އަވައްޓެރި އިންޑިއާއަށް ދިވެހި ދައުލަތުގެ ހުރިހާ ބާރަކާއި ދިވެހި ދައުލަތުގެ ހުރިހާ ވަސީލަތެއް ދީފައިވާ ކަމަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
"މިނިވަން ކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ކުރިއަށް އޮތް ދުވަސްތަކުގައި ހިންގާނެ ސިލްސިލާ ސިޔާސީ ހަރަކާތުގައި މިރޭ ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ ދިވެހި ދައުލަތުގެ ކޮންމެ އަގުހުރި ތަރިކައެއް އިންޑިއާއަށް ރަހުނުކޮށްފައިވާ ކަމަށެވެ.
"ދަރުމަވަންތަ ހޮސްޕިޓަލް، އޮލިމްޕަސް، ވެލާނާގެ، މަދަރުސާތައް، އިންޑިއާ ރަހުނު ކޮށްފި، މި ލިސްޓު މިއާ ހިސާބަކުން ނުނިމޭ، މި ކުޑަ މާލޭގައި ހުސް ބިމެއް އޮތިއްޔާ އިންޑިއާއަށް ދީފަ، އިމާރާތެއް އޮތިއްޔާ ވެސް އޮތީ އިންޑިއާއަށް ހިބަ ކޮށްދީފަ،" އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދިވެހި ކަސްޓަމަށް އެތެރެވާ މުދަލާއި ބޭރުވާ މުދަލުގެ ތަފްސީލް ވަގުތުން ވަގުތަށް އިންޑިއާއަށް ލިބޭ ގޮތް ހަދާފައިވާ ކަމަަށެވެ. އަދި ދިވެހި ކަނޑުގެ ސަރަހައްދާއި ބިމުގެ ސަރަހައްދުގެ ހުރިހާ ސިއްރުތަކެއް ވެސް އިންޑިއާއަށް ދޫކޮށްފައިވާ ކަމަށެވެ.
އަދުރޭ އިޝާރާތް ކުރެއްވީ، އިންޑިއާއާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެކުލަވާލާފައިވާ ހައިޑްރޯގްރާފީ އެއްބަސްވުމަށެވެ. އެ އެއްބަސްވުމުގެ ދަށުން މުވާސަލަތީ ވަސީލަތްތައް ވެސް އިންޑިއާއަށް ދޫކޮށްލާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
"ދިވެހި ރައްޔިތުން ފޯނުން ދައްކާ ވާހަކަ ވެސް އެނގޭނެ އިންތިޒާމުތައް އިންޑިއާ އެމްބަސީގައި ވަނީ ހަމަޖައްސާފައި. މި ހުރިހާ ސިއްރެއް އިންޑިއާއަށް މި ދަނީ. މި ފެންވަރަށް އިންޑިއާއަށް ރާއްޖޭގެ އަސްކަރީ ބާރުތައް ދޫކޮށްލާފައިވޭ." ގިނަ އަދަދެއްގެ މީހުން ޖަމާވެ ތިބި ޖަލްސާގައި އަދުރޭ ވިދާޅުވިއެވެ.
އިންޑިއާއާއެކު ވެފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ އިތުރު މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި އަދުރޭ ވިދާޅުވީ ހދ. ހަނިމާދޫއާއި، ލ. ކައްދޫއާއި، އައްޑޫ ސިޓީއާއި، މާލެ އަތޮޅުގައި އޮތް އުތުރުތިލަފަޅާއި ގުޅިފަޅު ވެސް މިހާރު އޮތީ އިންޑިއާގެ ބާރުގެ ދަށުގައި ކަމަށެވެ.
"މި ބާރުތަކުގެ ކުރިމަތީގައި ދިވެހި ފުލުހުންނާއި ސިފައިންގެ ސައިޒު ވިސްނާލާ." ދިވެހި ބިމުގައި ދިވެހި ސަލާމަތީ ޚިދުމަތްތަކުގެ ބާރު ބޭރުގެ ބަރާކަށް ވުރެ ކުޑަވާ ކަމަށް ދެކެވަޑައިގެން އަދުރޭ ވިދާޅުވިއެވެ.
