ރާއްޖޭގައި ދިނީ މިނިވަންކަން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާ މެންބަރު އަބްދުﷲ ޖާބިރު މިއަދު މަޖިލިސް ތަޅުމުގައި ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ގޮވާލައްވައިފި އެވެ.

މިއީ ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ރައްޔިތުން މަޖިލީހުގެ މެންބަރަކު ގޮވާލި ފުރަތަމަ ފަހަރެވެ.

މިއަދު މަޖިލިސް ތަޅުމުގައި ކުރިއަށް ދިޔަ ހެއްކާ ބެހޭ ބިލުގެ ބަހުސްގައި ޖާބިރު ވިދާޅުވީ ދީނީ މިނިވަންކަން ރާއްޖެގައި ދޭން ޖެހޭ ކަމަށެވެ.

ދީނީ މިނިވަންކަން ދިނުން އެއީ އިސްލާމް ދީނާ ހިލާފު ކަމެއް ނޫން ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ. ޖާބިރު އެގޮތަށް ވިދާޅުވީ ގުރުއާންގެ ސޫރަތުލް ކާފިރޫންގައިވާ ހަތަރު ވަނަ އާޔަތް ވިދާޅުވަމުންނެވެ. ޖާބިރު ވިދާޅުވި އާޔަތުގެ މާނައަކީ "ތިޔަ ބައިމީހުންނަށް ތިޔަބައިމީހުންގެ ދީނެވެ. އަދި ތިމަން ކަލޭގެފާނަށް ތިމަން ކަލޭގެފާނުގެ ދީނެވެ."

"ޝަރީއާ ތަހުޒީބު، ގުރުއާން ތަހުޒީބު. ﷲ ވޮޑިގެންވޭ. ﷲ ސުބުހާނަހޫ ވަތައާލާގެ މިންވަރުފުޅުން އަޅުގަނޑުމެންނަކީ ސުންނީ މުސްލިމުން. މި ރާއްޖޭގައި މާ މޮޅު ދީންވެރިއަކު ނެތް. އެންމެން ނަމާދު ކުރޭ. އެހެން ދީންތަކަށް، މި ރާއްޖޭގައި ނަމާދުކޮށް އުޅެވޭނޭ ގޮތުގެ މައްޗަށް. 'لَكُمْ دِينُكُمْ وَلِيَ دِينِ' މިގައުމުގައި އުފައްދަން އެބަ ޖެހޭ. މާނައަކީ، އެހެން ދީންތަކުގެ މީހުން ނަމާދުކޮށް މިތާގައި އުޅެވެން ވާނެ އޭ. މި ރާއްޖެ މިއީ ޔުނިވާސަލް ޕްރެކްޓިސްއެއް އޮންނަން ޖެހޭ،" ޖާބިރު ވިދާޅުވި އެވެ.

މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ޖާބިރުގެ އެ ވާހަކަތައް ހުއްޓުވާފައެއް ނުވެއެވެ. އަދި ޖާބިރުގެ ވާހަކަ ނިމުމުން ވެސް އެ ވާހަކަ އާއި ދެކޮޅަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އެހެން މެމްބަރަކު ވެސް ޖާބިރުގެ ވާހަކަ އާއި ދެކޮޅަށް އަޑު އުފުލާފައެއް ނުވެއެވެ.

ގާނޫނުއަސާސީން މަޖިލީހުގެ މެމްބަރުންނަށް ލިއްބައިދީފައިވާ އިމްތިޔާޒްތަކުގެ ދަށުން މަޖިލީހުގެ މެމްބަރަކު މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި ދައްކާ އެއްވެސް ވާހަކައަކާ ގުޅިގެން ތަހުގީގެއް ހިންގައި، ދައުވާކޮށް، ކޯޓަށް ހާޒިރު ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައި ވެ އެވެ. އެމާއްދާގައި އިތުރަށް ބުނަނީ އެ އިމްތިޔާޒް ލިބޭނީ އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތަށް މެމްބަރުން ދައްކާ ވާހަކަތަކަށް ކަމަށެވެ.

ޖާބިރު މަޖިލީހުގައި ދެއްކި ވާހަކަ ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ކުށްވެރިކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

58 ކޮމެންޓް

  1. ރަން ރީނދޫ

    ދީނީ މިނިވަންކަން އޮވޭ. އެކަމަކު މުސްލިމަކު މުރުތައްދު ވެއްޖެނަމަ އަޅަން ޖެހޭ ފިޔަވަޅު އަޅަން ކެރޭނެތަ.

