ދިވެހި ދައުލަތް ވަށައިގެން ތިބީ ހުކުރު ހުތުބާއަށް ފުރައްސާރަ ކުރި މީހުން ކަމަށް ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވެފައިވަނީ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި ކާނިވާ ސަރަހައްދުގައި އިދިކޮޅުން މިރޭ ކުރިއަށް ގެންދާ ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، 2018 ގެ ރިޔާސީ އިންތިޚާބު މި ސަރުކާރުން ކާމިޔާބު ކުރީ އިންޑިއާގެ އެހީގައި ކަމަށެވެ. އޭގެ ބަދަލެއްގެ ގޮތުގައި ދިވެހިން ޖެހުނީ ކަނޑުފަޅާއި ބިމުގެ ސިއްރުތައް އިންޑިއާ މީހުންނަށް ދޭން ކަމަށެވެ.

މިނިވަންކަމުގެ ދިފާއުގައި ޕީޕީއެމް އިން ބާއްވަމުން ގެންދާ ޖަލްސާ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު
މިނިވަންކަމުގެ ދިފާއުގައި ޕީޕީއެމް އިން ބާއްވަމުން ގެންދާ ޖަލްސާ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

މި ހާލަތަށް ގައުމު ގޮސްދާނެތީ ގައުމުތަކުގެ ގާނޫނު އަސާސީގައި ލިޔެފައި އޮންނަނީ ގައުމުގެ މިނިވަންކަން ދެމެހެއްޓުމުގެ ވާހަކަ ކަމަށާއި މި ޒިންމާ އަދާ ކުރުމުގެ ގާބިލްކަން ވެރިންގެ ނެތުމުން، އެކަން ވެރިން ނުކުރުމުން ގާނޫނު އަސާސީގައި ރައްޔިތުންނަށް ދީފައިވާ ބާރުގެ ބޭނުން ކުރަން ޖެހޭ ހިސާބަށް ދާން ޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އުޅެވެން އޮތީ ބޮއެގެން ކަމަށް ދެކޭ މީހުން ތިބޭނީ ބޮއެގެން. އިންޑިއާގެ އުނގަށް ވެއްޓެން ޖެހޭނެ ކަމަށް ދެކޭ މީހުން އެ ތިބީ އެކަން ކޮށްގެން. މިއީ ކޮންމެ ރައްޔިތަކާއި ގުޅިފައިވާ ކަމެއް. އެގްރިމެންޓްތައް ސިއްރެއް ނުކުރެވޭނެ. އަޅުގަނޑުމެން މި ތިބީ އަޅުވެތިކަމެއްގެ ދަށުގައި." ނާޒިމް ވިދާޅުވިއެވެ.

މިނިވަންކަމުގެ ދިފާއުގައި ޕީޕީއެމް އިން ބާއްވަމުން ގެންދާ ޖަލްސާ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު
މިނިވަންކަމުގެ ދިފާއުގައި ޕީޕީއެމް އިން ބާއްވަމުން ގެންދާ ޖަލްސާ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

އިންޑިއާއާއި މި ސަރުކާރާއި ހަދާފައިވާ އެގްރިމަންޓްތަކުގެ ހަގީގަތް ހޯދަން ދިވެހި ނޫސްވެރިން ތިބެން ޖެހުނީ ކޯޓުތަކުގެ ދޮށުގައި ޓަކި ޖަހަ ޖަހާ ކަމަށާއި އެ ހާލަތަށް ގައުމު ގޮސްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، މުޅި ދިވެހި ދައުލަތް ވަށައިގެން އޮތީ ހުކުރު ޚުތުބާއަށް ފުރައްސާރަ ކުރި މީހުން ކަމަށާއި މިހާރު މި އުޅެނީ މި ހާލަތުން ދިވެހި ދައުލަތް ސަލާމަތް ނުކުރެވިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަސަން

    ސާބަހޭ ނާޒިމް.

    14
    1
  2. ޝަަ

    ސާބަހޭ ނާޒިމް ސާބަހޭ ނާޒިމް

  3. ރާގޮޑިރާޖަ

    ދެންހުރޭ ވަގުންގެ ނެޕީބަދަލުކުރަން.

  4. ޕީ ޕީ ޢެމް މީހާ

    ޢަހަރެން މަަައްސަލަނެތީ ބޭބޭ ކޮން މައްސަލަ ހުންނަނީ އަހަރެންވެސް މީ ދިވެހި ބަންގްލަދޭޝް މީހާނުން. ކަލޭ ކާރީ އަަބަދު ވެރިކަން ދޭން ބޭނުން ދޯ ބޮންދު. ކޮން ވައްތަރު ވާހަކަ ކަލޭވެސް ހުކުރު ދާން ބޭނުން އަބަދު ބޯހިތުން ބޯވާހަކަ ދަައްކަނީ. ޚޯއްޗެއް ބޯން ބޭނުން