އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ޖަމާކޮށް އެކި ފަރާތްތަކަށް އެ ފައިސާ ބެހި އެސްއޯއެފްއަށް ދައުވާ ކުރާނެ ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރަން އެއްވެސް އިރެއްގައި ނިންމާފައި ނުވާ ކަމަށެވެ. އެކަމަކު ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރާ ޓްރާންސެކްޝަނާ ގުޅިގެން އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރާނެ ކަމަށް ޝަރީއަތުގައި ޕީޖީން ދަންނަވާފައި ވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި މައްސަލައިގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެގެން ނޮވެމްބަރު 28، 2019 ގައެވެ. ކްރިމިނަލް ކޯޓުގެ އެ ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފައެވެ.

މި ހުކުމް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، އެ މައްސަލައިގެ އަޑުއެހުންތައް ކޯޓުގައި ވަނީ ފަށައިފައެވެ.

ޕީޖީގެ އޮފިޝަލް ވިދާޅުވީ އެ ޝަރީއަތުގައި ހިނގަމުންދާ މައްސަލައާ ގުޅިގެން އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރި ކަމުގައި ވިޔަސް، އެމްއެމްޕީއާރުސީއާ ގުޅުން ހުރި އެހެން މައްސަލަތަކުގައި އެކަށީގެންވާ ހެކި ހުރެއްޖެ ނަމަ، އެސްއޯއެފްއާ ދެކޮޅަށް ވެސް ދައުވާ ކުރާނެ ކަމަށެވެ. މިއީ ޕީޖީގެ މަގާމާ ހުސެއިން ޝަމީމް ހަވާލުވެވަޑައިގަތުމުގެ ކުރިން ނިންމާފައި އޮތް ނިންމުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިއިރު އެ ކޯޓުގައި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރުއެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ.ފުއްގުރި ދޫކުރި މުއާމަލާތުގެ މައްސަލާގައި އުފުލާފައިވާ ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރުމުގެ ދައުވާއެވެ. މި ޝަރީއަތް މިހާރު އޮތީ ހެކި ބަސް ނެގުމުގެ މަރުހަލާގައެވެ. މި ޝަރީއަތުގައި ވެސް ޔާމީން ވަނީ އަދީބާއި ޒިޔަތުގެ ހެކި ބަސް ބަލައިނުގަންނަން އެދިފައެވެ.

ވ. އާރަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ވެސް ލޯންޑަ ކުރި ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވިއެވެ. އެހެންވިޔަސް އިތުރަށް ތަހުގީގު ކުރަން ފުލުހަށް ފޮނުވުމުން ޔާމީން ހާޒިރުކޮށް ބަޔާން ވެސް ނަގަން މަސައްކަތް ކޮށްފައިވެއެވެ. އެކަމަކު ތަހުގީގު ނިމިފައިވާ މައްސަލައެއް ކަމަށް ވިދާޅުވެ ޔާމީން ވަނީ ބަޔާން ދެއްވަން ދެކޮޅު ހައްދަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. ލޮލް

    ލޮލް.

    33
    • ތަރުޖަމާނު

      އެއް އިރެއްގައި ގައުމުގެ ވެރިޔާ ދައްކާ ވާހަކަ ދިވެހިބަހުން ދިވެހިބަހަށް ތަރުޖަމާކުރާނެ ތަރުޖަމާނެއް ހުރި. އޭގެ ފަހުން ދެން ފެނުނީ ގަލޮޅުބަހުން ތަރުޖަމާކުރާ ތަރުޖަމާނެއް. ދެން މިއުފަންވީ ޝަރީޢަތުގެ މަޖިލީހުގައި ވަކީލުން ދިވެހިބަހުން ދައްކާ ވާހަކަ ދިވެހިބަހުން ތަރުޖަމާކުރާ ތަރުޖަމާނެއް. ހީކުރާކަހަލަ. ގައުމުގައި ތިބި އެންމެން މިތިބީ އަނެއް ރާއްޖޭގައި ހޮނޑާފުށީ ސަރުބަތު ބޮއިގެންނޭ.