    110
    1
    • ޒައިކް

      ހައްހައްހާ ގުޑް ޕޮއިންޓް، މުރުތަދުވާ މީހުންނަށް ހައްޤު އަދަބު ދީފަ ތިޔަ އޮތް މިނިވަންކަމެއްގެ ވާހަކަ ދައްކަމާ ހިނގާ

      58
      1
  2. ތުއްތުނާ

    ހަތަ ރެސްކަންހަމަވީ !! ޖާބެގެ ގޮވާލެއްވުމަކީ އަނބިކަނބަލުންނަށް އެކަނބަލުންގެމިނިވަންކަންދޭށޭކިޔާވަ ރުން އޮޅުމަކުން ދީނީމިނިވަންކަމޭބުނެވުނީ.. އަސްލުބުނަންބޭނުންވެފާހު ރީ ދިޔާނާގެމިނިވަންކަމޭ ... އަލިފު ހާ

    56
    3
  3. ގެންޑާ

    لَآ إِكْرَاهَ فِى ٱلدِّينِ

    29
    7
    • Anonymous

      މުރުތައްދު ބައިގަނޑު މިނަގަނީ އާޔަތުގެ ވެސް އެއްބައި.

      40
      2
      • ނަން

        އެއްބައި އަނެއްބަޔާ ފުށުއަރަނީތަ؟؟

    • ޢހ

      ان الدين عند الله الاسلام..
      މިއާޔަތްވެސް ކިޔާލާ.. ކަލޭ މުރުތައްދަކަށް ވާހިއްވާނަަމަ ރައްވެހިކަން ދޫކޮށްލާ

      • ލޮލް

        ކާފަރުން ބެހެނީ ދެބަޔަކަށް. އަސްލީ ކާފިރުންނާއި މުރުތައްދު ކާފިރުން. މިތަނުން މެރުން ހައްގުވަނީ މުރުތައްދުން. ރަސޫލާ މަދީނާގައި ބިނާކުރެއްވި ފުރިހަމަ އިސްލާމީ ދައުލަތުގައިވެސް އެހެން ދީންތަކުގެ މީސްތަކުންނަށް ފުރުސަތު އޮތް. ޢުމަރުގެފާނު ޤުދުސް ފަތަހަކުރައްވައި އެތަނުގައި ހުރި އެންމެ ދުވަސްވީ ކަނީސާ ހިމާޔަތްކުރެއްވި...

        4
        1
        • ބަކަރި

          ބަލަ މި ރާއްޖޭގައި މިއުޅެނީ އަސްލު ކާފިރުންނެއް ނޫނެއްނު !
          މި މީހުން މުރުތައްދު ވެއްޖެނަމަ މަރާލުނ ހައްގު!
          އެއްވެސް ކާފިރަކަށް މި ފަސގަނޑުން ރަށްވެހިކަމެއް ނުލިބޭނެ !

          4
          1
  4. ކަރީމް

    ކޮބާ ބުޅާ ގޯނިން ބޭރުވާންފެށީއެވެ. ދައްކާވާހަކަ ދެކޮޅު ނުޖެހޭ މީހެއްކަމަށް ބަލަމުންއައި ކަލޭގެ ނިކަން ވިސްނާ ހުރެފާ ވަރުގަދަ ބޮމެއް ވައްޓާލީތާއެވެ. މީގެ 400 އަހަރު ކުރިން ރިޔަލާ ފަލީގަ ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދުކުރައްވައި މިޤައުމު ކާފިރުންގެ އަތްދަށުން ސަލާމަތްކުރެއްވިއިރު މިދަފަ ދަރިން މާފަހުން މިޤައުމަށް އަންނާނޭކަމަކަށް ހީފުޅު ނުކުރައްވާނެކަން ޔަޤީންނެވެ. އޭ ޢަބްދުﷲ ޖާބިރެވެ. ކަލޭ އެހެން ދީންތަކަށް އެހާބޮޑަށް ސަމާލުކަން ދެންޏާ ކަލޭ އެހެން ރާއްޖެއަކަށް ދިޔާމާ ނިމުނީނޫންހެއްޔެވެ. އަހަރެމެންގެ ތެރޭގައި ހަމަނުޖެހުން އުފައްދާ ފިތުނަވެރި ނުކުރުވާށެވެ. ކަލޭގެ ނޮހޮރުއްޕާން މިޤައުމަށް ޖެހެމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. އަހަރެމެންގެ ޢަޤީދާއަށް ގުޑުން އަރުވަން ފާޑުފާޑުގެ ވާހަކަ ނުދައްކާށެވެ. އެކަމަކުވެސް އަދިވެސް ކަލޭ މާތްﷲ އަށް ބިރުވެތިވެ މިމާތްދީނުގާ ހިފަހައްޓާ ސާބިތުވުމަށް އަހަރެން ގޮވާލަމެވެ.

