މި ވަގުތު ޖަލުގައި ތިބި ސީޔާސީ ލީޑަރުން ގޭ ބަންދަށް ބަދަލުކުރުމުން މަޝްވަރާ އަށް ދިއުމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު މަހުލޫފު ގޮވާލައްވައިފި އެވެ.

މަހުލޫފު ކުރެއްވި ޓުވީޓެއްގައި މަހްލޫފު ވިދާޅުވީ އެމްޑީޕީފެ ރިޔާސީ ކެންޑިޑޭޓް އިބޫ ޝަރުތު ފުރިހަމަވާ ކަން އޯލްޕާޓީގެ ޓޯކްސްގެ ޗެއަރ ޑރ. މުހައްމަދު ޝައިނީ އަށް ގަބޫލުފުޅު ކުރެއްވުމުން އުފާކުރައްވާ ކަމަށާއި އަދި ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ލީޑަރުން ވަރަށް ބޮޑެތި ގުރުބާނީ ތަކެއް ވެވަޑައިގަންނަވައިފި ކަމަށާއި، ސަރުކާރުގެ އެއްބާރުލުން ދައްކާ ޖަލުގައި ތިއްބެވި އިދިކޮޅު ލީޑަރުން ގޭ ބަންދައް ބަދަލުކުރުމަށް ފަހު މަޝްވަރާއަށް ދާންވީ ކަމަށެވެ.

" ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އިންތިހާބުގެ ކުރިންނާއި ފަހުން ކަންކުރާނެ ގޮތްތަކާ މެދު އެއްބަސްވުމަކަށް އަންނަން ޖެހޭނެ " މަހުލޫފު ވިދާޅުވި އެވެ.

މަހުލޫފު މިހެން ވިދާޅުވެފައި ވަނީ، އިއްޔެ ބޭއްވުނު އެމްޑީޕީގެ ކޮންގްރެސް އިން ހޮވުނު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އަކީ ޝަރުތު ހަމަވާ ކެންޑިޑޭޓެއް ކަމަށް ބުނެ ސަރުކާރުން މަޝްވަރާ އަށް ގޮވާލުމުންނެވެ.

ޝައިނީ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބަށް ޝަރުތުތައް ހަމަވާ ކެންޑިޑޭޓެއްގެ ގޮތުން އެމްޑީޕީގެ ކޮންގްރެސްއިން، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިބޫ ނެރުމަށް ނިންމި ނިންމުމަކީ ސިޔާސީ ހަމަޖެހުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ރިޔާސީ ކެމްޕޭން ފަށައިގަންނަންވީ ވަގުތު ކަމަށް ވެސް ޝައިނީ ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް އިބޫ އަށް ދިނުމާއި ގުޅިގެން އޯލް ޕާޓީ ޓޯކްސްގެ ޗެއަރ ޝައިނީ ވިދާޅުވެފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އިބޫ ހަމަޖެއްސުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓު އިބޫ އަށް ދީފައިވަނީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ކުރިން ވާދަކުރަން ނިންމެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުގައި ވާދަނުކުރައްވަން ނިންމެވުމާ ގުޅިގެންނެވެ.

މި ނިންމުން ނިންމާފައިވަނީ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެ ކަމުގެ ކަންބޮޑުވުމަށް އިޖާބަ ދެއްވުމުގެ ގޮތުން ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބޯކުޑޭ

    ބަލަ މަހުލޫފާއި ކޮންކަމެއް.. އިބޫ މިކަމާ ވާހަކަ ދައްކަން ހުރިމީހަކީ

  2. ސުނީތާ

    ލީޑަރުންޖެހޭނީ ކުޑަކަކޫޖަހަން ކަލެއައްއެގޭތަ ދެންއޮޅާލާ

  3. ޔޮޕް

    ޢާނ އޭރުން ކަލެޔަ ބިޑިކާ ކާރި އޮވެވޭނެ ދޯ ބޮލުގެ އެއްޗެދޯ ހީހީހީ ހާހާހާ

  4. ޒާ

    މަހުލޫފަށް ކޮށްކަމެއް. ތީ ލީޑަރެއް ނޫނެއްނު.

  5. އާބިދާ

    ކަލޭ އަރުވާޖަހާލައިގެން މިސަރުކާރު ގޯސްވެގެން ތިއުޅެނީ ބޭނުންވާ ކުއްވެރިޔަކު ދޫނުކުރެވިގެންކަން އެގޭ، އެކަމަކު މަށަކަށް ހިޔެއްނުވޭ ތިކަން ތިގޮތަށް ކަލެއަށް / ކަލޭމެންނަށް ކާމިޔާބު ހެނެއް، ކަލޭ ކިތަންމެ ފުއްޕިޔަސް ޤައުމަކާ ނުކުޅެވޭނެ

  6. ހުސޭނުބޭ

    މީ އަނެއްކާ ކޮންކަހަލަ ލީޑަރެއް! ތަވީދުއެޅި ލީޑަރެއްތަ؟