އެމްޑީޕީގެ ޝިއާރެއް ކަމުގައިވާ "އަނެއް ދިވެހިރާއްޖެ" އަށް އިޝާރާތް ކުރައްވައި އަދުރޭ ވިދާޅުވީ އެ ދިވެހިރާއްޖެއަކީ މިނިވަން ކަން ނެތް ރާއްޖެއެއް ކަމަށެވެ. ރައީސް މުހައްމަދު ނަޝީދު ދައްކަވާފައިވާ ވާހަކައެއްގެ މިސާލުން ވިދާޅުވީ އެއީ "އިންޑިއާގެ ފުލުހުން މެދުވެރިކޮށް އަޅުގަނޑުމެންގެ ދަރިން ގައިގަ ތަޅާނެ ދިވެހިރާއްޖެ" ކަމަށެވެ.
އަދުރޭ ވިދާޅުވީ ދިވެހި ގައުމުގެ މިނިވަން އަނބުރާ އިއާދަ ކުރުމަށް ޓަކައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ޖެހޭ ކަމަށެވެ. އަދި އެމަނިކުފާނަށް ދިވެހި ގައުމުގެ ވެރިކަން އަލުން އަނބުރާ ދޭން ޖެހޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.
"މިނިވަން ކަމުގެ ދިފާއުގައި ދިވެހިން" ޝިއާރުގެ ދަށުން ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ބާލުވަން ގޮވާލައި ޕެޓިޝަނެއް ވެސް ވަނީ ތައްޔާރުކޮށްފައެވެ. މިރޭގެ ޖަލްސާގެ ތެރެއިން އެ ޕެޓިޝަނަށް ސޮއި ކުރުމުގެ ކަންކަން ވެސް ކުރިއަށް އެބަދެއެވެ.
ކިހިނެއް އެނގެނީ ފޯނުގެ ކެމެރާ ހެކް ނުކުރާނެ ކަމެއް ފޯނުގެ ކެމެރާ ހެކް ނުކުރެވޭނެ ކަމަކަށް މަށެއް ނުބަލަން އެތައް މިތާ ސިއްރު ކެމެރާ ހަރުކުރެވޭނެ ގަވާއިދެއްވެސް ހަދައިފި އަދިވެސް ނަންވާނީ ނޯތު ކޮރެއާ
މިނިވަން ކަމައް ވުރެބޭނުންވަނީ ވެރިކަން އެހެންވީމަ އެއްނޫންތޯ މިޔައްވުރެ މާތަދުޒަމާންތަކުގަވެސް އުޅެމުން އައީކި އިނޑިއާގެ ދަށުވެފގެންނެއްނުން ރައްޔިތުން އަތުން ޓެކްސްގެ ނަމުގަ ޖިޒީނަގައިގެން ރައްޔިތުން އަޅުވެތިކޮއް އެރުފިޔާއިންބޮޑެތި މުސާރަ ނަންގަވައިގެން ރައްޔިތަކައް ހިދުމަތެއް ނުދެވޭތަނުގަ ބޭރުގެ ބަޔަކައް ގައުމުދޫކޮއްގެން ރައްޔިތުޔންގެ ނަމުގަ ލޯނުނަގައިގެން އެއަރޕޯޓް ތަރައްގީކޮއް ބޭރުގެބަޔަކައް މީހަކު ހީހީވެސް ހަލާކްވެދާނެނޫންތޯ މިޔޮއް ތަހުޒީބްޒަމަނުގައި ރޯމާދުވާލު ހިންގާ ޖަރީމާއެއނޫންކޯންޗެއްތޯމީ މިހުރިހާކަމެއްގެ ފެށުމަކި ޖީއެމްއާރ ކިޔާބަޔަކައް އެއަރ ޕޯޓްދީގެން އެތަނުން ލިބޭފައިދާތައްފެނިގެން ލޮލައްނިދިނައިސްގެން ދުއްވައިގަތީ ގައުމުއަޅުވެތިކުރަން
# އިންޑިއާ އައުޓް
އިންޑިއާ އިން ރާއްޖެއަށް އެހީނުވެ ފުރަތަމަ އިންޑިއާގައި ތިބި ފަގީރު ނިކަމެތިންނަށް އެހީވެބަލަ އިންޑިއާ އެމްބަސީން ރާއްޖޭގެ ނޫސް ތަކަށް ކަޓްދިނުމާއި އަދި މަޖްލީހުގެ މެމްބަރުންނަށް ކަޓް ދިނުމާއި ތިމާވެށި މިނިސްޓަރަށް ކަޓްދީގެން ކުނި ހަކަތަ މަޝްރޫއު ކަޓް ޖައްސައިގެން އިންޑިއާގެ ކުންފުންނަކަށް ދިނުން ފަދަ ކަންކަން ހުއްޓާލަން އެބަޖެހޭ އިނގޭތޭ އެނޫންނަމަ ޕެޓިޝަން ފީންނެއް އަދި އޮންނާނެއޭ އިނގޭތޭ..