    109
    2
    • ކިޔު

      އަސްލުވެސް..މިކަހަލަ ތާކުން ތާކު ނުޖެހޭ މީހެއް ތަނެއްގަ ހުރިއްޔާ އަދިވެސް ދެވުނުހާ އިއްޒަތެއް ދޭން ހޮވަން ވާނެ..ކާފިރޫން ސޫރަތް ބާވާލެއްވި ސަބަބާއި މަފްހޫމް ނޭނގުނަސް ތެޅުނުހާ ބޭކާރު އަނގައެއް ތަޅަންވާނެ..ހިތުން ދެން މިވަރުގެ ރޯނުއެދުރެއް ނެތް..

      51
      2
      • ހެހެހެ

        މި ކަލޭގެ މަޖިލީހުން ބޭރުކުރަން ނުވަނީތަ ކާށިދޫ މީހުންނަށް ހަލާކުހުރި އަމިއްލައަށް ބޯބޮޑި ނިކަން ޕޭޓިޝަނެއް ހުޝައަޅާފަ މިކަލޭގެ ބޭރުކޮއްބަލަ

  5. އަހުމަދު

    ޖާބިރުގެ މެންބަރުކަން ހަމަ މިހާރު އަތުލަން ގޮވާލަން. ނޯ އެކްސެޕްށްންސް

    115
    4
  6. ޏަޖަނ

    ކަނނޑައެޅިގެން ދީނާ ޚިލާފް ވާހަކަޔެއް އޭނާ އެދެއްކީ. އިސްލާމް ދީނުގަ ކަންކަން ކަނޑައެޅުމުގަ ހަމަތަކަކާއި އުސޫލެއް އޮވޭ. ރަނގަޅަށް ދީންނޭންގެ އިރުވެސް އަނގަތަޅާތި. ރިޔާސަތުން ނުހުއްޓުވާނެ އެކަހަލަ ވާހަކަޔެއް. މިހާރުވެސް ދައުލަތުން ވައްކަންކުރާ ވާހަކަ ދައްކަބަލަ ހަޖަމެއް ނުވާނެ.

    42
    3
  7. އިސްޢާފް ސަލީމް

    ދީނީ މިނިވަންކަން ދޭންވާނީ އެ މިނިވަންކަން ހެޔޮގޮތުގައި ބޭނުންކުރަން ދަންނަ ބަޔަކަށެވެ! ރާއްޖޭގައި ދީނީ މިނިވަންކަން ދީފިނަމަ ހިޔެއްނުވޭ އަމަށަކުންދނެހެނެއް!

    18
    2
  8. ރީތި މޫސަ

    ދީނީ މިނިވަންކަން އޮތީ އޮންނަންވާ އެންމެފުރިހަމަކޮން މިޤައުމުގަ ދީފަ ދެންކުރަން އޮތްކަމަކީ އިސްލާމް ދީނާއި ޚިލާފްވާހަކަ ދައްކާ މީހުން މުޖުތަމައިން އެކަހެރިކޮށް އުމުރުދުވަހަށް ޖަލައް ލުމައްޓަކައި ޤާނޫން އިސްލާޙްކޮށް އެކަން އަވަހަށް ތަންފީޒުކުރެވޭނެ ގޮތެއްހޯދުން ނޫންނަމަ މިޤައުމުގައި އުޅޭ ބަޔެއްމީހުން މަގުމަތީގަޔާ އެހެންތަންތާގަވެސް އުޅޭނެގޮތަކަށް އުޅުން އާއްމުވެދާނެ ކަމުގެ ބިރު މިދަނީ އިންތިހާޔަށް ބޮޑުވަމުން

    37
    2
  9. ކޮސްކަނޑު.

    ދިޔާނާ ނައިޓު ކުލަބެއް ހަދާފަ އެތާ ބައިންދަން ކިހިނެއްތޯ ޖާބި ރު ގަބޫލުވާނީ އެޔާތިކަމާ ކޮބައިތޯ ތަފާތަކީ އެއީ ނުވާނެ ކަމެއް ޖާބި ރޫ ދިވެހިން ވެއްޖެ އެކުއެކީ ނިކުމެ ލާދީނީ ވެ ރިކަމައް އަބަދުގެ އަބަދައް ނޫނެކޭ ބުނަން މީނާ ކާށިދޫއައް އެރިޔަވެސްނުދީ ބޭ ރުކު ރާތި

    33
  10. ޙުސެންދީ

    އައި ބުލޭމް ސޯލްޑް ޕީޕަލް އޮފް ކާށިދޫ ދާއިރާ. ކާށިދޫ ދާއިރާގެ ރައްޔަތުންނަށް ވަރަށް ސަލާމް

    28
  11. އަބް

    ޖާބިރަނީ އާމްއުދަގުލެއް.

