ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދައުލަތުގެ މާލީ ހާލަތު ދަށްވެފައިވާތީ ސިވިލް ސާވިސް މުވައްޒަފުންގެ ސެޓްފިކެޓް އެލަވަންސްއާއި ޕާފޯމެންސް އެލަވަންސް ކަނޑާލިއިރު އަލުން އެއެލެވެންސްތައް ދެވެން ފެށޭނީ ކުރިން އޮތް އާމްދަނީ އަލުން އިއާދަވާން ފެށުމުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ލިޔުމުން ޖަވާބު އަރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް ހުށަހެޅުއްވި ސުވާލުގައިވަނީ އެލަވަންސްތައް އަލުން ދެވޭނެ ދުވަހަކީ ކޮބައިތޯއާއި އަލުން އެލަވަންސް ދޭއިރުގައި ކަނޑާލި ދުވަސްވަރުގެ ބައި ދެވޭނެތޯއެވެ.
ފިނޭންސް މިނިސްޓަރު ފޮނުއްވި ޖަވާބުގައި ވަނީ މިހާރު އަޅާފައިވާ ޚަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތަކަކީ ކޮވިޑް-19 ގެ ކުރިން އޮތް އާމްދަނީއަށް އަލުން އިއާދަ ވަންދެން ދަމަހައްޓަން ނިންމާފައިވާ ފިޔަވަޅުތަކެއް ކަމަށެވެ.
މިނިސްޓަރުގެ ޖަވާބުގައި ފާހަގަ ކުރައްވާފައިވާ ގޮތުން، ކުރިން އޮތް އާމްދަނީ އަލުން އިއާދަ ކުރެވޭނެ ކަމަށް ލަފާ ކުރެވެނީ 2023 ވަނަ އަހަރުއެވެ. އެހެންވެ އެހައި ހިސާބަށް ފިޔަވަޅުތައް ދަމަހައްޓާނެ ކަމަށް މިނިސްޓަރުގެ ޖަވާބުގައިވެއެވެ.
މުވައްޒަފުންގެ އެލަވަންސްއަކީ ވަގުތީ ގޮތުން މެދުކަނޑާލި އެލަވަންސްތަކެއް ކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ފިޒިކަލް ޑެފިސިޓް ރަނގަޅު ވުމުން ވެސް އެ އެލަވަންސް ދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. "އާމްދަނީ އަލުން އިއާދަ ކުރެވޭނީ 2023 އާއި ހަމައަށް ވާތީވެ، އެ ފިޔަވަޅުތައް އެއާ ހަމައަށް ދަމަހައްޓަން ވަނީ ނިންމާފައި،" މިނިސްޓަރު އަމީރުގެ ޖަވާބުގައިވެއެވެ.
އެހެންވިޔަސް ކޮވިޑް-19 ގެ ބަލިމަޑުކަމާ ހުރެ ކުރިމަތިވި އިގްތިސާދީ ތަދުމަޑުކަމުގައި ގެއްލިގެން ދިޔަ އާމްދަނީއަކީ މުސްތަގުބަލުގައި ލިބޭނެ އާމްދަނީއެއް ގޮތުގައި ނުބެލެވޭތީ، ކަނޑާލި ދުވަސްވަރުގެ އެލަވަންސް ދެވިދާނެ ކަމަށް ނުބެލެވޭ ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
"މި އެލަވަންސް އަލުން ދެވެން ފެށެނީ ފިޒިކަލް ޑެފިސިޓް ރަނގަޅުވުމުން. ކޮވިޑްގައި ގެއްލުނު އާމްދަނީ އަކީ މުސްތަގުބަލުގައި ލިބޭނެ އާމްދަނީއެއް ނޫން. އެހެންވެ ކަނޑާލި ދުވަސްވަރުގެ އެލަވަންސް ދެވޭނެ ކަމަށް ނުބެލެވޭ." މިނިސްޓަރުގެ ޖަވާބުގައިވެއެވެ.
ސިވިލް ސާވިސް އެލަވަންސްތައް އަލުން ދޭން ފެށޭނީ 2023 ގައި ކަމަށް ފިނޭންސް މިިނިސްޓަރު ވިދާޅުވިއިރު ސިވިލް ސާވެންޓުން މިހާރު ވެސް ގެންދަނީ މުސާރައިގެ މައްސަލައިގައި އިހްތިޖާޖު ކުރަން ތައްޔާރުވަމުންނެވެ.
