އެމްޑީޕީގެ ޖަލްސާގައި އިބޫ ވާހަކަދައްކަވަނީ – ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ޖަލްސާގައި އިބޫ ވާހަކަދައްކަވަނީ – ފޮޓޯ: އެމްޑީޕީ

އެންމެނަށް އުފަލާއި މަޖަލުގައި އުޅެވޭނެ ސިޔާސަތެއް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.

މިއަހަރު އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީން އެކުލަވާލި މެނިފެސްޓޯގައި ވާ މި ސިޔާސަތުގެ ދަށުން މަޖާކޮށް ކުޅިވަރު ކުޅެ މުނިފޫހިފިލވުމުގެ ފުރުސަތު އެންމެނަށް ހޯދައިދެވޭނެއެވެ. އަދި ޝައުގުވެރިކަން ހުންނަ އެންމެނަަށް ބޭނުން ކުރެވޭނެ ގޮތަށް މަޖާ ކުރުމާއި މުނިފޫހި ފިލުވުމަށް ތަންތަން ފަރުމާކުރެވޭނެއެވެ.

އެމްޑީޕީއިން 2013 ވަނަ އަހަރު ހުށައެޅި މެނިފެސްޓޯގައި ވެސް ވަނީ ބިރަކާއި ނުލައި މަޖާކުރުމުގެ ސިޔާސަތެއް ކަނޑައަޅާފައެވެ. އެ ފަހަރު އެތަށްބައެއްގެ ފާޑުކިޔުން މި ސިޔާސަތަށް އަމާޒުވިއިރު ވެރިކަން ކުރާ ޕީޕީއެމްއިން ބުނީ ބިރަކާއި ނުލައި މަޖާކުރުމުގެ ސިޔާސަތުގެ މަގުސަދަކީ މަސްތުވާތަކެތީގެ އަވައިގައި ޖެހިފައިވާ މީހުންގެ ވޯޓު ހޯދުން ކަމަށް ވެދާނެ ކަމަށެވެ.

ބިރަކާއި ނުލައި މަޖާކުރުން މި ނަމުގައި އޭރު ކަނޑައެޅި ސިޔާސަތުތައް އެކުލަވާލައި އެމްޑީޕީންގެ އެކި ފަރާތްތަކުން ވާހަކަ ދައްކަމުން ގެންދިޔައީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ހިތްވަރު ލިބޭގޮތަށް ކަމަށް ގިނަ ފަރާތްތަކުން ދިޔައީ ބުނަމުންނެވެ.

122 ސަފުހާގެ މައްޗަށް އެކުލެވޭ އެމްޑީޕީގެ 2018 ވަނަ އަހަރުގެ މެނިފެސްޓޯގެ މައިގަނޑު ފަސްކަމެއް ވާއިރު މެނިފެސްޓޯގައި ހިމެނޭ މައިގަނޑު ފުރަތަމަ ބަޔަކީ، ޖަޒީރާ ދިރިއުޅުން، އޭގެތެރޭގައި ހިމެނެނީ ލާމަރުކަޒީ ނިޒާމު ފުރިހަމަކޮށް ކައުންސިލުތަކާއި ރައްޔިތުން ބާރުވެރިކުރުވުމެވެ.

ދެވަނަ ބަޔަކީ ނޫ އިގްތިސާދު. އޭގެތެރޭގައި ހިމެނެނީ ސީދާ ރައްޔިތު މީހާގެ އާއްމުދަނީ އިތުރު ކުރުން އަދި ތިން ވަނަ ބަޔަކީ ޖަޒީރާ ދިވެހި އާއިލާ، ނުވަތަ ފަހުރުވެރި އާއިލާ އޭގައި ހިމެނެނީ އަންހެނުން ބާރުވެރި ކުރުމާއި ދިރިއުޅުމުގެ ފެންވަރު މަތި ކުރުމެވެ.

މެނިފެސްޓޯގެ ހަތަރުވަނަ ބަޔަކީ އޯގާތެރި ސަރުކާރު. ހަމަހަމަ ފުރިސަތު ހޯދައިދީ، ހައްގު މަންފާ ހޯދައިދީ، ކޮންމެ ކުއްޖަކަށް ފޮއްޓެއް. މައިމީހާ ވިހެއުމުން ހަ މަސް ދުވަހުގެ ޗުއްޓީ މުސާރައާއެކު ދިނުމެވެ.އަދި ފަސް ވަނަ ބަޔަކީ އިންސާފު. ހައްގުތައް ކަށަވަރުކޮށްދީ ދޮޅު އަހަރުގެ ސަރުކާރަކަށް މިސަރުކާރު ވާން ޖެހޭ. އަދި ކޯލިޝަންތަކަށް ގާނޫނީ ހައިސިއްޔަތުދީ. ވެރިކަން އޮމާންކަމާއެކު މަޖިލީހުން ބަދަލުވާނެ ގޮތަށް ހަމަޖެއްސުން. އިންސާފު ގާއިމުކޮށްދޭނެ ނާއިންސާފިުން ކޮށްފައިވާ ކަންކަމަށް އިންސާފު ހޯދައިދިނުމެވެ.

