ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ރައްޓެހިނންނަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖްގެ ހިދުމަތް ދިނުމާއި މަޖިލީހުގެ ނައިބް ރައީސް އިވާ އަބްދުﷲ ދެކޮޅު ހައްދަވައިފިއެވެ.

މިހާތަނަށް އަމަލުކުރަމުން އައި ގޮތުން ނަމަ ވިއައިޕީ ލައުންޖުގެ ހިދުމަތް ލިބޭނީ މެންބަރުންނާއި، އެ މެންބަރެއްގެ އަނބިކަނބަލުންނަށް ނުވަތަ ފިރިކަލުންނަށާއި ދަރިންނަށް އަދި މައިންބަފައިންނަށެވެ. އާންމު ކޮމިޓީން ނިންމީ މެންބަރުންގެ ދެ ރައްޓެހިންނަށްވެސް ވީއައޕީ ލައުންޖުގެ ހިދުމަތް ލިބޭ ގޮތަށެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު "ވަގުތު"އަށް ވިދާޅުވީ އާންމު ކޮމިޓީގެ ނިންމުމާއި ރިޔާސަތުން ދެކޮޅު ކަމަށެވެ.

ލައުންޖުއަށް ހަރަދުކުރަނީ މަޖިލީހުގެ ބަޖެޓުން ކަމަށްވާތީ އެކަން އެހެން ކުރުމުން ބަޖެޓަށް ބުރާބޮޑުވާނެ ކަމެއް ކަމަށް މިވަގުތު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެން ހުންނެވި އީވާއާ ހަވާލައިދެއްވާ ޒިޔާ ވިދާޅުވިއެވެ.

އެ ނިންމުމާއި ގުޅޭ ގޮތުން އާންމު ކޮމިޓީގެ މެންބަރުންނާ އީވާ ބައްދަލުކުރައްވާނެ ކަމަށްވެސް ޒިޔާއު ވިދާޅުވިއެވެ.

އެ ނިންމުމަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހަވާސާ އިބޫ

    މެންބަރުންގެ ގޯލްފުރެންޑައި ބޯއީފުރެންޑާއި ބިޓުންތަކާއި ކަންމަތީ ގައި ގެންގުޅޭ އެކުޓިވިސްޓުންނަށްވެސް ވީއައިޕީ ލިބޭގޮތް ހެދުމުގެ އިތުރުން އއެމީހުންނަށް ހެލްތު އިންސުއަރެންސްވެސް ދޭންވީ ލަންޑަނާއި އމެރިކާއިން.

    9
    2
  2. އީވާ 100

    އަހަރެން މިކަމަނާ މިހާތަނަށް ދެއްކި އެއްވެސް ހޮޅިވާހަކައަކަށް ތާއީދެއް ނުކުރަން.
    ނަމަވެސް މއަދު ތި ނިންމިނިމުމަކީ 100ގެ ނިންމުމެއް. ރައްޓެހިން ލައުންޖައް ވައްދަން ހުއްދަ ދިނުމަށްވުރެ ދާއިރާގެ ރައްޔިތުން ވެއްދުން މާރަނގަޅުވާނެ.

    10
  3. ދުނިދަނޑި

    މެމްބަރުންގެ ރައްޓެހިންނަށް ވީއައިޕީ ދިނުމަށް ރިޔާސަތުން ދެކޮޅުހަދަން ކެރުނު އެކަމަކު މެމްބަރަކު އިސްލާމްދީނާ ޚިލާފުވެ ދީނާ ދެކޮޅު ވާހަކަ މަޖިލީހުގަ ދެއްކީމާ ރިޔާސަތުން ތާއީދު ލާދީނީ ރިޔާސަތެއްކަން ވަރަށްސާފު

    6
    3
  4. އަޙްމަދު

    އިއްޔާ މަޖްލީހުގާ ދީނީ މީނިވަނަކަން ނުލިބިގެން މީހަކު އުޅުނުއިރު ބަޔަކު މީހުންނަށް ކަމެއްވާހެން ހިވެސްނުވެ ތިބެވުނު! އަޖާއިބެއް!

    6
    3
  5. އަޖައިބު

    މީވެސް މި މީހުން ބޮޑު މުސާރަ ނަގައިގެން ބަހުސްކޮށް ހިޔާލު ހޯދާ ވޯޓު ލާން ޖެހޭ ކަންކަންތަ ؟؟؟

  6. އަލީ

    ވީއައިޕީ އަށްވާނެ ކެނެރީ ސިއްކަ ދޭލިޔާ ނޫރާނީ ހާންދާނުގެ ކޮންމެ މީހެއް.. ފިރިކަލުން ސޯޓް ލައިގެން ވީއައިޕީވެފައި އިނީމާ ނިމުނީމު

  7. ބަރުގޮނު

    ތިޔަ ލައުންޖުގެ ނަމުން ވީ.އައި.ޕީ ކަޑާލާފައިި މެމްބަރުން ރައްޓެހި ދިވެހިންނަށާ ބިދޭސީންނަށް ވަދެވޭގޮތް ހަދަންވީ. ބިލެއް އޮވެއްޖިއްޔާ ކޮންމެފަހަރަކުވެސް މަޖްލިސް ތަޅަމަށް ހުށަހަޅައިގެން ފާސް ކުރާ ގޮތަށް އޮތީމާ ރަގަޅުވާނެ.