އެހެންވިޔަސް ކޮވިޑް-19 ގެ ބަލިމަޑުކަމާ ހުރެ ކުރިމަތިވި އިގްތިސާދީ ތަދުމަޑުކަމުގައި ގެއްލިގެން ދިޔަ އާމްދަނީއަކީ މުސްތަގުބަލުގައި ލިބޭނެ އާމްދަނީއެއް ގޮތުގައި ނުބެލެވޭތީ، ކަނޑާލި ދުވަސްވަރުގެ އެލަވަންސް ދެވިދާނެ ކަމަށް ނުބެލެވޭ ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
ބަލަ ތިކަން އެނގޭ ދޯ ހަމަހޭތަ ހުރި ދިވެހި ރައްޔަތަކަށް ވިއްޔާ؟ 2019 އިން ފެށިގެން މި ފަސް އަހަރު ނުވީ ކަމެއް 2023 ގެ ކެމްޕޭންގައި ކުރާނެ . ސަޅި ގްންބޯ ހެއްދޭނެ ދިވެހިންވެސް އެބަ އުޅޭ މިޤައުމުގަ.
އެކަމަކު ސިޔާސީ މަޤާމްތައް ބޭނުން ވަރަކަށް އުފެއްދޭ. ކޮވިޑްގެ އެންމެ ބާރު ބޮޑު ދުވަސްވަރުވެސް ސިޔާސީ މަގާމްތަާށް އުފެއްދުން މަދެއް ނުވި. މިއޮތީ ވާ ސަރުކާރެއް.
ތިޔައީ ރިޔާސީ އިންތިޚާބަށް ނުފޫޒުފޯރުވުމަށް ކުރާކަމެއް
ޥަރަށް ސާފުކޮށް މިބުނަނީ މަގޭވޯޓް އިބޫއަކަށް ނުދޭނަން
2023ގަ މުސާރަ ބުޑުކުރިޔަސްނުކުރިޔަށް އިބޫއަކަށް ދެނެއް ވޯޓެއް ނުދޭނަން!!!!!
ހެޔޮކޮށް. ފިސާރި ތެދެއްތީ. ނަންވާނީ ރައީސް ޔާމީން! އެކަމަކު އިހަށް ދުވަހު އެމްޑީޕީ އެތެރޭ އިންތިހާބުގައި މި ބައިގަނޑު ހޭވި ހަޑިއާ ފޯރުވި ނުފޫޒު އެމްޑީޕީ މީހުންގެ އަގައިން ބޭރުވެ ނޫސްތަކުގެ ފަލަ ސުރުހީގައި އޮތީ. އަދި ނުވި ތާކަށް ރަށްރަށު މީހުން އެހަގީގަތް ލޮލުން ދެކި އަތުން ހިފައިފި. މުޑުދާރު ދޮގުހަދާ ބައެއް މި އަމީރުމެންގެ ގުްރޫޕް މީ. ޗީޗީ
އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށާއި ކައުންސިލަރުންނަށް އަދި އިތުރު ކުރަމުންދާ ސިޔާސީ ފަރާތްތަކަށް ދޭންވީމަ ފިޒިކަލް ޑެފިސިޓް ރަގަޅު. ސިވިލް ސާރވަންޓުންނަށް ދޭންވީމަ ރަގަޅުވީ ދުވަހަކުން. ތާކުންތާކު ނުޖެހޭ ވާހަކަ ނުދައްކާ. އެމީހުންނަށް ދެވެންޏާއި ސިވިލް ސާވަންޓުންނަށް ދެވޭނެ.
ސިޔާސީ މީހުންގެ ހުރި ނުބައި ނުލަފާކަން ނިކަން ވިސްނާލަބަލަ. ދެން ސިވިލް ސާވަންޓުންވީ 2023 ގައި އަނެއްކާވެސް މިވެރިންނަށް ވޯޓުއަޅަން. މަ ހިލާ ނުކުރާނަން ތިކަމެއް. ވަރިހަމަ އެކައްޗެއް ނުދިނަސް.
