މާދަމާއިން ފެށިގެން ކުނި ނަގާނީ ރެޖިސްޓްރީ ކޮށްފައިވާ ގޭބިސީތަކުން އެކަނި ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ބުނެފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ވެމްކޯއިން ދިޔައީ ރަޖިސްޓްރީ ނުކޮށް ތިބި ގެތަކަށް ވެސް ހިދުމަތް ދެމުންނެވެ. އެހެން ނަމަވެސް ކޮވިޑްގެ ހާލަތު ރަނގަޅުވަމުން އައިސްފައި ވުމުން އެކޯޕަރޭޝަނުން ވަނީ މިމަހުގެ ނިޔަލަށް ހިދުމަތްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އެގޮތަށް ހިދުމަތްތަކަށް ރަޖިސްޓްރީ ކުރުމަށް އޮގަސްޓް މަހުން ފެށިގެން ވެމްކޯއިން އައީ ރައްޔިތުންނަށް ހަނދާން ކޮށްދެމުންނެވެ. އެހެން ނަމަވެސް މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ރަޖިސްޓްރީ ކޮށްފައިވަނީ 2،398 ފަރާތެއް ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ. މިއާއި އެކީ ޖުމްލަ ރަޖިސްޓްރީ ކޮށްފައިވާ އަދަދަކީ 12،765 ކަމަށް ވެމްކޯއިން ބުނެއެވެ.

ވެމްކޯއިން އަންދާ ކޮށްފައިވާ ގޮތުގައި އެކުންފުނީގެ ހިދުމަތް 45،000 އަށްވުރެ ގިނަ ފަރާތްތަކުން ރަޖިސްޓްރީ ކުރަން ޖެހެއެވެ. އެހެން ނަމަވެސް ރަޖިސްޓްރީ ކުރުމަށް ދިން މުއްދަތު ހަމަވެ ގިނަ ބަޔަކު ރަޖިސްޓްރީ ނުކުރާތީ ވެމްކޯއިން ވަނީ ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ހިދުމަތް ނުދިނުމަށް ނިންމާފައެވެ.

ވެމްކޯއިން ބުނީ، ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ކުނި އުކާލަން ދާން ޖެހޭ އަމިއްލައަށް ކަމަށާއި މަގުތަކަށް ނެރޭ ކުނިތައް ވެސް ދެން އެކުންފުނިން ނުނަގާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިލްޔާސް ޥަހީދު

    މޮޅުވާހަކަދައްކަން އެކަނިއެގޭނީ ލާރިދައްކާފަ އތބިގެތަކުން ވެސްކުނިނުނެގޭ ބިލްޑިންގަ އަރާފަވެސް އަރާމީހާޔައް ގެންދެވޭވަރައް ގެންދިޔާމަނިމުނީ ދެންހުރިއެޗެއްހުރީ ވެމްކޯގެ ސުޕަވައިޒަރު އަހާލީމަބުނީ އަހަރުމެންނަވާވަރަކުންނޯވާނީ މީކަމަތިބިމީހުންމަދުކަމުންނޯ ނުވަނީ ލާރިގެތަކުން ޕޭނުކުރެޔޯ އެހެންވީމަ ފެން ނޫނީ ކަރަންޓް ބިލަލާފަވެސް މިކަންވާނެ ސަރުކާރުން ވެމްކޯޔަ ޕޭކުރާގޮތައް އެއިރައްމީޓަރެހުރިގެޔެއް ވެޖެއިޔާ ކުނިއުކިޔަސް ނުއުކިޔަސް ލާރިލިބޭނެތާ އެއިރަމިކަން ރަގަޅުވާނީ

  2. އިބްރާހިމްބެއްޔާ

    އަމިއްލަޔައް ކުނި އުކަމުން މިޔޮއްހާޒަމާނު އުޅެމުން މިއައީ ރައްޔިތުންއަމިއްލަޔައް ކުނި އުކައުކަތިއްބާ ރުފިޔާގެ ދަހިވެތިކަމުގަ އަގުނަގައިގެން ރައްޔިތުން އަޅުވެތިކޮއް ދަތިކޮއްގެން ފަސޭހަކަމާއެކް ވޯޓްހޯދަންކުރާމަސަތްކަތްތީ ވާނޭކިޔާފަ ރައްޔިތުމީހާ އަމިއްލަޔައް ކުނި އުކޭނެ ނިޒާމެއްދައްކަން ޖެހޭނެ ރައްފުށުގަ ހިލޭ އަމިއްލަޔައް ގޮސް ކުނި އުކާލެވޭ ހަމައެގޮތައް މާލޭގެ ރައްޔިތުންނައްވެސް އެމިނިވަންކަން އޮންނަންޖެހޭނެ ވޯޓްހޯދަންވީމަ ލޮބުވެތި ރައްޔިތުން ވޯޓްހަމަލިބޭއިރައް އަޅުވެތިކޮއް ނިކަމެތު ކުރުމުގެ ސަގާފަތް މީހަކު ހީހީ ހަސލާކެއް ނުވާނެތަ

  3. ތަކުރު

    ކުނިއުކުމައް އުޖޫރައެއް ނަގަން ޖެހޭނެ ، އެކަމަކު ފައިސާނުދައްކާ ކުނި ވެމްކޯއާ ހަވާލުކުރާ ގޭބީސީ ތައް ގިނަ މިކަން ހައްލއެއް ނުކުރެވުނު،
    މިޙިޔާލު ކިހިނެއްތޯ ؟
    . ކޮންމެ ކަރަންޓް ނުވަތަ ފެން މީޓަރަކީ ގޭސީބީ އެއް އެހެންކަމުން ސްޓެލްކޯ ނުވަތަ އެމް،ޑަބްލިއު،އެސް،ސީ އާ ގުޅިގެން ތިކަން ހައްލު ކުރެވިދާނެކަމައް ފެނޭ،