ދިއްދޫގެ ޖޫނިޔާ ކޮލެޖުގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ކޮންސެޕްޓް ކުރެހުމުގެ މަސައްކަތް ކަމަށާއި އުންމީދަނީ 2023 ވަނަ އަހަރު އެ ކޮލެޖުގައި ކިޔަވައިދިނުމުގެ މަސައްކަތް ފެށުން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ރައްޔިތުން މަޖިލީހުގައި މިއަދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ދިއްދޫގައި ޖޫނިޔާ ކޮލެޖެއް ގާއިމް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވައުދުވެވަޑައިގަންނަވާފައިވާ އިރު އެ މަސައްކަތް 2021 ވަނަ އަހަރުގެ ބަޖެޓުގައި ވެސް ވަނީ ހިމަނާފައެވެ. އެހެންކަމުން އެކަމާއި ގުޅޭ ގޮތުން 2020 ވަނަ އަހަރު ކުރި މަސައްކަތްތަކާއި، އެ މަސައްކަތް ނިމޭނެ ދުވަހަކާއި، އެ ތަން ނިމި އެ ތަނުގައި ކިޔަވައިދެވެން ފެށޭނެ ދުވަހެއް ސާފުކުރުމަށް މެމްބަރު ވަނީ ސުވާލު ކުރައްވާފައެވެ.
ފޭސްތަކަކަށް ބަހާލައިގެން ޖޫނިޔާ ކޮލެޖު ނިންމުމުގެ ބަދަލުގައި އެތަން އެއްކޮށް ނިންމޭނެ ގޮތަކަށް އެ މަސައްކަތް އިންތިޒާމުކުރުމަކީ ސަރުކާރުގެ ވިސްނުން ކަމަށް މިނިސްޓަރު މިއަދު ވިދާޅުވިއެވެ. ރައީސް ސާލިހުގެ ރިޔާސީ ވައުދު އެންމެ ފުރިހަމަ އަށް ފުއްދޭނީ އޭރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ދިއްދޫގެ އިތުރުން އެހެން ސަރަހައްދުތަކުގައި އަޅާ ޖޫނިއާ ކޮލެޖު ނިމޭ އިރު އެތަނުގައި ކިޔަވާދޭނެ ދާއިރާ ކަނޑައެޅުމާއި، ކޮލެޖުގެ މަސައްކަތް ނިމޭ އިރު ދަނާލަކާއި އެކު އެތަން ނިންމުމުގެ ވިސްނުން ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ރަށު ކައުންސިލާއި ބައްދަލުކޮށް، އެތަނުގައި ކިޔަވާދިނުމަށް އެކުލަވާލާ މަންހަޖާއި މެދު މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މި މަސައްކަތް ކުރުމަށް ބަޖެޓުގައި ބާކީ ހުރީ އެއްލައްކަ ހަތްދިހަ ފަސްހާސް. އިނެވެސްޓަރެއް ލިބިއްޖެއްޔާ މި އަހަރުވެސް އިމާރާތް ކުރުމުގެ މަސައްކަތް ފެށޭނެ. އެހެންނަނަމަވެސް އިންވެސްޓަރެއް ނުލިބިއްޖެ އެހެން މޮޑެލް އަކަށް ދާން ވިސްނާ އެ މަސައްކަތް ކުރުމުގެ ވިސްނުން އެބަ ހުރި." މިނިސްޓަރު ޑރ.އިބްރާހިމް ހަސަން ވިދާޅުވިއެވެ.