ކޮންމެ ކަމެއް 2023 ގައި ތޯ އޭރުންތާ ވޯޓް ކޮޅެއް ވެސް ލިބޭނީ އިންތިޙާބުން ނާކާމިޔާބު ވެއްޖެ ނަމަ ދެންނަ ސަރުކާރަކަށް ހުރިހާ ބުރައެއް ޖެހޭ ގޮތަށް ހަދާ
މަސްވެރިންނަށް ހަމަ އަގު 2023 ގައި
ފޫޅުމާ ފޮށި 2023 ގައި
އެންމެ ކުޑަ މުސާރަ 2023 ގައި
ގޭދޮށު މަސް ފެކްޓަރީ 2023 ގައި
ކަނޑުގައި ޕްލެޓްފޯމެއް އަޅާން ފެށުން 2023 ގައި
ބްރިޖު އަޅަން އަންނަ މީހުން އައުން 2023 ގައި
އައްޑުގެ މަގުތައް ތާރު އެޅަން ފެށުން 2023 ގައި
ސިވިލް ސާރވަންޓުން ހައްދަން ކަލޭމެން ކިހާ ހުވަފެނެއް ދެއްކި އިސްކަންދަރު ޓީޗަރުންތައް މިހާރު ކޮބައިތަ އަޑެއް ބަޑެއް ނެތް ކުަލަ ޔެލީ ގްރޫޕް ކޮބައިތަ . އެއް ބޮޑު ކަރަޕްޝަންގެ ކަންތަކުގައި އަބަދު ބަޔާން ދިން ޓްރާންސްޕޭރަންސީ ކޮބައިތަ ... އަޑެއް ބަޑެއް ނެތް ދައުވާ ނުކުރާން ނިންމީ މާވެސް ހަަމ ހަނު
އަމީރޫ ކަލޭމެން ދެން ވާނީ ބަލި ބަލަން ތިބޭ ކަލޭ އެޑްވަރޒަރަކަށް އިންޑިޔާގެ މުސްކުޅިއަކު ލައިގެން ކީއް ތަޔަ ކުރަނީ އަންހެނުން ކޮމެޓީ ތަކުގެ މުސާރަ ބޮޑު ކޮށްލާ ހިތައް އެރި ބަޔަކަށް ލައްކަ ލައްކައިން ތިޔަ ދެނީ ސޯލިހުގެ މޫނު މަތި ރީތި ކުރަން ނޫސްތަކަށް ލައްކަ ލައްކައިން ފައިސާ ތިޔަ އަޅަނީ މޫނު އިތުރަށް ވީ ހުތުރު ތާއީދު ވީ ކުޑަ
މިހާރުން މިހާރަށް ކުޑަކުރި މުސާރަތައް އިއާދަކުރުމަށް ފިނޭސް މިނިސްޓަރ އަށް ގޮވާލަން އެހެންނޫންނަމަ ދެންޖެހޭނީ ކުޑަކުރި މުސާރަތައް ބޮޑުކުރަންދެން ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް މިހާރު ލިބެމުންދާ މުސާރައަށްވާ ވަރަށް މަސައްކަތުގެ ގަޑިތައް ހަތަރު ގަޑިއިރަށް ކުޑަކޮށް ކުޑަކުރި މުސާރަ އަށްވާބައި ހޯދުމަށް އެހެން މަސައްކަތް ކުރުމަށް ނުކުތުމެވެ. މިހާރު ސަރުކާރުން ކުރަމުންދާ ބޮޑެތި މަސައްކަތް މިވަގުތައް މަޑުޖައްސާލައި 2023 ގައުމު ހަމަ މަގަށް އެޅެންދެން ބޮޑެތި ޕްރޮޖެކްޓްތައް ގުޅިފަޅު، ތިލަފުށި ބުރިޖް/ އަލިފުށި އެއާރޕޯޓް މަސައްކަތް މަޑުޖައްސާލައި ސިވިލްސާވިސް މުވައްޒަފުން މުސާރަތައް އިއާދަ ކުރުން މާއައުލާކަން ބޮޑުކަމަށް ދެކެމެވެ.
ތިޔައީ އިންތިހާބަށް ޖަހާ މަޅިޔެއް މިފަހަރު ހޯހޯ ސަލާމް އިބޫ، އަންނި، ގާސިމު، މައުމޫނު، ކަމާލުއްދީން، އުމަރު، ސާހިދު (ޔޫއެން) ހޯހޯ ބައިބައި ޓާޓާ %100 ޔަގީން އިންޝާﷲ އިންމީހަކު މިގައުމުގެ ވެރިޔަކަށް ދެންނާންނާނެ!
