އެއްވެސް މީހަކު ބަންދުން ދޫކޮށްލަން ޝަރުތުކޮށްގެން ބާއްވާ މަޝްވަރާާއެއްގައި ޕީޕީއެމް އިން ބައިވެރި ނުވާނެ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަބްދުލް ރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

"އަޅުގަނޑުމެން މިދަންނަވަނީ ފުރަތަމަ މި ފެއްޓޭ މަރުހަލާގައި އެއްވެސް ޝަރުތެއް އޮވެގެން ޕާޓީތަކުގެ މަޝްވަރާއަށް ދަންޏާ ޕީޕީއެމް އިން އެމީހުންނާއެކު އަޅުގަނޑުމެން ނުދާނަމޭ މަޝްވަރާއަކަށް." އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއްވެސް މީހަކު ދޫކޮށްލުމަށް ޝަރުތުކޮށްގެން ބާއްވާ މަޝްވަރާއެއްގައި ޕީޕީއެމް އިން ބައިވެރި ނުވާނެ ކަމަށެވެ.

"އދ ގެ ސެކްރެޓެރީ ޖެނެރަލް ރައީސް ޔާމީންއަށް ގުޅުއްވީ ރައީސް ޔާމީންގެ ސަރުކާރުން ޕާޓީތަކުުގެ މަޝްވަރާއަށް ގޮވާލެއްވީމަ އެކަމަށް މަރުހަބާ ވިދާޅުވުމުގެ ގޮތުން އަދި އެކަމުުގައި އދގެ ދައުރެއް އަދާކޮށްދެއްވަން ދިވެހި ސަރުކާރުން އެދިވަޑައިގެންފިއްޔާ އެކަމަށް ތައްޔާާރަށް އޮންނެވިކަން އދގެ ސެކްރެޓަރީ ޖެނެރަލް ރައީސުލް ޖުމްހޫރިއްޔާ ގާތުގައި ވިދާޅުވިކަމަށް ރައީސް މިއަދު އަޅުގަނޑުމެންގެ ގާތުގައި ވިދާޅުވީ." އަބްދުލް ރަހީމް ވިދާޅުވިއެވެ. އަދި އޭގެ އިތުރުން އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށް އަބްދުލް ރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަދި ޕާޓީތަކުުގެ މަޝްވަރާގެ ތެރެެއަށް އދ އިން ވަނަން ނުވާ ކަމަށެވެ. އަދި އެންމެ ފުރަތަމަ މަޝްވަރާތައް ކުރެވެންވީ ޕާޓީތަކުުގެ މެދުގައި ކަމަށާއި އެއަށްފަހު ޕާޓީތަކާ އެކީގައި ސަރުކާރުން އިށީންނަ ހާލަށް ދިއުމުން ނޫނީ އދ އަށް ދައުރެއް އަދާކުރަން ފުރުސަތު ނުދެވޭނެ ކަމަށެވެ.

އަބްދުލް ރަހީމް ވިދާޅުވީ ޕީޕީއެމް އިން ގަބޫލު ކުރަނީ ރާއްޖޭގައި އުފެދިފައިވާ މައްސަލަތައް ރާއްޖޭގައި ހުރި ޕާޓީތަކުން މަޝްވަރާކޮށްގެން ހައްލު ކުރެވޭނެ ކަމަށް ކަމަށެވެ. އަދި އެ ހިތްވަރު ނެތިއްޖެ ނަމަ މަޑުކޮށްލަން ޖެހިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަރުދާރު

    ފެންވަރު އޮޅިގެން ފޮނިކަނޑާނެކަމެއްނެތް.. މިހާރުވެސް ތިތިބީ ދެފެންދޭތެރޭގަ..

  2. ފާތުން

    ޢަދީބު އަށް ބިރުގަންނަނީތޯ؟

  3. ޙޮއްކޮ

    ބަރާބަރު ދުކޮއްލަންޔާ އެއްމެން ދުކޮއްލާ

  4. ރައްޔިތުން

    .ބައިވެރިވާނެ ކަމެއްނެތް.