ދިއްދޫގައި ޖޫނިޔާ ކޮލެޖް ގާއިމް ކުރުމަށް ބޭނުންވާ އިމާރާތުގެ ބޮޑުމިނާއި އެތަނަށް ބޭނުންވާ ބިމުގެ ބޮޑުމިން ދެނެގަތުމާއި، އެ މަސައްކަތަށް ހޭދަވާނެ ވަގުތާއި، ޕްރޮޖެކްޓަށް ހޭދަވާނެ ޚަރަދާއި މި އަހަރުގެ މޭއިގެ ނިޔަލަށް ނިމިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެންމެ ފުރަތަމަ ޖޫނިޔާ ކޮލެޖެއް އަޅަން އެ ރަށުން ދީފައި ވަނީ އެ ރަށުގެ ކުރީގެ ޕްރީސްކޫލް ހުރި އިމާރާތެވެ. އެހެންނަމަވެސް އެއީ ޖޫނިޔާ ކޮލެޖް ހަދަން އެންމެ އެކަށީގެންވާ ތަނެއް ކަމަށް ނުވާތީ މި އަހަރުގެ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު އެ ރަށުގައި މި މަސައްކަތް ކުރުމަށް އިތުރު ބިމެއް ކައުންސިލްގެ ފަރާތުން ވަނީ ހަމަޖައްސާދެއްވާފައެވެ.
އަދި އެ ތަނަށް އިންވެސްޓްކުރުމުގެ ފުރުސަތު މި މަުގެ 30ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ހަޔަރ އެޑިއުކޭޝަން އިން އިސްނަގައިގެން މި މަސައްކަތަށް އިންވެސްޓަރުން ހޯދަން މަސައްކަތް ކުރި ކަމަށާއި، އެގޮތުން ޔޫކޭ، ހަންގޭރީ، ސައުދިއަރަބިއާ، ޖަޕާން އަދި ކޮރެއާ ފަދަ ގައުމުތަކުގެ ސަފީރުންނާއި ވާހަކަދައްކާ އިންވެސްޓަރުން ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ޑރ.އިބްރާހިމް ހަސަން ވަނީ ވިދާޅުވެފައެވެ.
2023 ގެ ރިޔާސީ އިންތިހާބު
މަހުގެ ހަމައަގު 2023ގައި ފިޝަރީް މިނިސްޓަރ
ސިވިލްސާރވިސް މުއައްޒަފުން އެލަވަންސް: 2023 ގައި ފިނޭންސް މިނިސްޓަރ
ދިއްދޫ ޖޫނިޔަ ކޮލެޖް 2023ގައި ހަޔަ އެޑިޢުކޭޝަން މިނިސްޓަރ
ދެެެކުނުގެ ވޯޓް އުގައިލް، އައްނި އަދި ނާޒިމް އަދި ޕޕމ އަށް ބޮޑަށް ބެހިގެންދާނެކަމަށް ބަލައި އުތުރަށް ބޮޑަށް ފޯކަސް ކޮށްފައި މިއޮތީ ހުރިހާ ކަމެއްގައިވެސް.
އަމާޒަކީ ދިއްދޫ ޖޫނިއާ ކޮލެޖު 2023 އަށް ނިންމައި ކިޔަވައިދޭން ފެށުން ކަމަށް ހަޔަރ އެޑިއު މިނިސްޓަރު ވިދާޅުވާއިރު މިހާރު ރާއްޖެތެރޭގައި ހުރި ސަރުކާރުގެ ކޮލެޖްސް ތަކަށް ވަންނަ މީހުން މަދުވުމާއި އަދި އެތަންތަނަށް ކިޔަވާ ދޭން ދާނެ ދިވެހި ލެކްޗަރަރ އިން ނުލިބުމުގެ މައްސަލަ މީ ބޮޑު މައްސަލައަކަށް ވެފައިވާއިރު ތިޔާ ދިއްދޫ އަކީ އާބާދީގައި 3 ހާސް ރަޖިސްޓްރީ އުޅޭއިރު ރަށުގައި އުޅެނީ 500 މީހުންނޭ ދެން ތިޔާ ކޮލެޖް ދިއްދޫގައި އެޅުމުން މާލެއިން ދިއްދޫ އަށް އެކަކުވެސް ކިޔަވަން ނުދާނެއޭ ތިޔާ ޖޫނިއަރ ކޮލެޖް މިހާރު އަޅަންވީ ހުޅުމާލެ ދޭއްގައޭ އެކަން ދަންނަންވީ ސަރުކާރުން...