  2. ތުރިޕުލްައެލް

    ޕީޖީ އިސްތިއުފާ ޕީޖީ އިސްތިއުފާ ޕީޖީ އިސްތިއުފާ ޕީޖީ އިސްތިއުފާ ޕީޖީ އިސްތިއުފާ ޕީޖީ އިސްތިއުފާ ޕީޖީ އިސްތިއުފާ ޕީޖީ އިސްތިއުފާ

    100
    1
  3. ވަތަނީ

    ޕީޖީ މި ހާރުން މި ހާރަށް އިސްތިއުފާ ދިނުމަށް ގޮވާލަން!
    ދައުލަތުގެ މުއައްސަސާއެއްގައި މަކަރާއި ހީލަތް އޮވެގެން
    ނުވާނެ!!!

    101
    1
    • ސަމްކުޅިބޭ

      ޕީޖީ އެބުނަނީ އޭނާގެ އަމިއްލަ ބުނުމެއްނޫން. ސަރުކާރުން އަންގާގޮތް. ސީދާ ރައީސް އޮފީހުންއަންގާ ގޮތަށް އެމްއެމްޕީއާރުސީ މައްސަލާގައި ޕީޖީ އަމަލުކުރަމުން އެގެންދަނީ. އޭނާ ވަޒީފާގައި ހުންނަން ބޭނުންވާތީ އެނޫންގޮތަކަށް ހެދޭކަށްނެތް.

  4. ކަކުނި

    އެހެންނެއް ނޫން ބުނީކީ، ލާރި ގެންދިޔަ އެންމެގެ މައުލޫމާތު ހޯދަން ވެގެން އެސްއޯއެފްއަށް ދައުވާ ނުކުރާނެ ވާހަކަ ބުނީ.

    24
    2
  5. ގަމާރު

    ޕީޖީ, ކަލޭ އެންމެ ރަނގަޅުވާނީ އިސްތިޢުފާ ދިނިއްޔާ! ސަދޫމުގެ އިންސާފަކާ މި ރާއްޖޭގެ އިންސާފާ ހުރި ތަފާތަކީ މިހާރު ކޮބާ؟

    35
  6. ލޮލް

    ޕީޖީއޮފީހުން ޕީޖީ ސަމީމަށް ދައުވާކުރަން ފޮނުވަނީ ކޮންއިރަކުންތަ؟ އަދި ޕީޖީ ސަމީމުގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަމުގެ ތަހުގީގު އޮތީ ކިހާ ހިސާބެއްގައި؟

    34
  7. ޝަރފު

    މިހާރު ޔަގީންކުރަން މި ޖެހުނީ، ފަޑިޔާރުންގެ ބެންޗުން ކުރި ސުވާލައްތޯ ޕީޖީގެ ފަރާތުން ޖަވާބުދިނީ. ކުރި ސުވާލާ ދެވުނު ޖަވާބު އަޑުއިވުނު ބަޔަކު އެބަތިބިތޯ؟