މެނިފެސްޓޯ ޓީމްއަކީ "ޖަޒީރާ ރާއްޖެ". އެއީ ރައީސް ނަޝީދު ކެމްޕެއިންގައި ބޭނުންފުޅު ކުރެއްވި ތީމްއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބޭނުމެއްނެއް ތިޔަބައެއްގެހިމާޔަތެއް ދިވެހިންބޭނުންވަނީ ތަރައްގީ ރައީސްޔާމިންއާއެއްކޮން 2018ރައީސްޔާމިންޢިންޝާﷲ

  2. "އުފަލާމަޖަލުގައި" މިއީ މުސްލިމުންނަށް ރަގަޅު ޝިއާރެއްނޫން.

  3. 2018 މެނިފެސްޓޯގައިވާ ފޮށީގައި މިފަހަރުވާނީޑޯ ކިރުތަ ؟

  4. ބަލަ އުފަލާއި މަޖަލުގައި އުޅެން ވައުދުވާއިރު ބިރެއް ވެސް ނަހައްދަވާތޯ؟ މީ އިސްލާމީ މުޖުތަމަޢެއް. މިތާ އުޅެވޭނީ ދީނުގައި އަންގަވާފައިވާ ގޮތަށް. އުފާކޮށް މަޖާކުރާކަށް ނޫން މާތް ﷲ އަމުރުކުރައްވާފައި ވަނީ. ﷲ އަށް އަޅުކަންކޮށް އެދީން މަތިވެރިކުރުމަށް. އަދި ޙަލާލު ގޮތުގައި މަސައްކަތް ކޮށް އަބުރުވެރިކަން މަތީ ދުނިޔެ ދޫކޮށް ދިއުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އަހަރެމެން އެންމެނަށް ވަނީ އަންގަވާފަ. އެހެން ވީމާ އިބޫ އެއް ކަމަކު އެގޮތުގެ މަތިން ވަޢުދު ކުރައްވާ!

  5. އިބޫގެ ސަރުކާރުން ސިވިލްސާވެންޓުންނައްް ދެރަގޮތެއްނުހަދާނެބާ!

  6. މިހާެރުވެސް މިއުޅެނީ، ތިމަޖަލަކާހެދި ގޭގަ ނިދަން އޮންނަންވެސް ނުކެރިގެން، މިދުނިޔެޔަށް ކަލޭމެން ފޮނުވީ މަޖާކުރަންތަ، މަގޭވޯޓް ކަލޭމެންނަށް ޙަރާމް

  7. މަގޭވޯޓްވެސް އެމްޑީޕީ އަށް ހަރާމް އުފަލާ މަޖަލުގަ އެމްޑީޕީ މީހުން އުޅެންވީނު އަންނިރައީސް އާއި އިބޫ ރައީސް ހިއްސާ ވާ ގޮތަށް ބަލަ އިސްލާމް ދީނަށް ވަށްބަހުން ފުރައްސާރަ ނުކޮށްބަލަ މިތިބަ އެއްއުރައިގަ ތިބި ދެ ރައީސުން.

  8. ޝަމްސުއްދީން

    މީ ބިރުވެރި ވާހަކައެއް. އުފަލާމަޖަލުގައި އުޅުމަކީ އިސްލާމްދީން ބާރުއަޅާ ކަމެއްނޫން. އުފަލާ މަޖަލުގައިި އެންމެން އުޅުމަކީ ކިރިސްޓިއަނުންގެ އަގީދާ.

  9. މާޒީވެ ދިޔަ އެމްޑީޕީގެ ވެރިކަމުގައި ހަމަ ޔަގީނުން ވެސް އަހަރެންނަށް ލިބުނީ ބޮޑު ހިތްދަތިކަމެއް. ސިއްހީ ދާއިރާ ޕްރައިވެޓައިޒްކޮށް ފިރިމީހާގެ ވަޒީފާ ގެއްލުމމުގެ ސަބަބުން އަޅުގަނޑު މެން ޖެހުނީ ދަރިންކޮޅު ގޮވައިގެން ރަށުން އަތޮޅުން ބޭރުވާން. ޢެވަރުންވެސް އަދި ފުދުނީއެއް ނޫން. ޑުވަސްކޮޅަކުން ސިވިލް ސާވެންޓުންގެ މުސާރަ ހަމައަށް ނުދީ ހިފަހައްޓާކުރި އަނިޔާ ދުވަހަކު ހަދާން ނުނެތޭނެ. 2008 ގަ ކަލޭމެންގެ ދަންތޫރައިގަޖެހި ވޯޓް ދިނަސް މިފަހަރު މަގޭ އާއިލާގެ ވޯޓް ﷲގެ އިރާދަފުޅާއި އެކު ރައީސް ޔާމީން ދެވަނަ ދައުރަކަށް.

  10. އެއީ ކްރިސްޓި އަނުންނާއި ދީން ގަބޫލު ނުކުރާމީހުން ރާއްޖޭގައި އުޅޭތީ އެމީހުންނައް މިނިވަން ކަން ހޯދައިދިނުން. ފާޅުގައި އެމީހުން ބޭނުންވާގޮތައް ބިން ފަސާދަ ކުރަން ދިނުން

  11. ދުނިޔެ ހިތަކަށް ލިބުނަސް އަބަދު އުފަލާ މަޖަލަކު ނޫޅެވޭނެ. ތިއީ ބޭކާރު ވާހަކައެއް!