ސަރުކާރު ބައެއް މުވައްޒަފުން ޑުބާއީ ސިންގަޕޫރު މީހުންގެ ފެންވަރުގައެވެ. އަނެއްބަޔަކު އިތިއޯޕިޔާ ސޫދާން ފެންވަރުގައެވެ. ނޫނޭ އިންސާފަށް ލޯބިކުރާ ބައެކެވެ.
ދެން އެހެންވިއްޔާ 2022 ގައި މުސާރަ ބޮޑުކުރެވޭނެބާ؟
އެކަމު އަބްދުﷲ ޝާހިދު ގެ ކެމްޕެއިން އަށް ޚަރަދުކުރެވޭ..
އިބޫސޯލިޙް ގެ ދަތުރު ތަކަށް ހޭދަކުރެވޭ..
މަޖްލިސް އެއްވެސް މެންބަރެއްގެ އެއްވެސް އަލަވަންސް އެއް ނުކަނޑާ.. އަޔަސް ނަޔަސް..
ކައުންސިލް ތަކުގެ އުޖޫރަ ބޮޑުކުރެވޭ..
މިނިސްޓަރ ފެންވަރުގެ މަޤާމުތަކަށް ކެނޑިނޭޅި ގާތްމީހުން ވައްދަމުންދަނީ..
މަހަށް ހަމަ އަގު 2023ގައި، ފިޝަރީޒް މިނިސްޓަރ
ސިވިލްސާރވިސް އެލަވަންސް 2023ގައި ފިނޭސްމިނިސްޓަރ
ރިޔާސީ އިންތިހާބު 2023ގައި ރައްޔިތުން
ކެމްޕެއިން ފެށުމުން ދޯ... ނުބައި ނުލަފާ ބައެއް.... ނުވަންޔާ ނުވާނެ ވާހަކަ ބުނެފާ އިސްތއުފާ ދީބަލަ... ކަލޭމެންގެ އެލަވަންސްތައް އޮތީ ކިހިނެތްބާ؟
އެހެންވީއިރު ކޯވިޑު އާއި ގުޅިގެން ސިޔާސީބޭފުޅުންގެ މުސާރަ ކުޑަކޮށްފައި ބާއްވަން ކެރުނީ ކިތައްމަހުތޯ ؟ އެފަދަ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރަ 4 މަސްފަހުން ހަމަމުސާރަދިނުމުން ދޭހަވަނީ އިގުތިސާދު ރަގަޅުވިކަމުގެ ހެޔޮފާލު . ސިޔާސީބޭފުޅުން އުޅުއްވާނީ ސިޔާސަތު ހެދުމަށް އަވަދިނެތި. ކޮންމެ ސަރުކާރެއްގެވެސް އިންޖީނަކީ ސިވިލުސާވަންޓްކަން ހަދާންކޮށްބަލަ . އެކުދިން ކުރާމަސައްކަތެއްގެ ސަބަބުން ރައްޔިތުންނަށް ދެވޭ ހިދުމަތް މެދުނެކެޑި ދެވެމުންމިދަނީ. މިކުދިން ކެއްގަދަ ކަހާތަން ހިރުވާވެސްނުލާދޯ ؟ ކޮންމެފަހަރަކު ކަތިލާ ކަންބަޅިއަކަށްް ސިވިލުސާވަންޓުން ހެދުމުން ގޯސް . މިކުދިން ކެއްގަދަ ކަހާތަން ހިރުވާވެސްނުލާދޯ
ވޯޓް ބޯމަތި ވީމައި ދޭ ގޮތަށް ނިންމީ. ދިވެހި ސިވިލް ސާވަންޓުންނަކީ މޮޔައިން ތަ.
ތިޔަ ދޮރުހުޅުވާލީ މިގައުމުގެ ބްރެއިންޑްރެއިންއަށް.. މިތާއއުޅުމުގެ ބޭނުމެއްދެންނެތް... މަޖިލިސް މެންބަރުން، އެމީހުންގގެ ދަރިން މިނިސްޓަރުން ނާއި އެމީހުން ވަގަށް ގެނެސްގެން އުޅޭ ބަންގާޅު ބޭފުޅުންނާ ގައުމު ހަވާލު....... ހިތް މިތާއޮތަސް މިތާކު އަހަރެމެންނަކަށް ކުރިމަގެއްނެތް...
