އިންޑިއާގެ ކޮޗިން އާއި ދިވެހިރާއްޖެ އާއި ދެމެދު ދަތުރު ކުރާ ފެރީން ދިވެހި ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތް ކަމަށް ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ނައިބު ރައީސް ކަން ކުރައްވާ ޝުޖާއު މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމް އިން ފެށި "މިނިވަން ކަމުގެ ދިފާއުގައި" ގައުމީ ކެމްޕޭންގެ ފުރަތަމަ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ޖަލްސާގައި ވާހަކަދެއްކެވި ހުރިހާ ބޭފުޅުން ވެސް "ހަމަލާ ދެއްވީ" އިންޑިއާ އަށެވެ. އިންޑިއާ އިން ރާއްޖޭގެ ކަންކަމަށް ނުފޫޒު ފޯރުވާ ކަމަށް ވަރަށް ފާޅުގައި ވިދާޅުވެ، އިންޑިއާ ސިފައިން ރާއްޖެ އިން ފައިބައިގެން ދިއުމަށް ޖަލްސާގައި ވާހަކަދެއްކެވި ހުރިހާ ބޭފުޅުން ވެސް ގޮވާލެއްވިއެވެ.

ޝުޖާއު ވިދާޅުވީ ކޮޗިން ފެރީން ދިވެހިންގެ މުދާ ވެސް އިންޑިއާ އަށް އެކްސްޕޯޓް ކުރެވޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ އެމްޑީޕީ މެންބަރުން ކުރިން ވިދާޅުވަމުން ގެންދެވި ކަމަށާއި ނަމަވެސް އެކަން ވެސް ހަގީގަތަކަށް ވެގެން ނުދިޔަ ކަމަށެވެ.

"އަޅުގަނޑުމެން ދެންނެވިން ކޮޗިން ފެރީއަކީ ނުރައްކާ އެކުލެވޭ ފެރީއެކޭ. ރައްޔިތުން މަޖިލީހުގެ އެމްޑީޕީ މެންބަރުން ދިވެހި ރައްޔިތުންނަށް ވިސްނައި ދެމުން ގެންދިޔައީ ކޮޗިން ފެރީއާއި އެކީގައި ފަސް ރުފިޔާއަށް ލިބޭ އޮރެންޖު ލިބޭނެއޭ ދޮޅު ރުފިޔާއަށް. ލިބުނުތޯ؟ ނުލިބޭ. ބޮޑު ތިލަދުއްމައްޗަށް ނިސްބަތްވާ އެމްޑީޕީ މެންބަރުން ވިދާޅުވީ ހުރިހާ އެންމެން ވަށާ ރޯނާއި ހިލާ ބޮއްޔާއި ބިންނަ ފަންގި އާއި ނެރޭށޭ ބަނދަރުމައްޗަށް ކޮޗިން ފެރީން އެކްސްޕޯޓް ކުރަން. ކުރެވުނުތޯ؟" ޝުޖާއު ވިދާޅުވިއެވެ.

އިންޑިއާ އާއި ދިވެހި ސަރުކާރުން ސޮއި ކޮށްފައިވާ އެގްރިމެންޓްތައް ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދަން ހުށަހެޅުމުން އެއެއްބަސްވުންތައް ހާމަކޮށްފައި ނުވާތީ އެކަމަށް ވެސް ޝުޖާއު މިރޭ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. "އެމްޑީޕީން އިދިކޮޅުގައި ތިބިއިރު ފެނުނު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި އަޅައިގަނެ ނެއްޓެން ނޭނގިގެން އުޅުނު. ވެރިކަން ލިބުމާއިއެކު އިންޑިއާ އާއިއެކު ގޮތް ނޭނގޭ އެއްބަސްވުންތައް ހަދާފައި ގައުމީ ސަލާމަތައް ނުރައްކާ ވެދާނެ ކަމަށް ބުނެ އެއްބަސްވުންތައް ހާމައެއް ނުކުރި. ބަލަ ގައުމީ ސަލާމަތައް ނުރައްކާ ވާތީއޭ އަޅުގަނޑުމެން އެއެއްބަސްވުންތައް ހާމަކުރަން މިއެދެނީ. ގައުމީ ސަލާމަތައް ނުރައްކާވާ ކަންކަން އެއްބަސްވުމުގައި އޮތްކަން އެނގޭތީއޭ އެއްބަސްވުންތައް ހާމަކުރަން މިއެދެނީ." ޝުޖާއު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެގްރިމެންޓްތައް ސަރުކާރުން ފޮރުވައިގެން ތިބި ނަމަވެސް "ފޮށިތައް ފުނޑުފުނޑު ކޮށްލާފައި އެގްރީމެންޓްތައް ހޯދާނަން." ކަމަށެވެ. ދިވެހި ރައްޔިތުންގެ ކޯޓުތަކުގައި އެގްރީމެންޓްތައް ހާމަކުރަން ޖެހޭ ވަގުތު ޖެހުމުން އެގްރިމެންޓްތައް ހާމަކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝުޖާއު ދެން ފާޑުވިދާޅުވީ ހއ.ފިއްލަދޫގެ އިހްތިސޯސްގެ ދަށުން ދައްޕަރު ވަކިކުރި މައްސަލަ އަށެވެ. އެއީ ލާމަރުކަޒީ ގާނާއި ހިލާފަށް ހިންގާފައި އޮތް އަމަލެއް ކަމަށް އޭނާ ވިދާޅުވިއެވެ. "ލާމަރުކަޒީ ގާނޫނުގެ ދަށުން އިހްތިސޯސް ކަނޑައަޅާފައި، ފިއްލަދޫ ރައްޔިތުން ނިދައި ހޭލިއިރު ދައްޕަރު ވަކިވެއްޖެ. ކޮންކަހަލަ ވެރިއެއްތަ ލިބިފައި މިހިރީ." ޝުޖާއު ވިދާޅުވިއެވެ.