ރާއްޖޭގައި އިންޑިއާ ސިފައިން ތިބެގެން އިންޑިއާ އެމްބަސީ އާއި ރައީސް އޮފީސް ގުޅިގެން ވަރަށް ބޮޑަށް ރާއްޖޭގެ މިނިވަން ކަމަށް ލޮޅުން އަރާ ގޮތަށް ވަރަށް ގިނަ ކަން އެްބަކުރޭ އެގޮތުން ރިސޯރޓް ތަކަށް އިންޑިއާ މީހުން ގެންނަނީ ދިވެހިންނަށް ހުރި ޖާގަ ތައް ދިވެހިންނަށް ނުދީ އިންޑިއާ މީހުންނަށް އެ ޖާގަދީގެންނޭ ދިވެހިން މިހާރު ވަނީ ބަނޑަށްޖެހިފައޭ ދިވެއްސަކަށް ރިސޯރޓް އިން ވަޒީފާ އެއް ވެސް ނުލިބެއޭ ޕެޓިޝަން ހަދަންވީ މިކަމަށްވެސް...
ރާ އްޖެ އިންޑި އާ ދޭދޭގުޅުން ތިލަފަތް ހަމަނުކުރެވި އްޖެ ނަމަ ރާ އްޖޭގެ މިނިވަންކަން ގެ އްލޭނެކަމީ ސަ އްކެ އް އޮތް
ކަމެ އްނޫނެވެ. ރާ އްޖޭގެ ކޮންޓްރޯލް މިހާރުވެސް މިވަނީ
އަތްދަށުން ދޫވާން ފަށާފަ އެވެ ގެ އްލި އްޖެ އެ އްޗެ އް
އަނބުރާ ހޯދުމަކީ ވަރަށް ދަތި އުނދަގޫ ކަމެކެވެ.
މި ނުރަ އްކާތެރި ފައއތަރުން ރާ އްޖެ ސަލާމަތްކޮށް ދިވެހިންގެ
ލަގަން ދިވެހިންގެ އަތުގަ އިބޭ އްވުމަށް ސަރުކާރަށއް ގޮވާ
ލަމެވެ.
އިންޑިއާއަށް ނުދޭ ބާރެއް ނެތް، ދިވެހިން ފޯނުން ދައްކާ ވާހަކަ ވެސް އެނގޭނެ: އަދުރޭ
4 ގަޑިއިރު ކުރިން ( ސެޕްޓެމްބަރު 30, 2021 )
ތިޔަހެން ކިޔުންފިޔަވާ ވާނެކަމެއް ނެތް . ހިތާމަހުރި .
އިންޑިޔާ އައުޓުކުރަނީ ބަޣާވާތަށް މަގު ފަހި ކުރަންތަ؟
ޥަގުން ވަރަށްކަންބޮޑުވާނެ ވަޢްކަން ނުކުރެވިދާނެތީ.