ފިނޭންސް މިނިސްޓަރަކަށް ކަމުދާ މީހެއްނޫން ސިޔާސީ ކަމުން ހައްދު ފަހަނަ އަޅާފަ
ކޮމިޓީތަކަށް ދޭންވީމަ ސަރުކާރުގައި ރުފިޔާތައް އޮވޭ! ސިވިލް ސާވަންޓުނަްނަށް ދޭންވީމަ 2023
ވެރިކަން ނުހޮވިދާނެތީވެތަ؟؟؟
2023ގެ ވޯޓަށް ހާދަކަމެކޭ މި ފަސްކުރަމުންދަނީ! ފެންބިލް ، ކަރަންޓްބިލް ، މިނިމަމްވޭޖް ، ވިއްސާފޮށި ، އުނިކުރި އެލެވަންސްތައް ، މަހުގެ ހަމައަގު ، މަސްފެކްޓަރީތައް ، މަސްކަނދުފަތިތައް ، ބޮޑުމުސާރަ ، ދެން ކިޔާނޭކަމެއްނެތް! ވޯޓުހޯދުމަށްގަސްދުކޮށް ފިލިޖެހުން ހުއްޓާލާ! 2018 ގެ އިންތިޚާބަށްވީ ބޮޑަތި ވަޢުދުތައް ނުފުއްދި އަލުން 2023ގައި ހަމަ އެވަޢުދުތައް އައުކޮށް ރައްޔިތުން ވަލުވައްދަން މަސައްކަތްނުކުރުން ދެން ރަގަޅުވާނީ!
މިހާރުވެސް މަޖިލީހުގެ ބޭފުޅުން އަދި ތިޔަ އާމިރު މެންނައް އެލެވެންސް އެއް އިތުރު ކުރަންވެއްޖާ ވަގުތުން ވާނެކަންވެސް ބުނެލިނަމަ ފުރިހަމަވީސް.
ޔޫއެން ގައި ރައީސް ތަގުރީރު ދިން ދުވަހު އެކަން ނޫސްތަކުގައި އިސްތިހާރު ކުރަން ލައްކަ ލައްކައިން ނޫސްތަކަށް ދޭނެ ފައިސާ ހުރި ޝާހިދުގެ ކެމްޕޭނަށް މިލިއަނުން ޚަރަދު ކުރާނެ ފައިސާ ހުރި ކުއްލިއަކަށް އަންހުންގެ ކޮމެޓީ ތަކުގެ މުސާރަ ބޮޑު ކުރަންވީމާ ފައިސާ ހުރޭ ރައީސް އަށް ފެނުނީމާ އެބަޮޑު ކޮށްލީ ކޮބައިތަ ބޮޑު މުސާރަ ނަގާ ޕޭ ކޮމިޝަން މަރުވީތަ ބުދަ ދުވަސް ނާންނަނީތަ ދެއުޅު އެންނުވާ ކަންކަން ކުރަން ނޭނގޭ މީހުން ގައުމާ ހަވާލުވީމާ ވާނެ ގޮތް މިވަނީ ......
