ޝައިހް އިމްރާން އަބްދުﷲ

ގޭބަންދުގައި މި ވަގުތު ހުރި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އައިޖީއެމްއެޗަށް ގެންގޮސްްފިއެވެ.

"ވަގުތު" އަށް އެގިފައިވާގޮތުގައި ޝައިޚް އިމާރަން އައިޖީއެމްއެޗަށް ގެންދިޔައީ އެމްއާރުއައި އެއް ހަދާށެވެ. މިކަމާއި ގުޅޭގޮތުން ކަރެޝަންސް އިން އަދި ވަކި އެއްޗެށް ނުބުނެއެވެ.

ނިރުބަވެރިކަމުގެ ކުށުގައި 12 އަހަރަށް ޖަލަށް ލާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގޭބަންދަށް ބަދަލުކޮށްފައި ވަނީ މިދިޔަ މަހު 26 ވަނަ ދުވަހުއެވެ.

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި އިމްރާން ގޭބަންދަށް ބަދަލުކުރީ އޭނާ ހުންނެވި ގޮޅި މަރާމާތު ކުރަން ކަމަށާއި އެ މަރާމާތު ނިމުމާއެކު އަލުން ޖަލަށް ބަދަލުކުރާނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

އިމްރާން ގޭބަންދަށް މި ބަދަލުކޮއްފައިވަނީ ސިއްހީ މައްސަލަތަކެއް ކުރިމަތިވެވަޑައިގެންފައިވުމާ އެކު ޖަލުގައި އެކަށީގެންވާ ފަރުވާ ނުލިބޭތީވެ އޭނާ ގޭބަންދަށް ބަދަލުކޮށްދޭން އާއިލާ އިން ތަކުރާރުކޮށް އެދިފައި ވަނިކޮށެވެ.

ދިގު މުއްދަތުގެ ޖަލު ހުކުމެއް އިމްރާނަށް އިއްވީ، މެއި އެކެއް، 2015 ގައި ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި ބޮޑު މުޒާހަރާގައި، ނިރުބަވެރިކަމަށް މަގުފަހިވާ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ ކުރި ދައުވާގަ އެވެ. އިމްރާނަށް ހުކުމް އިއްވީ ބޭއިންސާފުން ކަމަށް ބުނެ އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް މައްސަލަ ހުށަހެޅުމުން އެ ގްރޫޕުން ނިންމީ އިމްރާނާ އެއްކޮޅަށެވެ.

އިމްރާން ވަގުތުން މިނިވަންކޮށް، މިހާތަނަށް އޭނާ އަށް ގެއްލުނު ހައްގުތަކުގެ ބަދަލު ދޭން ވެސް ޔޫއޭން ވޯކިން ގްރޫޕުން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރުޒާނާ ޗޮއްޕަޓު

    ރަނިންމޭޓްކަން ލިބޭތޯ ތޯއްޗެ!

  2. ބުއްޅަަަަަަބ/ެ

    އަޑިއަޑިން ބުރުމ/ަޔަސް ލޮޓިދީފަ އަދި ބުރުމާއަތުން ލާރި ކޅުވެސް ކާލައިގެން އެއްމެ ފަހުން އެމްޑީޕީއާއި ޑީލް ހަދ/ަލީ، މިއީ ވަރުގަދަ ޚާއިނެއް!