ށ. މާއުނގޫދޫން ކޮވިޑް-19ގެ ވޭދަނަތައް ފެނި ރަށް ބަންދު ކޮށްފިއެވެ.

އެރަށު ކައުންސިލްގެ ރައީސް އާދަމް ސަލީމް "ވަގުތު" އަށް ވިދާޅުވީ ރަށް ބަންދު ކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

އަދި އެރަށުން ކޮވިޑަށް ފައްސިވެފައިވަނީ، މިދިޔަ ހޯމަ ދުވަހު އެރަށު ހެލްތް ސެންޓަރުގެ ފްލޫ ކްލިނިކަށް ދެއްކި ދެ ފަރާތެއްކަމަށް ސަލީމް ވިދާޅުވިއެވެ.

އެރަށުން ކައުންސިލުން ބުނީ ފައްސިވެފައިވާ މީހުންނާއި ގާތުން އެއްތާވި ތިން މީހެއްގެ އަދި ސުންކު ނުނަގާ ކަމަށެެވެ. އަދި ދެ މީހަކު ފައްސިވުމާއި ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 9، 10 ފިޔަވައި އެހެން ގްރޭޑްތަކުގެ ދަރިވަރުންނަށް ކްލާހަށް ހާޒިރުވެގެން ކިޔަވައިދިނުން މެދުކަނޑާލައިފައިވާކަން ކައުންސިލުން ފާހަގަ ކުރިއެވެ.