ކޮބައިހޭ ކުލަ ޔެލޯ އިސްކަންދަރު ޓީޗަރުން ފަޒުނާ މެޑަމްގެ ގާތް ކުދިން
ތިހެން ބުނެގެން ވޯޓެއް ނުގަނެވޭނެ
ހަނދާން ނައްތާލާ
ކަލޭ ކައިރި ބުނަންތަ ނިކަން ތާހިރު ވާހަކައެއް އަމީރު؟ 2023 ގެ އިންތިހާބަށް އެއްލާ އެމެއްގެ ގޮތުގައި ކަޑަ ޖަހާ އުސޫލުން ތިކަދައްކާ ވާހަކަ މިޒަމާނަކު ނުހިގާނެ. މަނީ ހެއިސްޓު ގްރޫޕްގެ އެންމެ ވަރުގަދަ ތަނބު މި އަމީރު މީ. މިމީހުން އެކި ޕްރޮޖެކްޓުތަކުން ނަގާ ކަޓާ އަމިއްލަ ޖީބަށް އަޅާފައި އެއްޗެއް ބާކީ ނުވާތީ ތިއުޅެނީ ތިކަން ނުވެގެން. މިގައުމަކީ އެތައް ލައްކަ ޓުވަރިސްޓުންނެއް އަންނަ ގައުމެއް. އެތައް ބޮޑު އަދަދަކުން ވިޔަފާރިވެރިން އެބަ ސަރުކާޜަށް ޓެކްސް ދައްކާ. އޭގެން ނުކުރެވޭނެ ކަމެއް މަދުވާނެ. މިޒަމާނުގައި އެވަރު ނޭގޭ ސެކަންޑަރީގައި ކިޔަވާ ކުއްޖަކުވެސް މަދުވާނެ. އަނެއްކާ ކޮބާ ގައުމުތަކުން މިލިއަނުން ބިލިއަނުން ދިންހާ ފައިސާގެ ހިލޭ އެހީތައް ކޮވިޑަށް؟ އެއަށް ކުރީ ކޮންކަމެއް؟ ބުނަން ރަނގަޅު ވާހަކައެއް. ތިހެން ކަޑަ ޖަހާ ޕްލޭން ހާމަކޮށްގެން ސިވިލް ސާވެންޓުންގެ ވޯޓެއް ނުލިބޭނެ. ކަލޭމެން ކޮންމެ ފަހަރަކު ތިހެނޭ ތިހަދަނީ.
މީރިޔާސީއިންތިޚާބައް އަނެއްކާ ވޯޓުހޯދަން ޖަހާމަޅިއެއް
ތާކުންތާކު ޖެހޭ ވާހަކައެއް ދައްކަބަލަ! ސިޔާސީ މަޤާމުތަކަށާއި ކެމްޕޭނުތަކަށް ޚަރަދު ކުރާނެ ލާރި އެބަހުރި! މަސްއޫލިއްޔަތު އަދާކުރަން ނޭނގެންޏާ ވަޒީފާ ދޫކޮށްލާފައި ގެއަށް ދޭބަލަ! ޢިލްމެއް ހުނަރެއް ޢިލްމެއް ތަޖުރިބާ އެއް ނެތް މީހެއް ތީ. ކޮއްކޯ އަމީރޫ ނުވާނެ ތިކަމެއް.
މިކަންކަން އިސްލާހު ކުރެވި ރައްޔަތުންނަށް އުފާފާގަތިކަން ގެނެވޭނީ 2023 ގައި ރައީސް ޔާމީނު ދިވެހިރާއްޖޭގެ ރައީސްކަމަށް އަނެއްކާ ވެސް ގެނެސްގެން. އެދުވަހަކުނ އައްޑޫ ހޮސްޕިޓަލްގެ ކަންތައްތައް ވެސް އެމަނިކުފާނު ކުރިން ވެސް ޕްލޭން ކުރެއްވިގޮތަށް ސަރަހައްދުގެ އެންމެ ރަނގަޅ ުއެއް ހޮސްޕިޓަލަކަށް ބަދަލުވެގެންދާނެ.
ކޮބާ.. ވޯޓުލީމީހުންނައް އެއޮތީ ރީތިލަގާއެއްދީފަ.. އަދިވެސް ވޯޓުދޭތި..