    30
  12. މުހައްމަދު

    އެއްގޮތަކަށްވެސް ތިޔަކަން ދީނީ މިނިވަންކަން ދީގެންނުވާނެ ތިކަމާއި ދެކޮޅު ތިކަންކޮށްފިނަމަ މިތަން ބަދަލުވާނީ އަފްޢާނިސްތާނަށް އަބަދު ހަނގުރާމަ މިހާރު މިނިވަންކަންމަތީގައި އުޅުމުގެ ފުރުޞަތު އެބައޮތްތާ ބޯބަޔަކު ބޯއެއޗެއްބުއަިކަމުގައިވިއަސް ޖުމްލަކޮށް ހަމަޖެހުން އަދި އެބައޮތްތާ

    18
    1
  13. لَا إِلَٰهَ إِلَّا ٱللَّٰهُ مُحَمَّدٌ رَسُولُ ٱللَّٰهِ‎

    ޖާބިރު އަހަރުމެން ދުދަންނަން އިތުރު ދީނެއް

    25
    1
  14. ވޭމަންޑޫ

    ތިޔަ އީ މުޅި ސަރުކާރުން ބޭނުންވެގެން ބޮއިގެން ހުރި މީހެއް ލައްވާ ދައްކާ ވާހަކަ ސާފުކަމެއް
    ތީ މަޑުކަށި މީހުން

    32
  15. ނާދިރާ

    ކާށިދޫ ދާއިރާއިން މި ކަލޭގެއަށް ވޯޓް ދިން މީހމިހާރު އުޅޭތަ. ނޫޅެދޯ

    27
  16. މުޙައްމަދު

    އެކަމަކުވެސް ވަގުތު ނޫހުން ތިޔަ ވަކާލާތުކުރަނީ ޖާވިރަކީ ނަފުސާނީ ބަލިމީހެއް ކަމަށްތާ. އެ ފަދަ އިސްލާމްދީނާ އެކަނި ދެކޮޅުވާ ނަފުސާނީ މީހުން މަހޮލީހަށް ކުފޫހަމަވޭބާ

    26
  17. ސުންބުލި

    ޖާބިރު މިހާރު އެހެރީ އުލުބައިންދާ ހިސާބަށް ގޮއްސަ............އޭނަ އަކީ ފާޅުގަ ދީނަށް ފުރައްސާރަކުރާ ދީނުގެ ދުސްމަނެއް..........ޕޮލިސް މިކަން ބައްލަވާ ފިޔަވަޅު އަޅުއްވާ!

    32
  18. ިާޢިލްމީ

    މުސްލިމަކަށް ހަލާލެއް ނުވާނެ ދީނީމިނިވަންކަމަށް ގޮވަން

    28
    1
  19. ދިޔާނާ

    ޤުރްއާނުގެ އާޔަތްތައް ނުބައިކޮށް މާނަކޮށްގެން ހިތުހުރި ވާހަކައެއް ނުދައްކަބަލަ. އިސްލާމްދީނުގެ އަސްލަކާ ޚިލާފު ނުވާގޮތަށް ދައްކާ ވާހަކަތަކަށް މަޖިލިސްގައި މެމްބަރުންނަށް އިމްތިޔާޒު ލިބިގެންވަނީ. މިހާރު ތިދެއްކުނު ވާހަކައަކީ އިސްލާމްދީނުގެ އަސްލަކާ ޚިލާފު ވާހަކައެއް. ޖާބިރުގެ މައްސަލަ ބެލެންޖެހޭނެ. އިސްލާމްދީން ނޫން އެހެން ދީނެއް މިރާއްޖޭގައި ނެތްއިރު ދީނީ މިނިވަންކަމަށް ގޮވާލުމަކީ
    ދިވެހި މުސްލިމުން އެހެން ދީނަކަށް އެނބުރުމަށް ދައުވަތު ދިނުން.

    23
    1
  20. ހުސޭނުބޭ

    ކާށިދޫ ވަލުތެރޭން ރުއްގުޅިއެއް ގެނެސް ތި މަޖިލީހުގައި ބައިންދާފަ އިންނަމަވެސް ތިއައްވުރެ ތާހިރުވީސް!