    26
  8. އަބްދޫ

    ތިޔަ މައްސަލާގަ އަޅަންޖެހޭ ފުރަތަމަ ފިޔަވަލަކީ އެސްއޮއެފް އަށް ދައުވާކުރުން. އެސްއޯއެފް އެކައުންތް އަށް އެމްއެމްޕިއަރުސީގެ ޗެކް ޖަމާވުމަކުން އެސްއޮއެފް އެކައުންޓްގާ ހުރީ އެމްއެމްޕިއާރުސީގެ ފައިސާކަން ސާބިތެއްނުވާނެ. ސަބަބަކީ ޗެކަކީވެސް ރުފިޔާފަދައިން ވިޔަފާރީގެ މުއާމަލާތްތަކުގަ ބޭނުންކުރެވޭ މަނީޓެންޑަރަކަށް ވާކަން. ވީމާ، ގާނޫނީ ފަރާތަކުން އެހެންގޮތަކަށް ސާބިތުކޮށް ކަނޑަނާޅާހިނަދަކު އެމިއެއްގެ އަމިއްލަ ނުވަތަ އެކުންފުންޏެއްގެ އެކައުންޓްގަ ހުންނާނީ އެކައުންޓް ވެރިފަރާތުގެ އަމިއްލަ ފައިސާ . ވީމާ އެކައުންޓެއްގަ ހުރި ފައިސާއިން ކުރެވޭ މުއާމަލާތަކާ ގުޅުވައިގެން އެއްވެސް މީހެއްގެ މައްޗަށް ދަވްލަތުން ދައުވާ ކުރެވެން ޖެހޭނެ ބާ؟ އެއީ އެސްއޯއެފް އިން ޗެކްހަދާ ދޫކުރާނީ އެސްއޯއެފްގެ ފައިސާ އެސްއޯއެފް އަކުން އެމްމެމް ޕިއާރުސީގެ ފައިސާ ހަރަދު ނުކުރެވޭނެތީ. އެކަން ހަމަޔަގީން.

    21
    1
  9. ފިރާްޤް

    މީ އަދި ހަމައެއް ލަމައެއްވެސްހުރި މީހެއްނޫންދޯ ހަމަ ހިތައްއެރިއެއްޗެއް ކިޔަނީތަ ނޫނީ ހިނދުކޮޅު އަންނަނީތަ ކޮންތާކުން ކޮންއެއްޗެއް ކިޔަވައިގެންތަ ކަލެޔައް ތިޔަމަޤާމްލިބުނީ ކަލޭގެ ތިޔަމަޤާމަކައް ކުފޫހަމައެއްނުވޭ އަވަހައް އިސްތިއުފާދީ

    28
    1
  10. Anonymous

    ޕީޖީ ޝަމީމު އިސްތިއުފާދީ

    59
    1
  11. Anonymous

    ކަލޯމެނަށް ކިޔޭ އެއްޗެއް އެނގޭތަ؟ ހަމައިގަތޯ ތިބެނީ ސުވާލު އުފެދޭ.

    53
  12. Anonymous

    ތި 3 މީހުނަށް ދައުވާއެއް ނުކުރާނެ. ބްރޯ ހުރީ އެވަރަށް ލާރިދީފަނު. ތި ޝަމީމަކީވެސް މމޕރސ ފައިސާ ބނޑުއޅި ގޮލައެއްނު.

    26
  13. Anonymous

    ދެން މިސަރުކާރު ނިމުމުން ގާނޫނެއް ހަދާނީ މމޕރސ ފައިސާ ބޭނުންކުރި މީހުންގެ މައްޗަށް އިސްލާމީ ޝަރީއާ ގާއިމްކުރަން. 2 ަަތާ 2 ފައި ބުރިނުކޮށް ދޫވާނެ އެކަކު މިސަރުކާރުގެ މަތިފަޑީގަ ނުތިބޭނެ.

    23
  14. ޝަމީމު ހިފާ ހައްޔަރުކުރޭ

    މިޕީޖީއަކީ 24 ގަޑިއިރު ހަމައިގަ ނުތިބޭ މީހުންގެ ތެރެއިން މީހަކާ ހާދަ ވައްތަރޭ.

    24
  15. Anonymous

    ނޫނޭ އެ 3 މީހުންވާނީ ދޫކޮށްލަން. އެމީހުން ލައްވާ އަނގަހުޅުވައިފިނަމަ މިސަރުކާރުގެ އެންމެ މަތިން ފެށިގެން މިލިއަނުން ފައިސާދިން ލިސްޓް ފުރަތަމަ ބޭރުވާނީ.

