ދިވެހިންނަށް ހިލޭ ބޭސްފަރުވާ ދެވޭ ގޮތަށް ގާއިމްކޮށްފައިވާ އާސަންދަ ނިޒާމަކީ "ޣައިރު ދުސްތޫރީ ނިޒާމެއް" ކަމަށާއި އާސަންދަގެ ޚިދުމަތް ކަނޑާލަން ޖެހޭ ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް ހުށަހެޅުއްވި އަމިއްލަ ފަރުދުންގެ ވިޔަފާރިގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ޖާބިރު މިއަދު ވިދާޅުވީ ރާއްޖޭގައި މިހާރު ކުރަމުންދާ ހުރިހާ މަސައްކަތެއް ކުރަމުން ދަނީ ބިދޭސީން ކަމަށެވެ.
ޖާބިރު ވިދާޅުވީ، އެ ގޮތަށް އެހެން ދިމާވަނީ ހުރިހާ ޚިދުމަތެއް ހިލޭ ލިބޭ ގޮތަށް ހެދުމުން ދިވެހިން މާ ބޮޑަށް މުއްސަނދިވެގެން ކަމަށެވެ. އޭގެ އެއް މިސާލެއްގެ ގޮތުގައި ޖާބިރު ފާހަގަ ކުރެއްވީ ވެސް އާސަންދަ ޚިދުމަތެވެ. އަދި އެ ޚިދުމަތް ކަނޑާލަން ޖާބިރު ގޮވާލެއްވިއެވެ.
"ދިވެހިން މިހާރު މާ މުއްސަނދި ވީއޭ، އާސަންދަ [ބޭސްފަރުވާ] ހިލޭ ދޭތީ، އެއީއޭ އެމްޑީޕީން ކުރި ޣައިރު ދުސްތޫރީ ކަމަކީ، އާސަންދަ ކަނޑާލާށޭ، ދިވެހިން މަސައްކަތަށް ނިކުންނާށޭ،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ދިވެހި ވިޔަފާވެރިންނަށް ފުރުސަތެއް ނެތް ކަމަށެވެ. އެމެރިކާއިން މިސާލު ނަންގަވައި ޖާބިރު ވިދާޅުވީ އެ ގައުމުގެ ބޮޑެތި ވިޔަފާރިވެރިންނަކީ ސިޔާސީ ބޭފުޅުން ނޫން ކަމަށެވެ. އެކަމަކު ރާއްޖޭގައި ވިޔަފާރި ފުޅާ ކުރަން ބޭނުން ނަމަ، ސަރުކާރު ކެބިނެޓުން ވަޒީފާއެއް ހޯދަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
މަޖިލިސް މެންބަރުންގެ މުސާރަ ކުޑަ ކުރަން އެދުނު ނަމަ މާ ރީތި ވީސް ކަންނޭގެ... ކަލޭ މެން ބޭކާރު އަގަ ތަޅުވަން ތިތިބެނީ ރަޔިތުން ބުރަ މަސައްކަތް ކޮއްގެން ހޯދާ ލާރި ކައިގެން ..
މަޖިލިސް މެންބަރުންގެ މުސާރަ ކުޑަ ކުރަން އެދުނު ނަމަ މާ ރީތި ވީސް ކަންނޭގެ... ކަލޭ މެން ބޭކާރު އަގަ ތަޅުވަން ތިތިބެނީ ރަޔިތުން ބުރަ މަސައްކަތް ކޮއްގެން ހޯދާ ލާރި ކައިގެން ..
މަޖިލިސް އުވާލަންފެނޭ ދައުލަތުގެ ބޮޑުބައެއް ބޭކާރު ގޮތުގަ ހަރަދުވާ ތަނެއްގެ ގޮތުގަ މަޖިލިސް ސިފަވަނީ އަދި ޖާބިރު ލާރިހޯދަނީ ހަލާލު ގޮތުގަތޯވެސް ބަލާ ސާފުކުރަން އެބަޖެހޭ.
މީނާ ފަޅުރަށަކަށް އަރުވާލާފައި ބަހައްޓަންއެބަޖެހޭ! މިއީ މުޖުތަމަޢަށްހުރި ނުރައްކަލެއް!
