓުވާލައިގެން ހޯދި ފައިސާ. ތިހާ ޔާންޓޭދެކެ ލޯބިވަންޏާ ސަލީމު ޖާމިނުވެފަ ޔާންޓޭ ޖަލުން ނެރެންވީނު. ބޯހަލާކް

  4
  10
 11. އަލްޖިބްރާ

  ޔާމީނުއަށް ފަސްމިލއަން ޑޮލަރު ލިބުނު ގޮތެއް ބުނެދޭކަށް ނޭގުނު ! އެކަމަކު ފަސް މިލިއަން ޑޮލަރު އެބަހުރި ! މިއީ އަޖާބެއްނު ! ތިއީ މިރާއްޖޭގެ ރައްތަށް ވިއްކާނަމޭ ކިޔާފަ ހޯދާފަހުރި ޑޮލަރަށްވެސް ވެދާނެ ! މަށައް އެގޭކަމަކީ ހަމަތަނެއްގަ މީހަކު ހުއްްޓަކަސް މިލިއަނުން ޑޮލަރު ދޭނެބަޔަކު މިދުނިޔެ މައްޗަކު ނޫޅެއެވެ. ތިއީ ހަމަ ވައްކަން ކޮށްގެން ހޯދާފަ ހުރި ފައިސާއެވެ.

  1
  4
 12. މެކުނު

  5މިިލިޔަން ޑޮލަރު. ހުދުފޮތިކޮޅެއް ހާސާފު ހުސް ލެއްގި ޑޮލަރު ބިރުވެތިވޭ ޒައްރެއްގެ މިންވަރުވެސް އެކަންކޮއްފި މީހަކަށް އެކަންދެކޭނެ ދުވަސް އެބައޮތް

  1
  2
  • Anonymous

   "މެކުނު" ކަލޭ ހާދަހާ ބޯގަޅިއޭ ދޯ. އެއީ ސިޔާސީ ޕާޓިއެއްގެ ރައީސެކޭ. އަދި 30 އަހަރަށްވުރެ ގިނަ ދުވަހު ސަރުކާރުގެ މަތީ މަޤާމުތަކުގައި އެތަާް ދައުރަކަށް މަޖިލިސް މެމްބަރަކަށް ހުންނެވި ބޮޑު މުސާރަ ލިބިފައިވާ ބޭފުލެކޭ. 5 މިލިއަން ޑޮލަރަކީ އަދި އެފަދަ ބޭފުޅަކަށް މާބޮޑު އެއްޗެއް ވެސް ނޫން. މަށާއި ކަލޭކަހަލަ ފައސާ ނުދެކޭ ބަކަށް ވަރަށްބޮޑު އެއްޗަކަށްހީވެ އާޝޯޚްވިޔަކަސް، ކަލޭ ބަލާބަލަ ކަޅުދަބަހަށް އަޅައިގެން ދިޔަ 39 މިލިޔަން ރުފިޔާއާ މި ވޭތުވެ ދިޔަ 2 އަހަރު ރައްޓޠެހިންނަށް ބަހާލި އެތައް މިލިއަން ރުފިޔާއާ އަދި މީގެ އިތުރަށް ވެންޓލޭޓަރާއި އެނުން ގޮތްގޮތުން ކޮވިޑަށް ލިބުނު ފައސާ ކޮބައިތޯ. 5 މިލިއަނަށްވުރެ މާގިނަ ވާނެ.

 13. ބަރޯ

  ޕިންކު ދަބަހެއްގަ ލިބުނަސް ޔާމީނު ބުނަންވީނު އެލިބުނޯނީ ކޮންތާކުންކަން. އެވަރު ނުވެގެން ހުކުމެއް އައީ. ދެން ސަލީމުމެން ހިތަށް އެރިހާ އަދަދުން މިހުންގެ އަތުގައި ފައިސާހުރި ވާހަކަ ދެއްކުމުން ހިނި އަންނަނީ. ސްޕްރީމް ކޯޓަށް ގޮސް ބުނެލި ނަމަ ވަރަށް ސަޅިވީސް. އަދި ޔާމިނު ސަލމަތް ވީސް. ތިހުރިހާ ވާހަކަ ދައްކަންވީކީ ޕީޕީއެމް ޖަގަހަކު ނޫން. ތަންތަނުން މީހުން ދޭ ބޮޑު އަދަދުން ފައިސާ ރައީސުން ބައްލަވައި ގަންނާކަށް މިރާއްޖޭގެ ގާނޫނު ހުއްދަ ނުކުރާކަން ނއެގުނު ގަމާރެއް ސަލީމުއަކީ. ހަމަ ވައްކަން ކުރުވި އޮގަނައިޒް ކްރައިމެއް ތީ.

 14. ވގ 13

  ތީ ހުސްވަގުން މިހާރު ހައްޔަރުވީމަ ދައްކާ ވާހަކަތި ޔާމީން އެކައުންޓައް ޖާވިފައިސާއެއީ ޔާމީން އައް ނޭގޭ ފައިސާއެއްނަމަ އެބޭނުންކުރީ ކިއްވެބާ ކުޑަކުދިންތަ ޕޕ އެމް ގަ ނޫނިއްޔާ ތިބީ ތި ސަލީމް ތިވަކިކާކު މަތިން ވއެއްޓުނު މުއްސަދިކަނެއްގަތަ ތިއުޅެނީ

 15. އަސް

  ކިތަންމެ ވަރަކަށް ޔާމީނު މާ ސާފް މީހަކަށް ހަދަން އުޅުނަސް އެކަމެއް ނުވާނެ. މަދަކު ބައިވަރެެއް ނޫން ރާއްޖޭގެ އެކައުންޓް ތަކުގަ ހުރީ ވެސް އަދި ކޮބާ ބޭރު ބޭންކް ތަކުގަ ހަންނާނެ ފައިސާގެ އަދަދަކީ.

 16. ރަބަރޭ

  މީމިމީހުން ކޮންތާކުން ހޯދާހާ ފައިސާ ފުނިވަރެއްތަ ބޮޑަށް ވައްތަރީ ވަންކަން ކޮށްގެން ހޯދާހާ ފައިސާ ކަމަށް ބޮޑަށް ބެލެވެނީ

 17. އިންކާރު

  ކީއްކުރަން ހުށަހަޅާ އިންކަމް ޓެކްސް ރިޕޯޓެއްތަ. ބަލަ ސަލިމު ދުށީތަ މިހަކު ޔާމީނަށް މާގިނަ ފައިސާ ތަކެއް ދޭ ތަން. ރާއްޖެގެ ކޯޓުން އެއޮތީ ވައްކަން ރާވާ ހިންގުމާއި މަނީ ލޯންޑަރ ކުރި ކަމަށް ސާބިތުވެ ހުކުމް ކޮށްފަ. ގައިމު އެތަށް ވަކިލަކު ބޮޑު ފައިލް ބޮޑިތަށް ހިފައިގެން ތިބި، ކޯޓުގަ ޔާމިނު ވައްކަން ނުކުރާކަން ސަބިތު ކޮށްދޭން. އެއްފަހަރުވެސް ނުބުނޭ ސަލީމު ތިބުނާހެން. ދައްކަވަނީ އަދީބު އާއި ޒިޔަތުއެއްގެވާހަކަ. ޖަލުހުކުމެއް ކުރި ވާހަކަ. އެކަމަކު އަދީބު ޖަލުހުކުމެއް ކުރީ ޔަމިނުގެ ވެރިކަމުގަ. އަދީބު ވައްކަން ކުރާވަހަކަ އޮޑިޖަރ ޖެނެރަލަ ނިޔާޒު ދައްކަދައްކާ ހުއްޓާ ނައިބު ރައީސްކަންވެސް ދެއްވީ ޔާމީނު ހުށަ ހަޅުއްވައިގެން. އޭރު ވައްކަމުގެ ވާހަކަ ދެއްކި މީހަކު ވިއްޔާ ވަޒީފާ ގެއްލެނީ. އަނެއްކާ ބެންކަށް ޗެކު ވެއްދިކަމަށް މަޢުލޫމާތު ދިން ބެންކުގެ މަނޭޖަރުވެސް ޔާމީނުގެ ދައުރުގަ ޖަލަށް ލެއްވި. މިސަރުކާރުގަ އޭނަވެސް ސަލާމަސް ވީ. މިރައްޖޭގެ ކުޑަ ކުއްޖަކަށްވެސް އޮޅިފައެއް ނެތް ރައީސަކަށް ހުރި މީހަކުގެ ޒިންމާއެއްކަން އެއީ ދައުލަތުގެ ޢަމްދަނި އަށް ވާގޮތް ބަލައި ދައުލަށްސް ހިންގުމަކީ. ވީމަ އެފަދަ މަގާމުގައި ހުންނެވި ބޭފުޅެއްގެ އެކައުންޓަށް އެސްއޯއެފުން ފައިސާ ޖަމާކޮށް ދިނުން އެއީ ޔާމީނުގެ އަމިއްލަ ފައިސާ ކަމަށް ދެއްކުމަށް ސަލީމުމެން ތިދައްކަވާ ވާހަކައަކީ އެގި ތިބެ ޔާމިނުގެ އެވައްކަމުގައި ބައިވެރިވުން.