    24
  16. Anonymous

    ނުކެރޭނެ ތިމީހުންގެ ތަހުގީގުވެސް ކުރާކަށް. ސޯލިހާ، ހަމީދުއާއި ޝަމީމުގެ ނަން އެންމެ ފުރަތަމަ ބުނާނީ. ދިވެހި ރައްޔިތުންނަށް ބޮޑުމަންޒަރު ފެންނާނެ އެކަން ކުރަން އުޅެފިނަމަ. އައިޝާ ކޯޓުގަ އެބުނީ ޝަމީމު ނިންމާފަ އޮތް ގޮތް. އެމީހުންގެ މައްޗަށް ދައުވާނުކުރަން. މިސަރުކާރުން މި 3 މީހުންގެ ބަޔާންވެސް ނުނަގާނެ. ތަހުގީގު ކޮށްފިނަމަ ބަރަހަނާވާނީ މި ވެރިން.

    20
  17. Anonymous

    އެސްއޯއެފްއަކާ ނުކުޅެވޭނެ. އެމީހުންގެ އަތުގަ އެބަހުރިކަމަށްވަނީ މި ޝަމިމުއާ ސޯލިހާ މިނޫންވެސް މިސަރުކާރުގެ މަތީބއެންމެނަށް ފައިސާ ލިބުންކަން ޕްރޫވް ކޮށްފލދެވޭނެ ހެކި. އެހެންވެ ގަންނާކުރައްވާ ބިރުން އެމީހުންގެ ތަހުގީގުވެސް ކުރިއަށް ނުގެންދަނީ.

    21
  18. ކައްގަންޑު ފެޅޭ

    ތިގޮތައް ބުނަންވީ ސްޕުރިމް ކޯޓް ފަނޑިޔާރު ކުރިފުޅު މަތީ

    15
  19. ޙހހހ

    ހެހެހެހެ ނުލަފާބައެއްމީ ، ބަލަ ޔާމީން އަށް ދައުވާ ކުރީ އެސްއޯއެފް އެކައުންޓަކުން ޔާމީނަށް ފައިސާ ޖަމާކޮށްގެން ނޫންތަ ، އިންޝާﷲ ތި ނުބާ އަނިޔާވެރިންނާއި އިންސާފް ހަމަކުރާނެ ދުވަހެއް އަންނާނެ

    19
  20. ސޫއޫދު

    މިހާރުތިއުޅެނީބޭރުވީމަގޯއްޏައްލެވޭތޯ ކޯޓްގަބުނިއެތިސާފްވަރައް ރިކޯޑިންއަޑުއެހީމައެގޭނެބުނިއެތި އަދިކުރިމަތިކުރުވިސުވާލުވެސްސާފް

    16
  21. ގެދަބުޅި

    މިއީ ވާނުވާ.ކޮމް ގައި އުޅުއްވާ ޕީޖީ އެއްތަދޯ. ލަދެއްވެސް ނުގަނޭ. ގޮސްބަލަ ދެކަނޑުއޮޅިދޭތެރޭ ފަތަން ކިދިންކޮޅިގޮ ވައިގެން.ފެއިްލޑް ސްޓޭޓްގެ ޕީޖީ.

    19
  22. އައްނި

    މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ހެކިންނާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ދައުލަތުން ވިދާޅުވީ މި ހެކިވެރިންނަކީ ވެސް ޒިޔާދުއާ ގާތް ގުޅުމެއް އޮންނަ ދެ ބޭފުޅުން ކަމަށެވެ. އެހެންވެ ހެކި ބަސް ދޭނީ ޒިޔާދުއާ އެއްކޮޅަށް ކަން ޔަގީން ކަމަށާއި އެ ބަލައިގަނެގެން ނުވާނެ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