ކިހާބޮޑު މުސީބާތެއް ! ކަލޭގެ ގެގަޑު އަތުލީމަ އެކަމުގެ ރޯޅި ބާލަންވީ ރައްޔިތުން ނަށްތަ ؟ ކަލޭތީ ހިފާހައްޔަރު ކުރާހިސާބަށް ގޮސްފަ ހުރި ބޯހަމަ ނުޖެހޭ މޮޔައެއް ! މިވަރުގެ މީހުން ރައްޔިތުންގެ މަޖްލީހަށްވެސް ވައްދާނެ ކަމެއް ނެތް !
މިހާރު ތިދޭ ގޮތަށް އާސަންދަ ދޭނެ ކަމެއްނެތް. ކްލިނިކަކުން ޑޮކްޓަރަށް ދައްކަން އާސަންދައިން ދެނީ 100 ރުފިޔާ. އަމިއްލަ ޖީބުން 350 ރުފިޔާ. މިވަރު ތަންކޮޅެއް ބޮޑު. އާސަންދައިން ދޭ ޢަދަދު އިތުރުކޮށްލަންޖެހޭ.
މި ޖާބިރު ފަންޑިތަވެރިޔަކަށް ދައްކަން ތި މަޖިލީހުން ބިލެއް ފާސްކޮށްދީބަލަ!
ފަންޑިތަވެރިޔަކައް ދައްކާކަށެއްނުޖެހޭ.. ކޮއްފަހުރި ޖިނާއީ ކުށްތައް ޝަރީއަތައް ގެންގޮސް ތަހުގީގުކޮއް ޖަލައްލާންވީ.
ތާއީދު! ތިޔައީ ވައްކަން ކުރަން އުފައްދާފައިވާ ކުންފުންޏެއް!
ކޮބާ ކާށިދޫ ރައްޔިތުން މީނާ މިދައްކާ ކޮހާ ވިދިގެން ދެކެނީ ކިހިނެތް. އަދިވެސް ރައްޔިތުންނައް ދުއްޕާންކުރަން ކޮންމެވެސް ސިކުނޑިހަމަނުޖެހޭ ބުރާންތިއަކައް ވޯޓުދޭތި.
ޖާބަރު އަށް ހާދަ ކަމެއްނެގޭ. އާސަންދަ ގައިރު ދުސްތޫރީ ވާނަމަ ޖާބިރުގެ ވިޔަފާރި ކުންފުނި ވެސް ގައިރު ދުސްތޫރީ ވާނެ .އާސަންދަ އަކީ ދިވެހި ދަވްލަތުން އުފައްދާފައިވާ 100% ދަވްލަތުގެ ހިއްސާ ހިމެނޭ ކުންފުންނެއް . އެކުންފުނި ހިންގަން ހަވާލުކުރެވިފައިވަނީ އެލައިޑް އިންސޫރަންސް ކުނަފުންޏާއި. ދަވްލަތުން ދޭންޖެހޭނީ އެލައިޑް ން ސަރުކާރަށް ބިލްކުރުމުން ބިލަށް ފައިސާ ދެއްކުން .ޖާބިރު ހީކުރައވަފާނެ އެއީ ނަސީދު ވިއްކަވާ ނެންގެވި ދަރަނީ ޓީ ބިލްކަމަށް އެއީޓީ ބިލެއްނޫން އެއީ ދިވެހިރައްޔިތުންނަށް އެލައިޑް އިންސުރަންސް އިން ބޭސްފަރުވާކޮށްދީފަ ހިގި ހަރަދަށް ކުރެވޭ ބިލް. ވީމާ ޖާބިރު 2023 ގަ ވެރިކަމަށް ފައިނަންގަވާއިރު ހަމަޖެހޭ ވާހަކަފުޅުދެއްކެވުމުންމެނުވީ ރައްޔިތުން ބަލައިނުގަންނާނެ.
އަސްލު ހަގީގަތުގަ މިދާއިރާގެ ހަގީގީ މެމްބަރ މަމްދޫހާ ހުރި ނަމަ އެމޑީޕި ކީއްކުރަންތޯ މުޅި ރާއްޖެއަށް ފައިދާ ކުރާނެ.ކީއްކުރާނީ ވަރަށް ނަސީބުދެރަ
ކޭބަލް ކާރު ދުއްވުންގަނޑު ކިހިނެއް ވަނީ.....؟
ބަރާބަރު ވާހަކަ އެއް ތިބުނީ ޖާއްކޮ