މިއަދު ރާއްޖެ އިން އިތުރު 95 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން ފައްސިވީ 32 މީހުންނެވެ. މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 61 މީހުންނެވެ. އިތުރު ދެމީހަކު މިއަދު ރިސޯޓްތަކުން ފައްސިވިއެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކުރީ 4403 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %2.16 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު ސެޕްޓެމްބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 3467 އަށް އަރާފައެވެ. އޭގެތެރެއިން 2044 މީހުން ފައްސިވީ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުންނެވެ. މާލެ އިން ސެޕްޓެމްބަރ މަހު ފައްސިވެފައި ވަނީ 1117 މީހުންނެވެ. ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި ސިނާއީ މަސައްކަތް ކުރާ ރަށްތަކުން ސެޕްޓެމްބަރ މަހު ވަނީ 306 މީހުން ފައްސިވެފައެވެ.

މިހާރު ރާއްޖޭގައި 1566 މީހުން ކޮވިޑް ޖެހިފައި އެބަތިއްބެވެ. އޭގެތެރެއިން 19 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. މިއަދު ވަނީ 93 މީހުން ކޮވިޑުން ރަނގަޅު ވެފައެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 84579 އަށް އަރާފައެވެ. އޭގެތެރެއިން 82969 މީހުން ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެ އިން 231 މީހުން ނިޔާވެއްޖެއެވެ.