ޙުރިހާކަމެއްވެސް ސިވިލް ސާރވަންޓުންނަށް އެހެން ދާއިރާތަކުގެ މީހުންނަށް ބޮޑުު މުސާރައާއި ބޮޑު އެލަވަންސްތަކާއި މަޤާމުގެ ކުރިއެރުންތައް މީވެސް ހަމަ އިންސާފުބާ...ސިވިލް ސާރވިސް ކޮމިޝަންގެ އިސްވެރިން ލަދު ނުގަންނަކަން
2023 އަށް ޗިޕްޖެހުން. މޑޕ މީހުންނަށް މިވަރެއް ނެތް
ަ×އެލަވަންސް ތައް ކަނޑާލީ އެކަމަކު ދަރަނި ނަގައިގެން ދަވްލަތަށް ބޭނުންނުވާ ގިނަބަޔަކަށް ވަޒީފާދީ މުސާރަދެމުން ގެންދާކަމަށް ތުހުމަތު ކުރެވޭ . އަދި ދަވްލަތުގެ ނަމުގާ ބޭންކެއް އުފައދާ އެ ބޭންކުގެތެރޭން ދަވްލަތުގެ އާމްދނީން ބަޔަކަށް ފައިދާ ހޯދާދެމުންދާކަމަށް ތުހުމަތު ކުރެވޭ އަދި ވަޒީފާ ގެއްލުނު ފަރާތްތަކަށް ދޭ އެހީގެ ފައިސާގެ ގޮތުގާ ވެސް ގިނަބަޔަކަށް ފައިސާ ބަހަމުންދާކަމަށް ތުހުމަތު ކުރެވޭ. މިހުރިހާކަމަކީ 2023 ގެ ކެމްޕޭނު ކަމަށް ތުހުމަތު ކުރެވޭ އިރު 2023 ގަ އެލވަންސް އިއާފދަ ކުރަން ބުނުމުން އެހެންކަމެއްވެސް ހަނދާންވެއްޖެ 2018 ގެ ކެމްޕެނުގަ ވިދާޅުވި ޑިޕޮލޮމައާއި ފަސްޓް ދީގްރީއަށް ހިލޭ ކުޔަވަދޭވާކަ އެއީ 2008 ގަ ނަސިދު އެމްޑީޕީ ވެރިކަމާ ހަވާލުވި އިރު މިހާރު ކޮލެޖްޖްގަ ހުރި ފެކަލްޓީ ތަކަކީ ޑިޕޮލޮމައާއި ޑިގްރީ އަށް ހިލ ޭކިޔަވައިދެމުންއައިތަންތަން. ނަސިދު ވަނީ މިތަންތަނުގަ ހިލޭ ކިޔަވައިދިނުން ހުއްޓަލައްވާފަ އަދި މީގެ އިތުރުން ރާއްޖެއާއި ރާއްޖޭންބޭރުގަ ކިޔަވެދެމުންދާ ހުރިހާފަރާތަކަށް ސަރުކާރުން ދެމުންއައި ޕޮކެޓް މަނީ ވެސް ނަސިދުގެ ވެރިކަމުގަ ވަނީ ހުއްޓާލާފަ. އެފައިސާ އިއާދަކުރީ ޔާމީނުގެވެރިކަމުގަ. އެމްޑިޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު މިގައުމުގެ މުވައްޒަފުންނަށް ދެވޭ ގެއްލުންތަކުގެ ސަބަބުން މުވައްޒަފުންގެ ކުރިމަތީގަ ދަވްލަތުގެ ގަދަރު ކުޑަވެގެން އެބްދޭ.
އެއްކަލަ މިސަރުކާރުގެ މަނީ ހެއިސްޓު ގޭންގުގެ ފައިނޭންސް ހެޑް ދޯ މީނީ. މިބައިގަނޑު ރައްޔިތުން ވޯޓުން ބޭރުނުކޮށް އަނެއްކާ އަނެއް އެމްއެމްޕީއާރުސީގެ ވަބާ މީގެ އަހަރުތަކެއް ފަހުން ފެންމަތިވާނެ. މި މީހުން ވައްކަން ކުރަނީ ނިކަން ފޮރުވިގެން ތިބެ. އެވަރުންވެސް މިމީހުންގެ ނުފޫޒާ ވައްކަމާ އެބަ ފަޅާ އަރާ. އެންމެ ފަހުން އެކަން އެފެނުނީ އެމްޑީޕީގެ ގައުމީ މަޖްލިސް އިންތިހާބުގައި އިހަށް ދުވަހު. ރައްޔިތުންނޭ ނިކަން ހޭލާ ތިބޭ. މި ހަމަ ގިލަންވެރިކަމެއް
ސިވިލްސާވަންޓުންނަކީ އެމްޑީޕީން ހަދާނެ އެއްޗެއް ހަދަން ތިބޭ ބައެއްދޯ. ކުރިން ވެރިކަން ލިބުނީމަވެސް ސިވިލް ސާވަންޓުންގެ މުސާރައން ބޮޑު ބައެއް ހިފަހައްޓާފަ ނުވެސް ދޭނަމޭ ބުނީ. މިފަހަރު މިބުނަނީ 2023 އޭ. އެނގޭނެ ނުހޮވޭނެކަން. އަނެއްކާވެސް ދެން އަންނަ ބަޔަކު އެލާރިވެސް ދޭންޖެހޭނީ.