ކްލިކް ކޮލެޖުން ވަރަށް ހާއްސަ ޕްރޮގްރާމްތަކެއް ފަށަން ނިންމައިފިއެވެ. އެގޮތުން ޔުނިވާސިޓީ ޕްރިޕެރޭޝަން ޕްރޮގްރާމް ( ޔޫޕީޕީ) އާއި ސީއޭޓީ ޕްރޮގްރާމް ހިމެނެއެވެ.

ޔުނިވާސިޓީ ޕްރިޕެރޭޝަން ޕްރޮގްރާމް ( ޔޫޕީޕީ) އަކީ ޑިގްރީ ނުވަތަ ޑިޕްލޮމާ ހަދަން ބޭނުންވާ ފަރާތްތަކަށް އެ ކޯހަށް ބޭނުންވާ ޝަރުތު ހަމަކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްއެކެވެ.

15 ހަފްތާއަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި 20 އަހަރުން ދަށުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމްއެކެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ އޯލެވެން ނިންމުމަށް ފަހު 2 އަހަރުގެ ވޯކިންގް އެކްޕީރިއެންސެއް ހުރި ދަރިވަރުންނަށް އެކަންޏެވެ.

އެ ޕޮރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތަތަކަށް ކުލިކް ކޮލެޖުގެ ވެބްސައިޓުން އަދި ކޮލެޖުގެ ރިސެޕްޝަންއިން ފޯމު ލިބެން ހުރި އިރު ފޯމު ހުށައަޅަން ޖެހޭނެ އެންމެ ފަހުގެ ތާރީހަކީ 15 ޖުލައެވެ.

ކްލިކް ކޮލެޖުން ކުރިއަށް ގެންދަން ނިންމާފައިވާ އޭސީސީއޭ އަދި ސީއޭޓީ ޕްރޮގްރާމްތަކުގެ ފޯމުވެސް މިހާރު ދޫކުރަމުންގެންދާއިރު ފޯމު ބަލައިގަންނާނެ އެންމެ ފަހުގެ ތާރީހަކީ ޖުލައި މަހުގެ 10 ވަނަ ދުވަހެވެ.

ސީއޭޓީ ޕްރޮގްރާމްގައި އޯލެވެލް ނިންމާފައިވާ ކޮންމެ ދަރިވަރަކަށްވެސް ބައިވެރިވެވޭއިރު އޭސީސީއޭ ޕްރޮގްރާމްގައި ބައިވެރިވެވޭނީ އެކައުންޓިން އިން ޑިޕޮލޮމާއެއް އޮންނަ ފަރާތްތަކަށެވެ.

ކްލިކް ކޮލެޖުން މިފަހަރުވެސް ވަނީ ޑިގްރީ އަދި ޑިޕޮލޮމާ ލެވެލްގެ ކޯސްތަށް ތައާރަފްކޮށްފައެވެ. އެގޮތުން އޭބީއީ ލެވެލް 4، 5 އަދި 6 ގެ ކޯސްތަށް ހިމެނެއެވެ.

ކްލިކް ކޮލެޖުން ކުރިއަށް ގެންދާ ޑިގްރީ ކޯސްތަށް :

• ބެޗެލާސް އިން ބިޒުނެސް އެޑްމިނިސްޓްރޭޝަން
• ބެޗެލާސް އިން ބިޒުނެސް އެޑްމިނިސްޓްރޭޗޝަން ( މާކެޓިންގ)

ކްލިކް ކޮލެޖުން ހިންގާ ޑިގްރީ ކޯސްތަކަށް އެޕްލައި ކުރެވޭނެ އެންމެ ފަހުގެ ތާރީހަކީ 15 ޖުލައެވެ. ކްލިކް ކޮލެޖުގެ ކޯސްތަކާއި ޕްރޮގްރާމްތަކާއި ބެހޭ އިތުރު މައުލޫމާތު އެ ކޮލެޖުގެ ވެބްސައިޓު www.cliquecollege.edu.mv އިން ނުވަތަ ކްލިކް ކޮލެޖުގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