    33
  21. ޙަލީމުސަރ

    އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޚިލާފަށް މަޖްލީސްގައި ވާހަކަ ނުދެއްކޭނެ! މީހުންގެ ގެދޮރާއި މުދަލަށާއި އަދި ހަމައިގައި ނެތި މުޅި ރަށުތެރޭ ދުވާއިރު ޤާނޫނުން ފިޔަވަޅު ނޭޅި މިމީހުން މި އުޅެނީ ސައިޒު އޮޅިގެން! މިމީހުން ކުރާ ކުށަކަށް އަދަބު ދީފިއްޔާ އެގޯސްވީ!! އިސްލާމީ ޤައުމެއްގައި ނުޖެހޭ ފައްޅިއަޅާކަށް އަދި މުސްލިމުން ދީނުން ބޭރުވާނެ ގޮތެއް ދައްކާކަށް! މިރާއްޖޭގައި މިހާރުވެސް ބޭރު މީހުން އުޅޭ އެމީހުން ގޭތެރޭގައި އަޅުކަންކުރިޔަސް އެކަމަކާ މައްސަލައެއް ނުޖެހޭ ! ފާޅުގައި ކުފުރާއި ޝިރުކުގެ ޢަމަލުތަށް ކުރުމަށް މުސްލިމަކަށް ނުރުހެވޭނެ! ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ މުސްލިމް ޤައުމެއް މިތާންގައި އޮންނަނީ އިސްލާމީ އުސޫލު އެކަން އެނގިތިބެގެން މިޤައުމަށް އަންނަބަޔަކު އަންނަނީ! ގަދަކަމުން ކަރުބުޑަށް ރާއަޅައިގެން ދިވެހިން ދީނުން ބޭރުކުރަން އެޅެއުޅެ އެކަން ނުވީމާ ދެން އެހެން ފިކުރުތަށް މިތަނަށް ވައްދައި ލާދީނީ ސެކިއުލަރ ކުރަން ތިޔައުޅެނީ!! އެމްޑީޕީ ވެރިކަމަށް އައިސް ރައްޔިތުންނަށްވީ އެއްވެސް ވައުދެއް ދުވަހަކުވެސް ނުފުއްދޭ އެކަމު ލާދީނިއްޔަތާ ޕާޓީގެ ވެރިން ޤާނޫނަށް ވުރެ މަތިން އުޅުމާއި ދައުލަތުގެ މާލިއްޔަތު ދަވާލުން ހަމަ ބާރުސްޕީޑުގައި ކުރިޔަށް

    19
    1
  22. ޙހހހ

    މިއަދު މަޖީލީގައި ތިބި އެންމެން ﷲ އަށް ތައުބާން ވާންޖެހޭ ، ނޫނީ އަދަބު ދޭންޖެހޭ ، މިއީ ފަހުގެ ޖީލްތަކަށް ދަސްކޮށްދިން ނުރަނގަޅު އަމަލެއް

    27
    1
  23. އަބްދޫ

    ޖާބިރު ތިޔަ ހުންނެވީ ވަރަށް ބޮޑު އޮޅުމެއްގެތެރޭގެ ދިވެހި ގައުމުގެ ރައްޔަތަކަށް ވެވެނީ މުސްލިމަކަސށް އެކަނި ވީމާ މުސްލިމަކު ނޫންމީހަކު ދިވެހިރައްޔިތުންގެތެރެއަކު ނޫޅޭ. މިހާރުވެސް ދިވެހިރާއްޖޭގަ ހިންދޫންާ ކްރިސްޓިއަނުންނާ ޔަހޫދިންނާ ބްޑިސްޓުން ދިރިއުޅޭ . އެމީހުން ކުރަންބޭނުންވާ އަޅުކަންތައް އެމީހުންދަނީ ކުރަމުން. ދަވްލަތުންވެސް އެނޫންފަރާތަކުންވެސް އެމީހުންކުރަމުންދާއަޅުމަށް ހުރަސް ނަޅާ އަދި އެކަން މަނާ ވެސް ނުކުރޭ. ޖާބީރު ދީންބަދަލުކުރަން ބޭނުންނަ ބަދަލުކުރައްވާ އެހިސާބުން ދިވެހިރައްޔިތުކަންގެއްލޭނެ. ދިވެހިރާއްޖޭގެ ގާނޫނުއަސާސީގަ މިހެން އެބަބުނޭ.