    12
  23. Anonymous

    އުންސުރު ޝަމީމު، ކަލެއަށް ނެއެނގޭތަ އެކައްޗެއްކަން ތިބުނެވެނީ؟؟ ޜިޝްވަތުން ބަނޑުފުރާލާފަ ހުރިވަރުން ހީވަނީ ރައްޔިތުންނަކީ ގަމާރުންކަމަށްތަ؟؟ކިޔޭނުކިޔޭއެއްޗެއް އެބައިނގޭތަ، ރ.ޔާމީނު އަށް މަނީލޮންޑަރ ކުށްވެސް އުފަންކުރުވި މައިމުލަކީ އެސްއޯއެފް ކަމަށްވާއިރު އެޝަރީއަށްވެސް ފެށެންޖެހެނީ އެސްއޯއެފުން ވީމާ އޮޅުވާލަން ނުއުޅޭ، އުންސުރު ޝަމީމަށް ނިކަން ކެރިބަލަ ގައުމުން ބޭރުވެގެން ގޮސްފައިވާ އެންޑީއޭ ލާދީނީ ޝަހިންދާ ގުރޫޕަށް އުންސުރު ހަމަކޮށް ޝަރީއަތް ހިންގަން،

    19
  24. ރަން ރީނދޫ

    ދޫ ދެފަޅި ވީމާ ،ދެ އިރު ދެ ދަޅަޔަށް ދެގޮތައް ވާހަކަ ދައްކަމުން ތި ދަނީ. އެއް ދޮގު ފޮރުވަން ހާސް ދޮގު ހަދަން ޖެހިފައި ތި އޮތީ.

    20
  25. ޓާޓާ

    ކަލޯ އިސްތިއުފާ! ދެފުއްކެހެރިއެވީމާ ތަތްކުރާނެ ރަނގަޅު ކޮޅެއްނޭގެނެ ޔާމީނުވަރެއްނެތް

    21
  26. މުހަންމަދު ހަލީމް

    މުޅިންވެސް ޑްރާމާ.

    15
  27. Hussain

    ކޮބާ 300 މީހުން. ކޮބާ ވެންޓިލޭޓަރު، ކޮބާ ގޭސްފުޅި. ކޮބާ ގަސް ތައް. ކިތައް މިލިއަން ހޯދިއްޖެ.

    21
  28. އަހުމަދު ޗާބީބޮކާ

    ފުކެއްބޮޑުވަރުދޯ މިވެރިކަން ނިމުނީމަ ތިޔަ އެސްއޯ އެފަކާ ދެންހުރިބަޔަކާ ރަންގަޅައް ށަރިޔައްކުރާނެ މިވެރިކަންވެސް ނިމޭނެ ދެންބާކީ އޮތީ މަދު ދުވަސްކޮޅެއް މާމައްޗައް ކަންތައް ދިޔާމަ ރައްޔަތުން މަޑުން ނުތިބޭނެ

    21
    1
  29. ޢަދުރޭ

    ޔާމީނުގެ މައްސަލައިގަ ދައުލަތުން ދައްކާ ވާހަކަ ތަކުގައި ޝުބްހާތު އުފެދިއްޖެ . އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫން. ސުޕްރީމް ކޯޓުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގެ ރެކޯޑިންގް އެބައޮތް . ދައުލަތުން އެއްބަސްވެފަ އޮތީ އެސްއޯ އެފްގެ މައްޗަށް ދަޢުވާނުކުރަން ނިންމި ކަމަށް . ދެއަނގައިން ވާހަކަ ދައްކައިގެން އިސްލާމީ ޝަރީޢަތުގައި ކުރިއެއް ނުލިބޭނެ. ރަސޫލާ ޙަދީޘް ކުރެެއްވި އެއް ހަރަކުން ދެފަހަރު މުއުމިނެއްގެ ގަޔަށް ކަށިނުޖެހޭނެއޭ . ޗުކި ކިޔާފަ ދައުލަތުން ސިޔާސީ ދަޢުވާ ކުރުން ހުއްޓަން ޖެހޭ.

