ށ. ބިލެތްފަހީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުން އިފްތިތާހު ކުރައްވައިފިއެވެ.

އެ ރަސްމިއްޔާތު އިފްތިތާޙްކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމެވެ. ސަރުކާރުން ހިންގަމުން އަންނަ ރަށްގިރުމުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތުގެ ތެރެއިން ސަރުކާރުންވަނީ 2015 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނައި، ބިލެތްފަހީ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު ފަށާފައެވެ.

އެ މަޝްރޫއުއަށް ޖުމްލަ 15,247,932.76 (ފަނަރަ މިލިއަން، ދުއިސައްތަ ސާޅީސް ހަތް ހާސް، ނުވަސަތޭކް ތިރީސް ދެ ރުފިޔާ، ހަތްދިހަ ހަ ލާރި) ދިވެހި ރުފިޔާ ވަނީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮފައިވެއެވެ.

ކެޕިޓަލް އިންވެސްޓްމެންޓް އެންޑް ފައިނޭންސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށް ކުރިއަށް ގެންދިޔަ  އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފަވަނީ 13 ސެޕްޓެމްބަރ 2015 ގައެވެ. އަދި 10 ޑިސެމްބަރ 2016 ގައި މި މަޝްރޫޢުފެ ޢަމަލީ މަސައްކަތްވަނީ ނިންމާފައެވެ.

އެ މަޝްރޫޢުގެ ދަށުން، ބިލެތްފަހި ގިރާ ސަރަޙައްދަށް  25,738 ކޮޑިމީޓަރ ވެލިއަޅައި  520 މީޓަރ ދިގުމިނުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖަހާ، މި ސަރަޙައްދުވަނީ ހިމާޔަތްކޮށްފައެވެ. ބިލެތްފަހި ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންކޮށްފައިވާ ނިޒާމަކީ ރާއްޖޭގެ ހާލަތަށް ބަލާ، ދިރާސާކޮށް، އެންމެ އެކަށޭނޭ ނިޒާމުކަން ސަރުކާރުންވަނީ ފާހަގަ ކުރައްވާފައެވެ.  މި މަޝްރޫއު ސަބަބުން ކުރިއަށް އޮތް މުސްތަގުބަލުގައި ރަށުގެ ތަރައްޤީއަށް ނުހަނު ފައިދާ ކުރާނެކަމަށްވެސް ސަރުކާރުން ބުނެއެވެ.

އެ  މަޝްރޫއުއަކީ ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާ ތަރައްޤީއަށް އަދުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ދެއްވާ އަހަމިއްޔަތުކަމުގެ އަލިގަދަ މިސާލެއްކަމަށްސަރުކާރުންވަނީ ހާމަ ކުރައްވާފައެވެ.

ރައީސުލް ޖުމްހޫރިއްޔާ . ޢަބްދުﷲ ޔާމީން ށ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ. ބިލެތްފަހީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އިފްތިތާހު ކުރައްވާފައިވާއިރު އެމަނިކުފާނުގެ މި ދަތުުފުޅުގައި ށ.ފުނަދޫ، ށ.މިލަންދޫ ، އަށްވެސް ޒިޔާރަތް ކުރައވާ ގޮތައްވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ށ. ބިލެތްފަހީގައި އެއާރޕޯރޓް އެއް އަޅަން ރައީސް ނިންމެވި ކަން އެއީ މަމެން އުފާ ކުރާ ކަމެކޭ އެގޮތަށް ކ. ގާފަރު ފަޅު ހިއްކައިގެން އެތަނުގައި އިންޓަރނޭޝަނަލް އެއާރޕޯރޓެއް އަދި ކ.މާފުށި ފަޅު ހިއްކައިގެން އެތަނުގައި އެއާރޕޯރޓް އެެއް އަދި މާލެ އާއި ވިލިިގިލި އާއި ދެމެދު އޮތް ތިލަ ކަނޑުއޮޅި ހިއްކައިގެން އެތަނުގައި މިލިޓަރީ އެއާރޕޯރޓް އެއް ހަދާނެ އަދި ފޭދޫ ފިނޮޅު ދެކުނުން އޮތް ފަޅުގައި ޑޮމެސްޓިކް އެއާރޕޯރޓް އެއް އަދި ކޮށްދިއްޕަރު ފަޅު ހިއްކައިގެން އެތަނުގައި ޑޮމެސްޓިކް އެއާރޕޯރޓް އެއް އަޅާނެ ކަމަށޭ މަމެން މިދެކެނީ. މާލެ އަތޮޅަށް އެންމެ އެއާރޕޯރޓް އަކުން ނުވާނެއޭ މާލެ އަތޮޅުގެ އުތުރުގައި އެބައޮންނަން ޖެހޭ ތިން އެއާރޕޯރޓް އަދި ދެކުނު ގައި އެބައޮންނަން ޖެހޭ މަދުވެގެން ދެ އެއާރޕޯރޓް. އެގޮތުން އެނބޫދޫ ފަޅު ތާޖް އެގްޒޯޓިކާ އިރުން އޮތް ފަޅު ހިއްކައިގެން އެތަނުގައި ޑޮމެސްޓިކް އެއާރޕޯރޓް އެއް އަޅާ އެތަނާއި އެނބޫދޫ ފަޅު ޑްރީމް އައިލެންޑްސް ތަކާއި ބްރިޖްސް ތަކުން ގުޅުވަންވީއޭ.