    17
    1
  24. Anonymous

    މި މުރުތައްދު ކަލޭގެ ހަވަރައް ދޭން ޖެހޭ

    22
    2
  25. ނައިކް

    އަސްލު ނޫސްވެރިން މިކަން ސާފުކޮށްލަ ދީބަލަ އިލްމު ވެރިންނާ ސުވާލުކޮށްލައިގެން.. މުސްލިމުން އުޅޭ ބިމެއްގަ ކާފަރުން ވަޒަންވެރިވެ ރައްޔިތުންނަށްވެ ދިރިއުޅެން ހުއްދަ ދިނުމަކީ އިސްލާމު ދީނުގަ ހަރާމްކަމެއްތޯ؟؟ އެއްވެސް ދަލީލެއް އެބަ އޮތްތޯ ނޭނގޭތީ އަހާލީ؟؟ ނޫނީ ދީނުގަ ހުއްދަވިޔަސް މިހާ ކުޑަ މީސްކޮޅު މަދު ތަނެއް އެފަދަކަމެއް ކޮށްފިނަމަ ފިތުނަ އުފެދި ލޭއިހޮރުވުމާއި ބައިބައިވުން އަތުވެދާނެކަމަށް މަނާކޮށްފަ އޮންނަކަމެއްތޯ މިއީ؟؟

    6
    10
  26. ކޮރަލް

    މިއީ 100 ޕަސެންޓް މުސްލިމް ގައުމެކެވެ. ދެން ދީނީ މިނިވަން ކަން ބޭނުންނަމަ އެހެން ގައުމަކަށް ދާން ވީ އެވެ. މިނިވަން ކަން ލިބޭނެ އެވެ.

    21
    2
  27. އުބައްޔު

    މިކަލޭގެ މިހުރީ މުރުތައްދުވެފާ ކަލޭމަހަލަ މީހުންނަކީ މިގައުމުގެ ހަލާކު މިކަލޭގެ ހީކުރަނީ ތިމަންނައައްވުރެ ބޮޑަން ދަންނަ މީހަކު ނުއުޅޭނެކަމައް މިތަނުގަ އޮންނާނީ މާތްވެގެންވާއިސްލާމް ދީންއެކަނި މިތަނުގަ އެހެންކަހަލަ ޚުރާފާތް ތަކެއް ނުއުފެއްދޭނެ މިގައުމުގަ އޮންނަންޖެހޭނީވެސް އިސްލާމް ދީންއެކަނި

    14
    1
  28. އައްޓޭ

    މިޖާބިރު ކައިރިން ދިޔާނާ ވަރިވި ފަހުން މިސޮރު ބޯގޮވާ ދިރިތިބީންނަށް ނުހޮރޮއްޕާނެއް

  29. ގުލްޖާސިމް

    ހުރިހާ ކަމެއްގަ ޖާބިރު ބޮލަށް ކެޑުމުގެ ކުރީގަ ވިސްނާލަބަލަ...ކޮބާތަ އޭނަ ހޮވި މީހުންގެ ޒިއްމާ؟..ޖާބިރުވެސް، ހޮވި މީހުންވެސް، ގޯސް...މީނަމީ ކާކުކަން ހަމަ ރަގަޅަށް އެގިތިބެ ފައިސާޔަށް ވިކިގެން ވޯޓް ދިނީ..މިހާރު މީނަ އެކަނި ގޯސްކުރިޔަކަސް ކަމަކު ނުދާނެ..އަދިވެސް ރައްޔަތުންނަށް އެބައޮތް މީނަ އެއްފަރާތް ކުރުމުގެ ފުރުސަތު.

    13
  30. ކޮރަލް

    ފުރަތަމަ ފަހަރު ފެއިލް ވީމަ ވެސް ކާށިދޫ މީހުން ހޮވީ އެވެ.

    12
  31. ހަވާސާ އިބޫ

    ޖާބިރަކީ ދީނީ އިލްމުވެރިޔެއްނޫން އަދިކީއްތަ އެއްވެސް އިލްމުއްގެ ޑިގުރީއެއް ނުވަތަ ސެޓުފިކެއްވެސް ނެތްމީހެއް ވީމާ ގުރުއާނުގެ އާޔަތް ކިޔައި ފިގުހުގެ ނިންމުންތަކަށް ނިންމައި ވާހަކދައްކާކަށް ނުޖެހޭ އަދި ނުވެސް ދެއްކޭނެ. ޖަބިރަކީ ހެޕީ ހޮލިޑޭ އިން ބޮޑުމަހުރަ ޑިގުޜީ އޮތްބޭފުޅެއް އެބޭފުޅާއަށް ދެއްކޭނީ ހޮލިދޭގެ ވާހަކަ!

    9
    1
  32. ބަރުގޮނު

    ރިޔާސަތުންވެސް އަޅައެއް ނުލެއްވި. މެމްމަރުންވެސް ހަނު ތިއްބެވީ. ނިޒާމީ މަސްއަލައެއްވެސް ނެތީ.. ސިޔާސީ ކަމަކާ ގުޅޭ ވާހަކައެއްކަމަށް ވީނަމަ .. ލައްކަ އަޑު ހުރީސް . ނިޒާމީ ނުގުތާތަކުން ތަޅުން ފުރުނީސް ...