    19
    1
  30. Anonymous

    ޔާމީނުގެ އެކައުންޓަށް ފައިސާ ޖަމާކުރީ އެސް.އޯ.އެފަކުން ނޫންތަ؟ އެއީ ދައުލަތުގެ ފައިސާއޭ ޕީޖީ އޮފީހުން ކޯޓުގައި ބުނި. އެހެންވީމާ، ޔާމީނުގެ މައްޗަށް ދަޢުވާ ކުރާނަމަ، އެސް.އޯ.އެފްގެ މައްޗަށް ދަޢުވާ ނުކުރެވެންވީ ކީއްވެބާ؟ މިއިންވެސް އެނގޭ އެއްޗަކީ ޔާމީނާ ދެކޮޅަށް ހެކިބަސް ދީފިނަމަ އެމީހުންގެ މައްޗަށް ދަޢުވާނުކުރާނަމޭ އެމީހުން ގާތު ދައުލަތުން ބުނެފައިވާކަން.

    17
  31. Anonymous

    އެހެނެއް ނޫން ކޯޓުގައި ބުނެފައިވަނީ އިސްތިޘްނާއެއްނެތި ދަޢުވާ ނުކުރާނެމަށް

    2
    1
  32. މުހައްމަދު

    އުންސުރާއި، ފަންސުރު، ފަންސުރާއި، ޖިލްބާބު ފޮތިން ފަޓްލޫނު އާއި ގަމީސް ތުރުކުރުއްވައިގެން ފޮތްނުކިޔުއްވާ އެ ކުދިން ފޮނުވާފަ ޔޫކޭއަށް ގޮސް ތިބުނާ ކުންފުންޏެއްގެ ވަކީލަކަށްވެ ހުރެ ދީނަށް ފުރުށްސާރުކުރާ "އެމް.ޑީ.އެން" ގެ އެއް ފައުންޑަރަށްވެ ހުރެ ތާކުންތާކު ނުޖެހޭ ދައުވާތަށް ކުރި ކުރީންސުރެ ތިހުއްނެވީ އަތަށް ގޮވާފަ.

  33. ފޮތްކިޔާ ފޮތް ފޮތް

    ސުޕްރީމް ކޯޓުން ޔާމީން މައްސަލައިގައި ކުރީވެސް ދައުލަތުގެ ޕޮޒިޝަން ބަދަލުކުރާ ވާހަކައިން، ނުކުރާނަމޯ. ޝަމީމް މައްޗަށް ކޮންޓެމްޓްގެ ފިޔަވަޅު ނޭޅެންޖާ ދެން އެ ފިޔަވަޅު އަޅަންޖެހޭ ވަކީލެއް ރާއްޖޭގައި ނުހުންނާނެ. ބުނާނެ ނިކަން ފޮތް ކިޔަމޯ. ޝަމީމް ކިޔާ ފޮތުގެ ސުކުން ބަދަލުވީ.

  34. ސައީދާ

    ލަދުގެކަންފުޅެއްވެސްނެތްދޯ މީގޮލާބަރޮވަލާއް !!!

  35. ކުށްވެރިޔާ

    ދެ އަނގައިން ވާހަކަދައްކާމީހުނަށް ދެދުލެއް ވާދުވަހެއް އަދިނަނާނެއެވެ.

  36. އަބުދުﷲ

    މިހާރު އިންޓަނެޓާ ވެހިކަލް ތަކާ ވައިގެ ދަތުރު ތަކުގެ ފަސޭހަކަން ލިބިފަވިޔަސް ކަންކުރެވޭ ސްޕީޑު މުހައްމަދު ތަކުރުފާނުގެ ފަންރިޔަލު ޒަމާނައްވުރެވުރެވެސް މާލަސް . މިހެންމިވަނީ ގައުމީލޯބިނެތް ޣާފިލު ބަޔަކުކަމުގަ އަހަރަމެން ވެފައިވާތީ.

  37. ނުރަބޯ

    ފިރުޢައުނާ ހާމާނަށްވުރެވެސް މި ރީނދޫ ލާދީނީންގެ އަނިޔާވެރިކަމާ، މަކަރުވެރިކަމާ، ނުލަފާ ޖައްބާރު ކަން ބޮޑު.