ނޫސްވެރިކަމުގެ މިނިވަންކަމަަކީ ރާއްޖޭގައި އަބަދުވެސް އެންމެ ފުރަތަމަ އިސްކަންދޭން ޖެހޭނެ ކަންކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުގައި ނޫސްވެރިން ބޭނުންކުރާ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރުކުރެވޭ ގޮތަށް އޮތް މާއްދާއާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ނަޝީދު ވިދާޅުވީ، ހެއްކާ ބެހޭ ބިލުގައި މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ހިމަނާފައިވަނީ އޮސްޓްރޭލިއާގައި އަމަލުކުރާ އުސޫލަށް ރިއާޔަތްކޮށްފައި ކަމަށެވެ. ނަމަަވެސް އެ މާއްދާ އިސްލާހު ކުރެވިދާނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ދެކެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެ ބިލް މަޖިލީހަށް ހުށަހަޅާފައި ވަނީ، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީއެވެ. އޭނާ ހުށަހަޅުއްވާފައިވާ ބިލުގައި ބޭނުމެއް ކަމަށް ބުނެފައިވަނީ 1976 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ހެއްކާބެހޭ ގާނޫނަކީ ޒަމާނާ ނުބައްދަލު ގާނޫނެއް ކަމަށްވާތީ، އޭގެ ބަދަލުގައި ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް، ހެއްކާބެހޭ ތަފްސީލީ ގާނޫނީ އޮނިގަނޑެއް ތައާރަފްކުރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އައްނި

    މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ހެކިންނާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ދައުލަތުން ވިދާޅުވީ މި ހެކިވެރިންނަކީ ވެސް ޒިޔާދުއާ ގާތް ގުޅުމެއް އޮންނަ ދެ ބޭފުޅުން ކަމަށެވެ. އެހެންވެ ހެކި ބަސް ދޭނީ ޒިޔާދުއާ އެއްކޮޅަށް ކަން ޔަގީން ކަމަށާއި އެ ބަލައިގަނެގެން ނުވާނެ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

  2. ޙުސޭނު

    ނަޝީދު މިހެން ވިދާޅުވީ، ކީއްކުރަން މީނަ މިކަމާވެސް ބެހިގަތީ ދޯ...

  3. Anonymous

    ކުލުނެއް ހުރި ނަމަ ވަޒަނުގެ މައްޗަށް
    ޚުލްޤުގެ ހެޔޮކަން ދައްކާށޭ....ދެން ލަލަލާ

  4. Anonymous

    ދިވެހި ގައުމުގެ ހަލާކު ކެނެރީ.

  5. ރަޝީދު

    އަސްލު ނަޝީދުވެސް އަޑީގަ ހުރެގެން މިކަހަލަ ބިލު މިހުށަހަޅަނި. ދެން ހުށަހެޅީމަ ރައްޔިތުން އެކަމާ ނުރުހުންވެ އެއްޗެހިކިޔަން ފެށީމަ، ނަޝީދު އޭގެން ރެކެން މިބުނަނީ މިހެންނޭ އެހެންނޭ. އަސްލު މިކުރާކަމަކީ ހަޖަމުނުވީމަ ދެން އަޑިއަޑިން ނޫސްވެރިކަން ހުއްޓުވަން މިމަސައްކަތް މިކުރަނީ