Brazil's defender Marcelo leaves the pitch during the Russia 2018 World Cup Group E football match between Serbia and Brazil at the Spartak Stadium in Moscow on June 27, 2018. / AFP PHOTO / Patrik STOLLARZ / RESTRICTED TO EDITORIAL USE - NO MOBILE PUSH ALERTS/DOWNLOADS

ވޯލްޑް ކަޕުގެ ދެވަނަ ބުރުގައި މިރޭ މެކްސިކޯ އަދި ބްރެޒިލް ބައްދަލު ކުރާއިރު ބްރެޒިލްގެ ޓީމުން ފަށާނެ ކުޅުންތެރިން އެޓީމުގެ ކޯޗު ޓިޓޭ އިއުލާނު ކޮށްފިއެވެ.

ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސާބިއާ އާއި ދެކޮޅަށް ފަށާފައިވާ ޓީމު މިރޭ މެކްސިކޯ އާއި ދެކޮޅަށް ފަށާއިރު ބަދަލަކަށް އައިސްފައިވަނީ މާސެލޯގެ ބަދަލުގައި ފިލިޕޭ ލުއިސްއެވެ. ނަމަވެސް މެޗުގެ ވަކި ހިސާބަކުން މާސެލޯ ފެނިގެން ގޮސްދާނެ ކަމަށް ޓިޓޭ ވަނީ ބުނެފައެވެ.

" މުހިންމު މެޗަކަށް ތައްޔާރު ވަމުންދާއިރު ޝައްކެއްގެ މަތީގައި ކުޅުންތެރިން ބޭނުމެއް ނުކުރެވޭނެ. ފަރިތަކުރުން ތަކުގައި މާސެލޯ ބައިވެރިވި ނަމަވެސް މާސެލޯ އަށް ކުޅެވޭނީ 60-45 ވަރަކަށް މިނެޓަށް، މާސެލޯ ބުނެފައިވަނީ އޭނާ އަށް އިތުބާރު ކުރެވޭނެ ކަމަށް" ޓިޓޭ ބުންޏެވެ.

މީގެ އިތުރުން ޓިޓޭ ބުނެފައިވަނީ ބްރެޒިލްގެ ވިސްނުމަކީ އެންމެ ފަހުން ކުޅުމު ދެ މެޗުގައި ކުޅުނު ގޮތަށް ކުޅުން ކަމަށާއި ކުރީގެ މެޗުތަކަށް ވުރެ ބޮޑަށް ޖައްސައިގެން މޮޅުވުމުގެ ވިސްނުމުގައު ބްރެޒިލް ކުޅޭނެ ކަމަށެވެ.

މާސެލޯ ފަރިތަކުރުން ތަކުގައި ބައިވެރި ވި ނަމަވެސް ވަކި ޑްރިލް އެއް ޖައްސާފައިވަނީ މުޅިން އެއްކޮށް ފިޓު ނުވާތީ ކަމަށާއި މާސެލޯ ބޭނުން ކުރަންނޖެހޭނީ ވަރަށް ވިސްނައިގެން ކަމަށް ބްރެޒިލްގެ މުވައްޒަފެއް ކަމަށްވާ ފެބިއޯ މަހްސާޑިޖިއަން ބުންޏެވެ.

ބްރެޒިލް މެޗު ކުޅެމުންދާ ގަޑީގައި ރަޝިޔާގެ ސޯޗީ ވަރަށް ހޫނު ވާނެ ކަމަށް ކަމާއި ބެހޭ ފަރާތްތަކުން ބުނެފައިވާއިރު ފެބިއޯ ބުނެފައިވަނީ ހޫނުގެ ތެރޭގައި މާސެލޯ 120 މިނެޓު (އިތުރު ވަގުތާއި އެކު) ކުޅެން އުނދަގޫ ވާނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު