ކާށިދޫ ދާއިރާގެ މަޖިލީސް މެމްބަރު އަބްދުﷲ ޖާބިރު ވަގުތުން ހައްޔަރުކޮށް، އޭނާއަށް ހަރުކަށި އަދަބުދޭން ކާށިދޫ ކައުންސިލުން ގޮވާލައިފިއެވެ.

ކާށިދޫ ކައުންސިލުން މިފަދައިން ގޮވާލާފައިވަނީ މިމަހުގެ 29 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖާބިރު ދެއްކެވި ވާހަކައަކާ ގުޅިގެން އެ ކައުންސިލުން މިއަދު ނެރުނު ގަރާރެއްގައެވެ.

އެގޮތުން ޖާބިރު ވަނީ އިސްލާމީ ޝަރީއަތާއި ގުރުއާން ތަހުޒީބުވެފައިވާ ކަމަށް ވިދާޅުވެ، އެހެން ދީންތަކުގެ މީހުންނަށް ރާއްޖޭގައި ނަމާދުކޮށް އުޅެވޭނެ ގޮތް ހެދުމަށް ގޮވާލާފައެވެ.

އެކަމާއި ގުޅިގެން ކައުންސިލުން ނެރުނު ގަރާރުގައި ބުނެފައިވަނީ ޖާބިރު މަޖިލީހުގައި ދައްކާފައިވާ ވާހަކަތައް ކުށްވެރި ކުރާ ކަމަށެވެ.

ގަރާރުގައި ބުނެފައިވަނީ ކީރިތިވަންތަ މާތް ﷲ ގެ ހަޟުރަތުގައި ގަބޫލު ކުރެވިގެންވާ ދީނަކީ ހަމައެކަނި އިސްލާމްދީން ކަމަށް ކީރިތި ޤުރުއާނުގެ ސަރީޙަ އިބާރާތުން ބަޔާންކޮށްދެއްވާފައިވާ ކަމަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަކީ މުސްލިމުން ކަމުގައިވެ، މުސްލިމަކަށް މެނުވީ ރާއްޖޭގެ ރަށްވެހިކަން ނުލިބޭ ގޮތަށް ގާނޫނު އަސާސީގައި ލިޔެ، ކަނޑައަޅާފައިވާ ކަމަށެވެ.

ދީންތަކުގެ ޝިއާރުތައް ރާއްޖޭގައި ފައުޅު ކުރުމަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުން މަނާކޮށް އަދަބު ކަނޑައެޅިފައިވާ ކުށެއް ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ.

އެ ވާހަކަތަކަކީ ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ މުރާދާއި މަގްސަދު އޮޅޭ ގޮތަށް އަދި އިސްލާމް ދީނުގެ މަތިވެރި ހުކުމްފުޅުތަކުގެ ހައިބަތު ގެއްލި، އިލާހީ ހުކުމްފުޅު ތަކަކީ މި ޒަމާނާއި މުޖުތަމައުއާ އެކަށީގެންނުވާ ބޯދާ ހުކުމް ތަކެއް ކަމަށް މީހުންނަށް ހީކުރުވައި ތިމާ އުޅޭނެ ދީން އަމިއްލައަށް ކަނޑައަޅައި، ތިމާ ބޭނުންހާ ގޮތަކަށް އުޅެވިދާނެ ކަމުގެ ވިސްނުން ފެތުރުމުގެ ގޮތުން ޖާބިރު ދެއްކެވި ވާހަކައެއް ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ.

ކާށިދޫ ކައުންސިލްގައި ހިމެނޭ ފަސް މެމްބަރުން ސޮއި ކުރައްވައި، މިއަދު ނެރުނު ގަރާރުގައި ބުނެފައިވަނީ މަސައްކަތްތެރީންގެ ގޮތުގައި ނުވަތަ ފަތުރުވެރިންގެ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުންނަށް، އެމީހުންގެ ބާތިލް ދީން ތަކުގެ ޝިއާރުތައް އާއްމުކޮށް ފާޅުގައި އަޅުކަން ކުރެވޭ ގޮތަށް އެ ދީން ތަކުގެ ފައްޅި ތަކާއި އަޅުކަންކުރާ ތަންތަން ރާއްޖޭގައި އެޅުމަށް ފުރުސަތު ފަހިކޮށްދީ، ދީނީ މިނިވަންކަން ދިނުމަށް ޖާބިރު ގޮވާލާފައިވާ ކަމަށެވެ.

އެހެންކަމުން ޖާބިރު ހައްޔަރުކޮށް، ތަހްގީގު ކުރުމަށްފަހު ޝަރުއީ ގޮތުންނާއި ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އޭނާ އާއި މެދު އެޅުމަށް ސަރުކާރާއި ކަމާބެހޭ އެންމެހާ މުއައްސަސާ ތަކަށް ކައުންސިލުން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ގަރާރުގައި ބުނެފައިވަނީ މަޖިލީހުގައި ވާހަކަ ދައްކަވާއިރު، ޒިންމާދާރު ކަމާއެކު ދާއިރާ ރައްޔިތުންގެ އިހްސާސް ތަކަށް ބެއްލެވުމާއެކު ރައްޔިތުންގެ ހައްގު ތަކަށް ވަކާލާތު ކޮށްދެއްވުމަށް ޖާބިރަށް ނަސޭހަތް ދޭ ކަމަށާއި ޖާބިރު ދެއްކެވި ވާހަކަތަކަކީ ކާށިދޫ ދާއިރާގެ ރައްޔިތުން ތަމްސީލުކުރުމުގެ ގޮތުން ދެއްކެވި ވާހަކަތަކެއް ކަމުގައި އެ ދާއިރާގެ ރައްޔިތުން ބަލައިނުގަންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ސޮރީ

    މީހުންތައް ނޫސްތަކުގަޔާއި ސޯޝަލްމީޑިޔާގަ އެއްޗެހި ކިޔަން ފެށިފަހުން އެކަމަށް މާފަށް އެދި ތައުބާވެސް ވީފަހުން ބަޔާން ނެރުމުގެ އެއްވެސް ބޭނުމެއް އޮތްކަމަކަށް ނުދެކެން..ކުއްވެރި ކުރަންވީ ވަގުތުވަނީ ފާއިތުވެ ގޮސްފަ..

  2. ޙަސަނާ

    ޖާބިރު ހައްޔަރުކުރާނަމަ އަންނި އާއި ދައުލަތުގެ މަތީ މަގާމުތަކުގައި ތިބި ބައެއް މީހުންވެސް ހައްޔަރުކުރަން ޖެހޭނެ. އެމީހުންނަކީ ވެސް ރާއްޖޭގައި ދީނީ މިނިވަންކަން އޮންނަންޖެހޭނެ ކަމަށް ބުނެ، އަދި އޭގެ އިތުރުން އިސްލާމް ދީނުގެ ހުކުމްތަކާ ދެކޮޅަށް ވާހަކަދައްކައި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ބައެއް.

  3. މީހެއް

    އަދި މާ އަވަސް..މިއަންނަ އަހަރުގެ ސެޕްޓެމްބަރ 29 އަންނަންދެން މަޑުކޮށްލިނަމަ މާ ރަނގަޅުވީސް..އަދި ބުނަން ދެންވެސް ކުރިމަތި ލައިފިއްޔާ މަޖިލީހަށް ހޮވަންވާނެ..

  4. ހަސަނުލް

    ﷲ އަކްބރް

  5. ލަދު

    ސާބަހޭ ގޮޑި އަތުލާފައި ހަމަޖެހޭ މީހަކާއި ހަވާލުކުރޭ

  6. ކާށި އަހައްމަދު

    އަހަރުމެން ގެ މިފަސްގަނޑަށް ތިޔަ ޖާބިރަކު ދެން އަރައިގެން ނުވާނެ، މިއަޅާގެ ސައްތައިން ސައްޙަ މުސްލިމު ރައްޔިތުންނަށް ބޮޑު އާފާތެއް މެދުވެރި ނުވަނީ ތީނާއާއި ހުރިހާ ރައްޔިތުން ދުރުހެލިވާން އެބަ ޖެހޭ.

  7. އަބުދުﷲ

    އޭނަ ބުނާނެ ހިނގާށޭ ހުރިހާ ޓީވީ އާކޮއްލަން.

  8. ގލޅ

    ޖާބި ރު ދެއްކިވާހަކަތަށް ކުށްވެ ރި ކު ރަމެވެ އަދި އެމައްސަލަ
    ތަހްގީގުކޮށް އެޅެން އޮތް އެންމެ ހަ ރުކަށި ފިޔަވަޅެއް އޭނާ
    އާއި ދެކޮޅަށް އެޅުމަށް ތައީދުކުރމެވެ.

  9. ސަމާ.

    ވެލަޒިނީ - ބުއްދި ގޯސްވީ
    ޖާބިރު - ބުއްދި ގޯސްވީ
    އައްނި - ދެން ފެންނާނެ

  10. ށަވިޔަނި

    ދެރަކަމަކީ ޖާބިރުއަށް އެކަނި ގޮވާތީ ިި

  11. ސސ

    ޝުކުރިއްޔާ ! ކާށިދޫ ކައުންސެލް ތިޔަފަދަ ހިއްވަރު ގަދަ ބަޔާނެއް ނެރެދެއްވިކަމައްޓަކައި މަރުހަބާ ސާބަސް !