ދައްޕަރު ފިއްލަދޫގެ އިހްތިސޯސްގެ ތެރޭގައި ހިމެނުމަށް ފަހު ރައީސް ސޯލިހް ގަރާރެއް ނެރުއްވެވިއެވެ. ނަމަވެސް އެމަނިކުފާނު ވަނީ ފަހުން އެގަރާރު ބަދަލުކުރައްވާ ދައްޕަރު ފިއްލަދޫގެ އިހްތިސޯސް އިން ވަކިކޮށްފައެވެ. އެމައްސަލައިގައި ފިއްލަދޫ ރައްޔިތުން މިހާރު ވަނީ ޕެޓިޝަނެއް ވެސް ސަރުކާރަށް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ފެރީދަތުރު

    ކޮޗިންފެރީގެ ފައިދާބަޔަކައް ކުރާނެ ކަންނޭނގޭނެނޫންތޯ ކޮންމެވެސް ގަފޫރެއް ކިޔާމީހަކު ދަޑުހައްދާ ގަސްކާނާގެނަމުގަ ކާނާ އެތެރެކުރޭނޫންތޯއްޗެއް ތިޔަކިޔާ ފެރީއަކުން

  2. ކާފަބޭ2020

    ޝުޖާއޫ ވީފައިދާފެންނާނީ ދުނިޔޭންބޭރުގަތިބޭމީހުނަށާ ސަހަރާތަކުތިބިމީހުނަށްކަން ޝުޖާއަށްނޭގުމަކީ އެހެންމީހުން ބަދުނާމުކުރަންޖެހޭނެކަމެއްތޯ؟ އޭޗުޕްކަރދުބާރާއޭސާނެހީބޯލްނާ

  3. ކޮން ފެރީއެއް ؟

    އިންޑިއާ ޕްރެޖެކްޓްްތަކަށް ބޭނުންވާ މުދާ އުފުލާ ބޯޓްގެނަން ފެރީއޭ ކިއައި ގުޅުވާލީ އިންޑިއާދަށުވާން ބަޔަކު އިސްނަގައިގެެން.
    އިންޑިއާ ޕްރޮޖެކްޓް ޓިމަކުން ރާއްޖޭގެ އެއްވެސް ފިހާރަޔަކުން ހަނޑު ކިލޯ އެއް، އިސްކުރެއްވެސް ނުގަންނާނެ. އެއީ އެމީހުންގެ ޕްރޮޖެޗޓް ބޭނުމަށް ބޭއްވި ބޯޓެއް.

  4. ބޮކި

    އެމްއެމްޕީއާސީ ސުޒާ އަށް ލިބުނު ފައިދާ މާބޮޑު.....

  5. ގާދިރު

    މާލޭ ސަރަހައްދަށް ގެންލުންވާނީ ރާއްޖެތެރެ އަށް ވަރަށް ފައިދާ ސުޖާ ހިންހަމަ ނުކެހޭނެ އެކަމަށް

  6. ހުޖުރު

    ދެރައީ އަހަރެމްގެ ރައީސް ވެރިކަމުގަ ހުރިއިރު އިންޑިޔާ ސިފައިން ނުބޭލީމަ. އަލުން ވެރިކަން ދީފިއްޔާ ބާލާނެބާ

  7. ށުވޭސް

    ބޮޑުޖަލްސާގެ ފޮޓޯ ނުނަގަނީތަ

  8. ޙ

    100%

  9. ބަކުރު

    ކޮޗިން ފެރީ އަކީ އިންޑިއާގެ ލޭބަރުންގެންނަން ޖެހި ދަންތުރައެއް އެއީ މޯދީއާއި އިބުރެ ހެދި ޑީލެއް މިކަމުގައި ކޮރަޕުސަންވަނީ އިންތިހާއަށް ވަދެފަ ވެރިކަން ނިމުނު ދުވަހަކުން ވެރިކަމަށް ދެންއަރާ މީހަކު ތިކަން ބަލާނެ ކެތްކޮށްލަށްވާ.