    12
  33. ވިސްނާ

    ގިޔާމަތް މަހުޝަރު ދުވަހު ރައްބުލް ކާއިނާތުގެ ދަރުބާރުގައި ތިޔަ މެމްބަރުންނަށް ލިބިދީފައިވާ އިމްތިޔާޒުތަކަށް ރިއާޔަތްކުރުމެއް ނޯންނާނެ. މަޖިލީސް އެކަންޏެއްނޫން އެމީހަކު ވީ ކޮންމެ ތަނެއްގައި ދައްކާފައިވާ ވާހަކައަކަށް ވިޔަސް ކޮށްފައިވާ އަމަލަކަށް ވިޔަސް އަދުލުވެރިކަމާއެކު އެކަންކަމަށް ޖަޒާދެވޭނެ. ހެޔޮ އަމަލުކުރި މީހުންނަށް އުފާވެރިކަން ހުއްޓެވެ. ނުބައި އަމަލުކުރި މީހުންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ.

    12
  34. ލޮލް

    ގުރައިދޫގައި ހުންނަ މެންޓަލް ހޮސްޕިޓަލަށް ޖާބިރު ފޮނުވާލަން ޕެޓިޝަނެއް ހަދާފައި ކަމާބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ކަމަށް ދެކެން.

    11
  35. ޢަހ

    ތިޔައީ ބަޔަކު އަޑީގައ ތިބެ އޭނަ ބޭރައް ދައްކާ ޖޯކަކަށް ހަދައިގެން ކުރާ ވ ސީރިއަސް ކަމެއް. މިފަދަ ނުބައ ވާހަކަ އެއް ދެއްކި އިރު ދެންތިބި އެއްވެސް މުސްލިމެއްގެ ލޭ ނުކެކޭތޯ؟ ޢަސަރެއްވެސް ނުކުރިތޯ؟ ޢެއީ ޕާޓީއާއި ދެކޮޅަށް ދެއްކި ވާހަކަ އަކަށް ނުވާތީތަ؟ ޥީއިރު މިއީ އެންމެން ވެގެން ހިންގަން އުޅޭ ޖަރީމާއެއް

    12
  36. ނ.ނ

    މި ކަލޭގެ މިތަނައްވައްދަނީ ކޮންބައެތްތަ އެމީހުން މިކަމުގެ ޒިއްމާއުފުލައްޖެހޭ

    12
    • ލޮލް

      ދައުވާ ކުރަންވީ ހަމައެކަނި ޑުރަގު ވިއްކައިގެން ހޯދާ ފައިސާ ބޭނުން ކުރާ މީހުންނަކަށްނޫން. މިފަދަ ބޯބުރާންތިންނަށް ވޯޓު ދީގެން ގައުމުގެ ބޮޑެތި ޒިންމާތައް ހަވާލުކުރާ މީހުންނަށްވެސް ދައުވާ ކުރަންޖެހޭނެ. އެހެންނޫނީ ދެންވެސް މިކަހަލަ ދެއުޅިއެއްނުވާ މީހުންނާ ރައްޔިތުންގެ ބޮޑެތި ކަންކަން ހަވާލުކުރާ މިންވަރު އިތުރު ވެދާނެ.

  37. ރައްޔިތުމީހާ

    ޕާޓީ ރައީސް ވާހަކަ ދައްކަބަލަ އޮޅިގެން ނޭގިވެސް އެ ވާހަކައެއް ތިޔަ މަޖިލީހުން ހުއްޓުވާނެ.... ތީ ދެއޮޅިއެއްނުވާ ބިންމަތި ފަސާދަކުރަމުންދާ ކިޔޭ ނުކިޔޭއެއްޗެއް ނޭގޭ ބޭފުޅެއް... ބުއްދި ފުރިހަމަނޫންކަމަށް ބަލާ ކޯޓުން އޭނާގެ މެމްބަރުކަން ނަގަންޖެހޭ މީހެއްތީ

    10
  38. ޖަނބުރޯލު

    މިވަރުގެ މީހުންނަށް ކޮން ބައެއްތަ މި ވޯޓު ލަނީ؟ ކާށިދޫ މީހުން ވެސް ސިކުނޑި ބޭނުންކުރޭ. މީނަ މާ އަނގަ ނުތަޅާ ވައުދުވި ކާށިދޫ ކޭބަލްކާރ ހެދޭތޯ ބަލާބަލަ! އިންޝާ ﷲ މި ބިމުގައި ފައްޅިއެއް ނޭޅޭނެ. ބުދުތަކާއި ޞަލީބެއް ނުބެހެއްޓޭނެ. މުރުތައްދުންނަށް މި ގައުމުގެ ރައްޔިތުކަން ގެއްލޭނެ. މި ބޮއެގެން ހުންނަ ލާދީނީ މޮޔަ ކަލޭގެ މަޖިލީހުން ބޭރުކުރަންވީ! މާ އަނގަ ގަދަ ވަންޔާ މިގައުމުންވެސް ބޭރުކުރަންވީ!

