ރާއްޖޭގައި ކަނޑު ބޯޓުދަތުރުފަތުރު ކުރާ މީހުންގެ ހައްގުތައް ރައްކާތެރި ކޮށްދޭނެ ބިލެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެ މަސައްކަތްކުރަނީ ސަރުކާރާއި ސީފެއަރާސް ރައިޓްސް އިންޓަނޭޝަނަލް (އެސްއާރުއައި) އާ ގުޅިގެންނެވެ. އެކަން ހާމަކުރެއްވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކަނޑުދަތުރުފަތުރުގެ ދުވަހުގެ މުނާސަބަތުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ދެއްވި ހިތޯބުގައެވެ.

ބައިނަލްއަގްވާމީ ކަނޑުދަތުރުފަތުރާ ބެހޭ ޖަމްއިއްޔާ އިންޓަނޭޝަނަލް މެރިޓަމް އޯގަނައިޒޭޝަން (އައިއެމްއޯ) ވުޖޫދުވެގެން އައިސްފައިވަނީ 17 މާޗު 1948 ގައެވެ. ރާއްޖެއިން އެ ޖަމިއްޔާގެ މެމްބަރަކަށް ވެފައިވަނީ 31 މެއި 1967 ގައެވެ. އަދި ފުރަތަމަ ފަހަރަށް އައި.އެމް.އޯ އަށް ދިވެހިރާއްޖޭގެ ފަރާތުން ދާއިމީ މަމްދޫބެއް ކަނޑައެޅިގެން ދިޔައީ 06 ޖުލައި 2021 ގައެވެ.

މި އަހަރުގެ ކަނޑުދަތުރުފަތުރު ދުވަހުގެ ޝިޔާރަކީ "ސީފެއަރާސް: އެޓް ދަ ކޯ އޮފް ޝިޕިންގ ފިޔުޗާ" އެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ ކަނޑުދަތުރުފަތުރުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމަކީ މުހިއްމު ކަމެއް ކަމަށާއި ސިނާއަތް ކުރިއެރުވުމަށް އެންމެ ބޭނުންވަނީ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ގާބިލް މީހުން އުފެއްދުން ކަމަށެވެ. މިދާއިރާއަށް ބޭނުންވާ މީހުން އުފެއްދުމަށްޓަކައި ގައުމީ ޔުނިވަސިޓީއާއިއެކު އެ މިނިސްޓްރީން ވަނީ އެމްއޯޔޫ އެއްގައި ސޮއިކޮށްފައެވެ.

"މި އެމްއޯޔޫގެ ދަށުން ޑެކް އޮފިސަރުންނާއި އިންޖީނު އޮފިސަރުން ތަމްރީނު ކުރެވިގެން ދާނެ" މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އޭގެ ބޭނުމަކީ ޒުވާނުންނަށް މިދާއިރާއަށް ވަނުމަށް ހިތްވަރުދިނުމާއި މިކަމަށް މިދާއިރާގައި ހުރި ފުރުސަތުތައް ބުނެ ދިނުން ކަމަށް ވިދާޅުވިއެވެ.

ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ދާއިރާއަށް މީހުން ބިނާ ކުރުމަށާއި ދާއިރާ ތަރައްގީކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ނަހުލާ ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވަވާ

    މިއީ ދިވެހިރާއްޖެ.
    މި ރާއްޖޭގައި ދިވެހިބަހުން ކިޔަވައިދީގެން (އެޑްމިން/ފައިނޭންސް/އައިޓީ/ބިޒްނަސް/ޓްރާންސްޕޯޓް) ފަދަ ދާއިރާއިން ޑިގްރީއަށް ކިޔަވައިދޭ ތަނެއް. އެހެން ގައުމުތަކުގައި އެ ގައުމުގެ މާދަރީ ބަހުން މި ދެންނެވި ދާއިރާތަކުން ޕީއެޗްޑީވެސް ނެގޭ. ދެން އޮތީ އެދާއިރާތަކުން ޑިގްރީ ނަގައިގެން ސަރުކާރުގެ އޮފީހަކަށް ވަނަސް ފުރަތަމަ ޖެހެނީ އަނެއްކާ އެހެން ޓްރެއިނިންގއެއް ދޭން. މިސާލަކަށް އެކައުންޓިންގ އިން ޑިގްރީ ނަގައިގެން ސަރުކާރު އިދާރާތަކުގެ ފައިނޭންސްގައި ކުރާކަމެއް ކުރާކަށް ނޭންގޭ.

  2. ބާބާ

    ވާވާ
    ތި ކޮމެންޓުން ބުނަން ތި އުޅެނީ ރާއްޖޭގައި ދިވެހި ބަހުން ޑިގްރީއަށް ކިޔަވައިދޭ ކޮލެޖު ނުވަތަ ޔުނިވަރސިޓިއެއް ނެތް ވާހަކަ.

  3. ކުރުކުރު

    ކަމަނާ ތުރުކުރެއްވި އަބާޔާތައް ބޭނުން ނުކުރައްވަންޏާ އަޅުގަނޑުގެއަންހެނުންނަށް ދެއްވާނަންތޯ