  12. އަބްދޫ

    ޖާބިރު މުރުތައްދުވެފައިވާނަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންގެއްލޭނެ. ތިމާއަށް ކުރެވޭ ފާފަ އަކުން މުރުތައްދު ނުވާނެ. މުރުތައްދުވާނީ އިސްލާމްދީނުން ބޭރުވެވިގެން. ފާފައެއް ކުރެވިގެން ތައުބާވާމީހާ ގައުމަށް އިއުލާންކޮށްގެން ތައުބާ ވާކަށް ނުޖެހޭނެ. އިސްލާމްދީނުން ބޭރު ވެވިގެން ތައުބާވާނަމަ ސަރުއީ މަރުހަލާގެތެރޭނެ ތައުބާވުން އަންނަނީ އޭރުން ދެވަނަފަހަރަށް އިސްލާނމްދިނަށް ވަދެވުނީ . އިސްލާމްދީނުން ބޭރުވެއްޖެ ނަމަ ދިވެހިރައްތޔިތުކަންގެއްލޭނެ. މަޖިލީހުގެ މެމްބަރުކަންވެސް ގެއްލޭނެ. މައްސަލަ ގާނޫނީ އިދާރާއަކުންތަހުގީގުކުރަންޖެހޭނެ.

  13. މަޖޭ

    މަޖިލީހުގެ އިއްޒަތްތެރި ތަޅަމުގައި މިފަދަ އަގުނެތް ވިޔަނުވާ ވާހަކައެއްދެއްކިމީހަކު ވަކާލާތުކުރަން ބައިންދާކަން ރައްޔިތުންނަށް އެއްބަހެއް ނުވެވޭނެ ޖާބިރު އިސްތިއުފާ

  14. ބިންގޯ

    ތިޔަ ޖާބިރު ގެ ޥާހަކަ ނުލިބަލަ. އޭރުން މައިތިރިވެދާނެ

  15. މުޖުތާޒު

    ޢޭނަ އެގޮތަށް އުޅޭނެކަން އެގިގެން ދިޔައީ މަޖިލީސް ކުރާގޭ ކައިރީ މަގުމަތީގަ އޮށޯވެ އޮތްދުވަހު އޭނަޔަކަށް ނޭގެ ކިޔޭ ނުކިޔޭ އެއްޗެއްވެސްއެދުވަހުގެ ފަހުން އޭނަ ހަމަޔެއްގަ ހުއްޓާނުފެނޭ އެހެންވީމަ އެގޭ އޭނަހަމައެއްގަ ނުންކަން ހުންނަނީ އެވަރުގެ މީހަކަށް ނޭގޭނެ އަގައިން ކޮއްމެފަދަ އެއްޗެށް ކިޔުނަސް ފަހަކަށް އައިސް ފެންނަނީ ހަމައެކަހަލަ ގޮތަކަށް އުޅޭތަން ޢެނަގެ ސިކުޑި ހަމައެއްނުންކަންނޭގޭ މިހާރަކު ސިކުޑިހަމަޖެހުނަސް މީހާޔަށް ތިމަންނަމީ މާބޮޑުމީހެއްހެން ހީވެއްޖައްޔާވެސް އެހެން ވެދާނެ ޢޭނަޔަށް ޢެނަފެނިފާ އަބަދުވެސް ހުންނާނީ އޭނަދެކޭގޮތުގަ އޭނަކޮންމެ ފަދަވަހަކައެއްދެއްކިޔަސް އެޔަކަށް ފިޔަވަޅެއް އަޅަން ކެރޭނެމީހަކު އަދި ދައުލަތެއްވެސް ނުހުންނާނެ.

  16. ކާށި

    ޖާބޭ ބުނީ ކާށިދޫ މީހުން ނަކަށް ނޯންނާނެޔޯ އަނގަވެސް ހުޅުވާލެވޭކަށް. ތިމަންނާ މަޤާމް އޮންނާނީ ހަލާލް ލާރިން ކާށިދޫ މީހުން އަތުން ގަނެފަޔޯ. އެއީ ދޮގެއްކަން އަޅެ ކާށިދޫ މީހުން ޔަޤިން ކޮށްލަދީބަަލަ!. ޖާބޭ ގެ ފައިސާ ވަރަށް ބަހާލާގެން ވޯޓް ހޯދީ! ދެން އެހެންވީމާ 5 އަހަރު ނިމެންދެން ސައިލެންޓް ގައި ބިޑި އެޅިގެން ތިއްބަވާ! ގައުމާއި ސިޔާދަތު ވިއްކާލާ ގެން ފިލާ ތިބޭ ރައްޔިތުންގެ ނިމުން އާޚިރުގައި ވަރަށްހިތިވާނެ! ދެންވެސް އިމްތިޙާނުވެބަލަ!