    13
  39. ޝަފާން

    މީނާއަކީ މިހާރު ދިވެހި ރާއްޖޭގެ އިސްލާމީ މުޖުތަމައުއަށާއި އަދި ދީނައް ހުރި ނުރައްކަލެއް.

  40. ތިމަންނަ

    މިއީ މޮޔަސޮރެއް.. މިފަދަ ކުދިންގެ ފަރުވާއަކީ ހިކިމިރުހުން ދުން އަޅާފަ، އަގަ ފިހޭވަރަށް ހޫނު ބޮނޑިބަތް ކާންދިނުން

  41. ޙހހހ

    މަޖިލީގައި އެވަގުތު ރިޔާސަތު ބެލެހެއްޓި މީހަކާއި މި ނުލަފާ ކަލޭގެ މަޤާމުން އިސްތިއުފާ ދޭންޖެހޭނެ ، އޮންނާނީ ވައްކަން ކުރިމީހާގެ ހުކުމް
    ވައްކަން ކުރިމީހާއި ، އެކަމަށް އެހީތެރިވި މީހާއާއި ، އެކަން އެނގިހުރެ ނުހުއްޓުވި މީހާގެ ހުކުމް

  42. Anonymous

    ﷲގެ ޙަޟްރަތުގައި ދީނަކީ ހަމައެކަނި އިސްލާމްދީން.
    ޖާބޭ ކައޭ ބޭނުން ދީނަކަށް އުޅެން ފުރުޞަތު އެބައޮތް. ނައްޓާލާ ފެއްސިގެން ރައްކާވޭ މިޤައުމުން. އޮތީ ދެގޮތް. ސުވަރުގެއާއި ނަރަކަ
    މިދިވެހި ފަސްގަނޑުގައި އިތުރު ދީންތައް ފަތުރަށް ހަދާނޭ ކަމެއްނެތް. ބޭނުން ދީނަކަށް އުޅެވޭނެ ތަންތަން ހުރި ތަންތަނަށް ފެއްސިގެން ރައްކާވޭ

  43. ތިމާވެށި

    ކާށިދޫ އަށް އަރު ވާނެ ކަމެއް ނެތެވެ.

  44. ޝުވާޒު

    އަޅުގަނޑު ދެކޭ ގޮތުގައި ކާށިދޫ ދާއިރާގެ ގޮނޑި މިހާރުވަނީ ގާނޫނީގޮތުން ބަލާއިރު ހުސްވެފަ. ވީމާ ގޮނޑިޔަށް ބައިއިލެކްޝަން އިއުލާން ކުރަންވީ. އަދި މީނާގެ މައްޗައް ދައުވާކުރަން ފޮނުވާފަ ޕާސްޕޯޓު ހިފަހައްޓަންވީ.

  45. މެން

    ޖާބިރު މަޖިލީހުން ވަކިކުރަންޖެހޭ މަޖިލީހުގެ މެންބަރަކައްވިސް ދީނައް ފުރައްސަރައެއް ނުކުރެވޭނެ

  46. ހަލީމު

    ޖާބިރު އެކަންޏެއް ނޫން ތިކަހަލަ ވާހަކަދައްކަނީ. ކޮބާ ވެލެޒިނީ. ވެލެޒިނީ މުރުތައްދުވެ ރަސޫލުކަމަށް ދައުވާކުރީމާ ވެސް ސަރުކާރުން އަޅާނުލި. ތިކަހަލަ މީހުން ގިނަވަނީ ސަރުކާރުން ތިކަހަލަ މީހުންނަށް ހައްގު އަދަބު ނުދޭތީ.

  47. Anonymous

    ދެން ހެވެއްނު މިކަހަލަ ލާދިނީ މީހުން ރަށްރަށަށް އެރީމާ ކޮންމެ ފަދަ ކަމެއް ރައްޔިތުން ކުރިޔަސް.

  48. ފާތުން

    މަޖިލިސް ފެއިލް، ސަރުކާރު ފެއިލް، މިޤައުމެއް ވާ ނެތް ދެނެއް.

  49. Anonymous

    ވަރަށް ރަނގަޅު ވާހަކައެއް