އިންޑިޔާ ޗައިނާ އައް ބަރޯސާނުވެ އެމީހުންގެ ސާހިބުންގެ ގޮތުގަ ދިވެހިރާއްޖެ އަށް އުޅެވޭނެ. ސަބަބަކީ ޓުރިޒަމުން ލިބޭނެ އެމީހުންގެ މަދަދައް ނޭދި އެމީހުން އަތުން މުދާގަންނަ ވަރަށް ފައިސާ... . ދިވެހިން ނައްވުރެ ބޮޑައް އެމީހުން ދިވެހިރާއްޖޭން ވިއްކާ ފައިސާ ބޭނުންވާނެ....... ސާފުވަޔަށް ހަށިފުރާ ނޭވާ ލާން ބޭނުމިއްޔާ ސިޓީތަކުގަ ދިރިއުޅޭމީހުން އަންނަން ޖެހޭނީ.
ވެރިކަމުގައި ތިބެވެން އޮތީ އިންޑިއާ ބުނާގޮތަށް ހަދައިގެން. އަދުރޭމެން އަދި އައްނިމެންވެސް މިހަގީގަތް ގަބޫލު ކުރާނެ. އިންޑިއާ ސަރުކާރުގެ ރަނގަޅުކަމުން ގަދަބާރުން މިތަނުން އަހަރުމެން ނުބާލާ މިތިބީ.
މާރިއާ ބުނިހެން އެމީހުން ހިފަން ބޭނުމިއްޔާ ރާެއްޖެ ހިފުމަކީ ބޮޑުކަމެއްނޫން.
ސިޔާސީ ބޭނުމަށް ގައުމު ފަސާދު ކުރާ މީހުންނަށް ދަންނަވާލަން އޮތީ ސިޔާސީ ޕޯޑިއަމް ތަކުގައި ބޭރު ގައުމު ތަކުގެ ވާހަކަ ނުދެއްކެވުމްށް. އަޅުގަނޑުމެން ބަލިވިއަސް ދެވެން އޮތީ އިންޑިޔާ އަށް. އިންޑިޔާ އިން ދިވެހިން ފިއްތާ ލައިފިއްޔާ ނުހަނު ބޮޑު ގެއްލުން ދިވެހިންނަށްވާނެ. ފަހަރުގައި ސިޔާސީ މީހުންގެ އަތުގައި ފައިސާ ގިން ކަމުން އެކަން ނެގިދާނެ.
ބޭބެމެންނަށް މިފަހަރު މިއޮތީ ފުރުޞަތެއް ލިބިފައި. ކިތަންމެވަރަކަށް އެއްވިޔަސް ކޮވިޑް ފަތުރާ ވާހަކަ ދެން ނުދައްކާނެ. ފުޓްބޯޅަ މުބާރާތް ނިމުމަށްފަހު އެއްވިއްޖިއްޔާ ކޮވިޑް ފަތުރަނިއްޔާ ގޮވާ އަޑުނޫން އަޑެއް ނީވޭނެ.
ޓީ ވައަްތަރުގެ ބިލް ތަކަށް ކިހާލާރިއެއް އެބަދޭބާ
އެއީ މިހާރު މޮޔައެއް
ކަލޯ އަދުރޭ. މަށަކީ އެއްވެސް ޕާޓީއަކަށް އީމާންވާ މީހެއް ނޫން. މިނިވަން މުސްތަޤިއްލު މީހެއް. ކަލޯ ގެ މައްސަލަޔަކީ ބަޔަކާ މެދު ތުހުމަތު ކޮއްފާ އެކަމުގެ ހެކި ނުދެއްކޭކަން. މާތްރަސްކަލާނގެ ދޫ ދެއްވީ ހިތުހުރި ވާހަކައެއް ދައްކާކަށް ނޫން. ދުލަކީ ވެސް ކަލޯގެ ހިތަކީ ވެސް ކަލޯގެ މިލްކެއް ނޫން. އެއީ ﷲ ސުބްހާނަހޫ ވަތަޢާލާގެ މިލްކެއް. ދުލުގެ ބޭނުންކުރި ގޮތާމެދު ޤިޔާމަތްދުވަހުން ސުވާލު މިކުރެވެނީ އެހެންވެގެން. ދުލުގެ ބޭނުންކުރަން ޖެހޭގޮތް ނޭނގެނީ ނަމަ ޢިލްމުގެ އަހުލުވެރީންނާ ސުވާލުކޮށް އަހާ އޮޅުންފިލުވާލުން ކީއްތޯ؟