މާލޭގެ ގެއެއްގައި އަންހެނަކަށް ބޮޑެތި އަނިޔާތަކެއް ކުރި ކަމަށް ބުނެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މަންޒަރުދުއް މީހުންނާއި ހަވާލާދީ "ދިޔަރެސް" ގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ރޭ ދަންވަރު މއ.ކުރެދިވަރުގެ ތިންވަނަ ފަންގިފިލާގައި އަންހެނަކަށް ފިރިހެނަކު އަނިޔާކުރާ އަޑު އެ ސަރަހައްދުގައި މަގުމަތިން ދިޔަ ބަޔަކަށް އިވުނެވެ.

އެތަނުގައި ހުރި މީހަކު ކިޔައިދިން ގޮތުގައި އަންހެނަކަށް އަނިޔާކުރާ އަޑުއިވިގެން މަޑުކޮށް ބެލިއިރު ފެނުނީ ގޭގެ ބެލްކަނީގައި ހުރި ބިއްލޫރި ދޮރަކާއި ދިމާލަށް އަންހެން މީހާ ކޮއްޕައިލުމުން ގޮސް ދޮރުގައި އަންހެންމީހާ ޖެހި އެ ދޮރު ފުނޑުފުނޑުވި މަންޒަރު ކަމަށެވެ.

އޭގެ ފަހުން ވެސް އަންހެން މީހާއަށް އަނިޔާކުރާ އަޑު އިވިފައިވެއެވެ. އަޑުގަދަ ވެގެން އެކަން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ އެގޭގެ އެހެން ފަންގިފިލާއެއްގައި ދިރިއުޅޭ ބަޔަކު ކަމަށް ވެއެވެ.

ފުލުހުން އެގެއަށް ގޮސް އަންހެން މީހާ ނެރުނީ ސްޓްރެޗާއެއްގައެވެ. އޭރު އަންހެން މީހާ ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށް ވެއެވެ.

އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސް، ފިރިމީހާ ހައްޔަރު ކޮށްފައި ވީނަމަވެސް އަދި މިމައްސަލަ އާއި ގުޅިގެން ފުލުހުންގެ ބަހެއް ނުލިބެއެވެ. މިހާދިސާ ހިނގީ ރޭ މެންދަމު 03:30 ކަންހާއިރުއެވެ.

މިމައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ މެދުއުމުރުގެ ފިރިހެނެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ދަރަނި ދަންތުރަ

  އީސަ މައްސަލޔަށް ވީގޮތްނުވިއްޔާ ރަނގަޅު

  19
  • ސަމާ

   ހުރިހާ މިހުންވެސް ރާއްޖޭގައި މިނަނީ އެއްނާޅިއަކުން.
   ނަމަވެސް ބައެއްދިވެހިން އުޅޭނެ ތަންކޮޅެއް މަތީގައި.

 2. ހުސެންދީ

  ތި ފިރިހެން މީހާގެ ޒަމާން ތިދިޔައީ. އަދިވެސް އީސަ ހަމަ ހެވިފައި ގޭގައި.

  17
 3. ކިހާދެރަކަމެއް

  ތި ފިރިހެން މީހާ ދޫކޮށްލާނެ ދުވަސް ކޮޅަކުން. އޭރުން އެއަށްވުރެ ބޮޑު އަނިޔާ ދޭނެ އަނބުރާ ގޮސް، ރާއްޖޭގެ އަދުލު އިންސާފު ނިޒާމު މި އޮތީ ޔޫރަޕްގެ ޑިމޮކްރަސީގަ އޮންނަ ގޮތަށް. މި ޑިމޮކްރަސީ ނައިސްގެން އެމްޑީޕީގެ އިސްވެރިން ތެޅިބާލަނީ.

  3
  2
 4. ނިކަމެތިން

  އީސަގެ މައްސަލަވެސް ގޮސްނިމުނީ ބޮނޑުނަގުލަށް.. އެއްވެސް އިންސާފެއް ހަމަހަމަކަމެއް މިގައުމުގަނެތް...

 5. މުޝީރާ

  އެފިރިހެންމީހާ ޝަރިޢަތަށް އެއްބާރުލުން ދެންޏާ އެމައްސަލަ ނުބަލާގޮތަށްވެސް ނިންމަފާނެ
  އަދި ބުނެފާނެ އެ ފިރިހެންމީހާ އެކުރީކީ އަނިޔަލެއްވެސް ނޫނޯ އެއީ ހެޔޮނިޔަތުގައި ކުރިކަމެކޯ މިސަރުކާރު ވަރަށް މޮޅުވާނެ މީހުންގެ ނިޔަތް ދެނެގަންނާން

  6
  1
 6. Anonymous

  ތި އަންހެނާގެވެސް ގައިގެ ރިހުންކެނޑި ހައަކަށް އެޅުނީނަ ބުނާނެ އެއީ ފިރިކަލުން ތިމެންނައަށް އަނިޔާ ކުރީއެއްނޫނޭ ފިރިކަލުން ތިމެންނައަށްވަރަށްހެވޭ ބައެއްފަހަރު ވަރަށް ލޯބިން އުޅެންހަދައިގެން މަޖާކުރަން މަޖާޒީވާފަހަރު ކުޅި ރުޅިއަށްވަނީ އެއީ އިންސާނީ ޠަބީއަތް ނޫންހޭ، ވީމާ ތިމެންނަ ބޭނުމެއްނޫނޭ ފުލުަސް އޮފީހުގައި ނުވަތަ އެެއްވެސް ޝަރުއީ ކޯޓެއްގައިވެސް މައްސަލަ ކުރިއަށް ގެންދާކަށް، ބޭނުމީ މައްސަލަ އަނބުރާ ނަފާށޭ އަދި ކުއްޖަކު ލިބިފައިވާނަމަ ބުނާނެ ކުއްޖާގެ ހައްގުގާ ކުއްޖާގެ ބައްޕަ ދޫކޮށްލަ ދެއްވާށޭ، މިއީ އަހަރުމެން އަންހެނުންގެ ފެންވަރ. ޑެން ކިހިނެއްބާ ގެވެށި އަނީޔާ ހުއްޓުވޭނީ؟؟؟

  4
  1
 7. މަރީ

  މަގުން ފެނުނު މީހުން ޕޮލިހަށް ރިޕޯޓް ނުކުރީ ކީއްވެބާ؟

  1
  1
 8. ޙަސަން

  އޭ ލޮބުވެތި މުސްލީމުންގެ ނަމުގައި ތިބި ފަރުދުންނޭވެ. މަސްތީ ދިރިއުޅުމަކަށް ޤައުމުގޮސް މިއަދު މިވަނީ މުޅުން ޚަރާބުވެފައެވެ. މިހާރު ހައްތާވެސް އިވެނީ ޖިންސީ ގޯނާ އާއި ބަދުއަޚްލާޤީ ޢަމަލުތަކާ ގެވެށިއަނިޔާއާ މާރާމާރީ ގެ އަޑިތަކާ މިދަފަ ހިތްނޭދޭ އަޑުތަކެވެ. އެހެންކަމުން މިކަންކަމުން އަހަރެމެން ސަލާމަތް ވުމަށްޓަކައި މަސައްކަތްކުރަން އެބަޖެހެއެވެ. ވަރަށް ބޮޑު ނުރައްކަލާ އަހަރެމެންމިވަނީ ކުރިމަތިލާންޖެހިފައެވެ.

 9. ނިކަމެތިން

  ސާބިތެއްނުވެޔޭ... ދޭއާރ ރޯޔަލްސް....