މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފަސް ވަނަ ޖަލްސާ ގައި ވަނީ މުހިންމު ފަސް ބިލެއް ބަލައިގަނެ ކޮމިޓީތަކަށް ފޮނުވާފައެވެ.

ނަމަވެސް ޖަލްސާގައި އެޖެންޑާގައިވާ ރިޔާސީ އިންތިހާބާއި ގުޅޭ 3 ގާނޫނަކަށް އިސްލާހުގެނެވުމަށް ހުށައެޅުނު ބިލްތަކަށް ވޯޓަށް އެހޭވަރަށް މެންބަރުން ހާޒިރުވެ ނެތުމުން ވަނީ ވޯޓަށް އެހޭގޮތް ނުވެފައެވެ.

އެގޮތުން މެމްބަރުން މަދުވުމުން ވޯޓަށް އެހޭގޮތް ނުވީ ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނެވުމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއިން ދިރާސާކުރުމަށްފަހު ނިންމެވި ގޮތުގެ ރިޕޯޓާއި، އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނެވުމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ހުށައަޅުއްވާފައިވާ ބިލް މިނިވަން މުައްސަސާތަކާއި ބެހޭ ކޮމިޓީއިން ދިރާސާކުރެއްވަށް ފަހު މަޖިލީހަށް ފޮނުވި ރިޕޯޓުގެ އިތުރުން އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނެވުމުގެ ބިލަށް އަހާ ވޯޓެވެ.

މިއަދުގެ ޖަލްސާގައި ޖުމްލަ 8 ބިލެއް މަޖިލީހުގެ ތަޅުމަށް ހުށައެޅިފައިވާއިރު މިއަދު މަޖިލީހުން ބަލައިގަނެ ކޮމިޓީތަކަށް ފޮނުވީ ފަސް ބިލެކެވެ.

މިއަދުގެ ޖަލްސާއިން ބަލައިގަނެފައިވަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެނެވުމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެން މުހައްމަދު ލަތީފް ހުށައެޅި ބިލާއި ކުޑަކުދިންގެ ހައްގުތަށް ރައްކާތެރިކުރުމަށް ގެމެނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ހުށައެޅި ބިލާއި، ޖިނާއީ އިޖުރާއުގެ ގާނޫނަށް އިސްލާހު ގެނެވުމުގެ ބިލާއި ،މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނެވުމުގެ ބިލުގެ އިތުރުން ގެމެނެފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ހުށައެޅި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނެވުމުގެ ބިލެވެ.

މިއަދުގެ ޖަލްސާއަށް 28 މެންބަރުން ހާޒިރުވި އިރު ސަރުކާރާއި އިދިކޮޅު އެއްވެސް މެންބަރަކު މިއަދުގެ ޖަލްސާއަށް ހާޒިރުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުރާތި

    މެމްބަރުން މަދުވެ އިންތިހާބާއި ގުޅުންހުރި މުހިއްމު ބިލްތަކަށް ވޯޓަށް ނޭހުނު ކަމަށް ބުނަނީ އެއީ މަޖްލީހުގެ ރައީސް އެކަނިއޭ މަޖްލީހުގެ ނިޒާމް އެއް ނުބުނެއޭ މިކަމެއް ކޯރަމް ހަމަވެގެން ޖަލްސާ ބާއްވާނަމަ އެފަދަ ޖަލްސާ އެެއްގައި ބިލް ތައް ވޯޓަށް އަހައިގެން ބިލް ތައް ވެސް ފާސް ކުރެވޭނެއޭ މީ ގާނޫނު އަސާސީގައި މަނާ ކަމެއް ނޫނޭ ނަމަވެސް މަޖްލީހުގެ ރައީސް އަމިއްލަ އަށް ފެންނަ ގޮތަށް މިއަދު ކަންކަން މިކުރީ އެއީ އޭނާގެ އަމިއްލަ އެދުމެއް އޭގެ ފުރަގަހަތުގައިވާތީއޭ މަމެން ގަބޫލުނުކުރާނަމޭ ތިޔާ ކަމެއް ދެން އަދުރޭ މެން ރައީސް އާއި އެކު ށ. އަތޮޅަށް ދާން ޖެހޭނެ އެއްވެސް ސަބަބެއް މަމެންނަށް ނުފެނެއޭ. މިރެއިން މިރެއަށް ނަމަވެސް ތިޔާ ބިލް އަދުރޭ މެން މާލެ ގެނެސްގެން ނަމަވެސް ފާސްކުރަންވީއޭ.