މި ސަރުކާރުގެ ބައިވެރިންނަށް އެންމެ ބުއްދިވެރި ގޮތަކީ އަވަހަށް ފޮށިތަންމަތި ބަނދެގެން ފުރަން ތައްޔާރުވުންކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާ ޕާޓީތަކުގެ ކެންޑިޑޭޓެއްގެ ގޮތުގައި އިބްރާހިމް މުހައްމަދު ސާލިހް ހަމަޖެއްސުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ކިޔާ ކުރެއްވި ޓްވީޓެއްގައެވެ.

މިޓުވީޓްގައި ޖަމީލް ވަނީ ޖަމީލް ވަނީ އިބްރާހިމް މުހައްމަދު ސާލިހު އެމްޑީޕީގެ އަދި ކޯލިޝަންގެ ކެންޑިޑޭޓަށްވުމުން ވަރަށް ހޫނު މަރުހަބާއެއް ކިޔާކަމަށް ވިދާޅުވެފައެވެ.

"ރިޔާސީ އިންތިޚާބު ކޯލިޝަން ކާމިޔާބުކުރާނެ, އެންމެ ބުއްދިވެރި ގޮތަކީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ބައިވެރިން, އަވަހަށް ފޮށިތަންމަތި ބަނދެގެން ފުރަން ތައްޔާރުވުން" ޖަމީލް ވިދާޅުވިއެވެ.

ޖަމީލު މިހެން ވިދާޅުވެފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓޭއްގެ ގޮތުގައި ހަމަޖައްސާފައިވާ ގުޅިފައިވާ ސިޔާސީ ޕާޓީތައް ތަމްސީލްކުރައްވާނެ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސާލިހަށް ސަރުކާރުން ވަނީ މަރުހަބާ ކިޔައި މަޝްވަރާއަށް ދައުވަތު ދީފައެވެ.

ސަރުކާރުން ނެރުނު ބަޔާނެއްގައި ވަނީ މަޝްވަރާތަކުގެ ދޮރު އަދިވެސް ވަނީ ހުޅުވާލެވިފައިކަމަށާ މަޝްވަރާތައް ކުރިއަށްދިއުމަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް މަގުފަހިކުރުމަށް ވަަރަށް މުހިންމު ކަމެއްކަމަށެވެ. ސަރުކާރުގެ އުންމީދަކީ ސުލްހަވެރި، އަމާން އިންތިހާބަކަށްޓަކައި ހުރިހާ ޕާޓީތަކެއް އެއް މޭޒަކަށް އައިސް ގައުމީ މަސްލަހަތު އިސްކޮށް ކަންކަން ހައްލުކުރުމަށް މަސައްކަތްކުރުންކަމަށެވެ.

ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީގެ އިތުރަށް އަދާލަތު ޕާޓީއާއި ރައީސް މައުމޫނަށް ތާއީދުކުރާ ފަރާތްތަކުން ގުޅިގެން ވާދަކުރުމަށް ނިންމާ، އެމްޑީޕީގެ ކެންޑިޑޭޓަކާއި، ޖުމްހޫރީ ޕާޓީގެ ރަނިން މޭޓަކު ނެރުމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ޕާޓީތަކުން ވަނީ އެއްބަސްވެެފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޙުސެން

    ކަލެއަށް ހީވަނީ އެންމެން އުޅޭނީ ކަލޭ އުޅޭހެންނޭ ދޯ

  2. ޢަފުން

    ޖަމަލު ފޮޑީގެ އަޑު ވަރަށް ގަދަވާނެ . ޢެދާނީ ހަމަވަޔަށް .

  3. ކައްޕި

    އަހަރެމެންމިތިބީ ބަނދެގެން. ނޭވާހޮޅިޔަށް އެޅިގެން މިހެން ތިއްބާ ދެން މަރުވެދާނެ

  4. ބޮނޑިބަތް

    ބަލަ މޮޔަޔާ ކަލޭމެން ތަންތަނަށް ފުރަފުރައިގެން ދިޔައަކަސް ބަަޔަކު ނޫޅެޔޭ މޮޔަވެގެނެއް. މީ ކޮންތާކު ބޯބުރާންޗެއްތަ އަޅެފަހެ.

  5. ނިޔާޒު

    ހަރުން ނުކުމެ ގާސިމް ލާރި ކޮޅެއްދިނީމާ ޓްވީޓެއްކޮއްލީ

  6. ނަޒޫ

    މީދެން ކާކު ބޮޑު ބޮނޑިބަތްގަނޑެއް އަނގަ ފުޅާކުރަން

  7. ފާއިޒް

    ކަލޭހުރޭ ފޮށި ތަންމަތި ބަނދެގެން

  8. އަހުމަދު

    ތަންމަތި ބަދެގެން ދިޔައީ ކޮން ބައެއް؟

  9. ފާޠިމަ

    އޭރުންސަރުކާރު ކަހައި ހުސްކޮށްލައިގެންދާނީ

  10. އެކުވެރިޔާ

    ޖަމީލު ކަލޭވެސް ފޮށިތަންމަތި އަވަހަށް ބަނދޭ އިތުރު 5 އަހަރު އިނގިރޭސި ވިލާތުގެ ފާދިރީން ކައިރީގަ އުޅުމަށް. ޥަރަށްސަލާމް ސޮނިބެއްޔާއށް.

  11. އާބިދާ

    ފޮށިތަންމަތި ބަދެގެން ދާންޖެހޭ މީހުން ތިތިބީ ގޮސް، ދެން އަނގަނާރުވާ ތިބޭ

  12. އާލު

    ބަލަ ބޮނޑިބަތާ! ކަލޯމެން ބިރުން ތަންތަނަށް ފުރަފުރައިގެން ދިޔައަކަސް ބަަޔަކު ނޫޅެޔޭ މޮޔަވެގެނެއް... އަޅެފަހެ! މީ ކާކު ޖަހާފައި ހުރި ސަކަރާތް ގަނޑެއްބާ އޭ ހިތަށް އަރާ!

  13. ރައްޔިތުން

    އެމީހުން ފުރަން ޓިކެޓް ނަގަން ދިއުމުން އެމީހުންނަށް ޓިކެޓް ނުދީ ޕާސްޕޯރޓްތައް ހިފަހައްޓަފާނެ ކަމަށް ޖަމީލު ހީކުރީތަ؟؟؟

  14. ދިވެއްސެއް

    ޖަމީލު ކަލެޔަށް އެންމެ ބުއްދިވެރި ގޮތަކީ އަނގަ މަޑުންލައިގެން ހުރުން. ކަލޭ ޓުވީޓު ކުރާގޮތަށް މިސަރުކާރަށް ތާއީދު ކުރާމީހުންނަށްވެސް ޓުވިޓް ކުރެވޭނެ. އަދި ކަލެޔާ ދޭތެރޭ ދެކޭގޮތްވެސް ޓުވިޓްކޮށް ދުނިޔޭގެ ބޮޑެތި ނޫސްތަކަށާއި ޖަމިއްޔާތަކަށް ޓެގްކުރެވޭނޭ. ވަރަށް ވާހަކަ މިބުނީ.

  15. އަހަންމާބެ

    އަމިއްލަ ގައުމަށް ނާދެވިގެން އުޅޭއިރު އެހެންމީހުންނަށް މިކަހަލަ އިންޒާރުތައް ދިނުމީ މޮޔައިންގެ ސިފައެއް.