މި ސަރުކާރުން ހުރިހާ ކަމެއްވެސް 2023އަށް މަޑުކުރީހެއްޔެވެ؟ އެހެންކަމަށްވާނަމަ މިހާރު ވެރިމުގައި އޮތް ކޯލިޝަނަށް ވޯޓުދިނުންވެސް އަހަރެމެން އިރާދަކުރެއްވިއްޔާ 2023ގައި އަހަރެމެން މަޑުކޮށްލާނަމެވެ.
ރާއްޖެތެރޭގައި އެއްގޮތަކަށް ވެސް މާލޭގައި ހުރި ކޮލެޖްސް ތަކުގެ ކެމްޕަސް ތައް ވެސް އަދި ޖޫނިއަރ ކޮލެޖްސް ތައް ވެސް އަޅައިގެންނުވާނެއޭ އައްޑޫގައި ހުރި ކެމްޕަސް އަށް ގައުމީ ޔުނިވަރސިޓީން ކުރާ ޚަރަދު މިހާރުން މިހާރަށް ހުއްޓާލަންވީއޭ އެތަނުން ކިޔަވާ ނިމުނު މީހަކު ނުފެނޭ ޖޮބް މާރކެޓް ތެރޭން އަދި ގައުމީ ޔުނިވަރސިޓީ އާއި ވިލާ ކޮލެޖް އާއި އަދި މާލޭގައި ހުރި އަމިއްލަ ކޮލެޖްސް ތަކަށް ދޭންވީއޭ ހުޅުމާލޭ ދޭކުން 2000 އަކަމީޓަރުގެ ބިން ހިލޭ އެއިން ކޮންމެ ކޮލެޖަކަށް ދެން ސަރުކާރުން ސޮވެރިންގް ގެރެންޓީ ދީގެން ބީއެމްއެލް އިން ކޮންމެ ކޮލެޖަކަށް 100 މިލިއަން ރުފިޔާގެ ލޯން ދީގެން އެތަނުގައި 25 ބުރީގެ އިމާރާތް ތައް ކޮށް އެ 25 ބުރީގައި އެކި ފެކަލްޓީސް ތައް ހަދައިގެން ކިޔަވާ ދޭންވީއޭ ރާއްޖެތެރޭ ގައި އެއްގޮތަކަށް ވެސް އެއްވެސް ކޮލެޖެއް އަޅާނެ ކަމެއް ނެތޭ ރާއްޖެތެރޭން މީހުން މާލެ ސަރަހައްދަށް ބަދަލު ކުރަންވީ އޮޓޯ ޕޮލް އިފެކްޓްގެ އުސޫލުގެ ދަށުން...
ދެން 2023ން ނައްޓާލާއެއްވެސްކަމެއް މިއޮޅޭސަރުކާރަށް އޮންނާނެބާ؟ ކުރީގެއެއްވެސްސަރުކާރަކުންމިހާ ލަންބާޗޯޅާ ވާހަކައެއްނުދައްކާކަންތައްކުރަމުންދާތީފެންނަނީ މީދެންބޮޑުވަރު މަކަރާހީލަތުންކަންކަންކުރެވޭތޯ
2023 ގަ ވޯޓު ހޯދަން ރައްޔިތުން ކައިރިޔަށް ބިލެތާ ދިޔުން. ކިހާ ސަޅި. ކަރުބުޑުގަ ހަބަރު ރަހަލައްވާލާނަން މިފަހަރު. އަބަދަކު އަހަރެމެން ގުބޯލެއް ނުހެއްދޭނެ
ކޯއްޗެއްކިޔާވައިދޭންތޯ ދަރިންސުކޫލައްގެންދަނީ އެކުދިންކިޔަވައިނިމިގެންނިކުންނަ މާލޯލަކީ ޑުރަގްގެ މާހޯލަކައްވާއިރު ކޮންކުއްޖެއްގެތޯ ސަލާމަތްވަނީ ޑުރަގުން ފުރަތަމަ މިގައުމުންޑުރަގްހުއްޓުވާ ވައްކަންހުއްޓުވާ