ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެކުވެރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލޯންޖު ބޭނުން ކުރެވޭ ގޮތަށް ހަމަޖެއްސުމަށްވުރެ، ޚާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ވީއައިޕީ ލޯންޖުން ޚިދުމަތް ދިނުން މާ ރަނގަޅުވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިދިޔަ ބުދަ ދުވަހު ސިއްރުކޮށްގެން ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ކޮމިޓީން ވަނީ މެންބަރުންނާއި މެންބަރުންގެ އާއިލާގެ އިތުރަށް އެ މެމްބަރަކު އިޚުތިޔާރުކުރާ އިތުރު ދެ މީހަކަށް ވެސް ލޯންޖު ބޭނުން ކުރެވޭ ގޮތަށް ހަމަޖައްސާފައެވެ. މީގެ ކުރިން އޮންނަ އުސޫލުން މެންބަރުންނާއި މެންބަރުންގެ އަނބިންނާއި ފިރިންގެ އިތުރަށް ދަރިންނާއި މައިންބަފައިންނަށް ވީއައިޕީ ލޯންޖު ބޭނުންކުރެވެއެވެ. އަދި ލޯންޖު ބޭނުންކުރުމަށްފަހު ބިލު ފޮނުވަނީ މަޖިލީހަށެވެ.
އެ ނިންމުމާއި ގުޅިގެން ޑރ.ޝަހީމް ކުރެއްވި ޓްވީޓެއްގައި ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
"މަޖިލިސް މެންބަރުންގެ ރައްޓެހިންނަށް އެއާޕޯޓް ވީއައިޕީ ބޭނުންކުރެވޭނަމަ، އާއްމު ރައްޔިތުންނަށް ބޭނުންކުރެވޭ ގޮތް ހެދުން މާ ހެޔޮކަން ބޮޑު، ވަކިން ހާއްސަކޮށް ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ދިނުން މާއައުލާ" އޭނާ ވިދާޅުވިއެވެ.
މެންބަރުންގެ އެކުވެރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލޯންޖު ބޭނުން ކުރެވޭ ގޮތް ހަދާކަށް ތާއިދެއް ނުކުރާ ކަމަށް ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް ވެސް ވަނީ ވިދާޅުވެފައެވެ. އެއާޕޯޓް ވީއައިޕީ ލޯންޖު ބޭނުން ކުރެވޭ ގޮތް ހަދާކަށް ތާއިދެއް އޭނާ ނުކުރައްވާކަން ހާމަކުރައްވާ އާދަމް ޝަރީފް ވަނީ އެގަވައިދު ބަދަލު ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ވިދާޅުވެފައެވެ.
މީގެ އިތުރުން މަޖިލީހުގެ ނައިބް ރައީސް އިވާ އަބްދުﷲ ވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ރައްޓެހިންނަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖްގެ ހިދުމަތް ދިނުމާއި މެދު ދެކޮޅު ހައްދަވާފައެވެ.
ތިވާހަކަ އެމީހުން ކައިރިން އަހާލަބަލަ. ތިއަށް ޖަވާބުދޭނީ ކަމާބެހޭ ފަރާތުން...
މާތް ކަލާކޯ ޝަހީމޫ ތިހެން ނުބުނޭ، އެހެންނޫނީ ކިހެނެއް ހިނދުކޮޅުގައި ހުންނަން ބޭނުންވާ އެތި ކޮޅު ގެނެވޭނީ، މިހާރު މިއޮތް ސަރުކާރުގެ ސިޔާސަތަކީ މުއްސަނދިން މުއްސަނދިގޮތް، ފަޤީރުންނަށް ފަޤީރު ގޮތް، އެމީހުން ފަޤީރުވީ ޤާސިމް ބުނިހެން ކަންނެއްފުޅުވީމަ. މިއޮތީވާ ޤައުމެއް، ތިތަންވެސް ދޭންވީ އިންޑިއާ މީހުން ފުރަންދާން.
މި މީހުންގެ ޕާޓީން ނިކަމެތިންނަށް ވެރިކަން ހޯދާދީބަލަ@ އެއިރު އެމީހުން ތިބޭނެ ވީއައިޕީ ގައި
ވީ އައިޕީ ލޯންޖުގަ ރަށްޓެހިން ތިބީމަ މިސަރުކާރަށް ވަފާތެރި މީހުންނަށް ލާރި ލިބޭ ހެޓަކަށް .
ހާދަހާވާ އަމިއްލަ އެދުން ބޮޑު މެމްބަރުން ތަކެއް، ފަޤީރަކަށް ފޮށައެއް ލިބުނީވާނީ މިހެން !