ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ކިއޫގައި ނުޖެހި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޓިކެޓް ދެވޭ ގޮތަށް ހަމަނުޖައްސައިގެން ބައެއް މެންބަރުން ހިތްހަމަނުޖެހުން ފާޅު ކުރައްވައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްދު ދެއްވައިފިއެވެ.

މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސް އެޕް ގްރޫޕްގައި ބައެއް މެންބަރުން އަންނަނީ އެ ކަމާ ޝަކުވާ ކުރައްވަމުންނެވެ. ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗު ރޭ އޮތް އިރު، އެ މެޗަށް އެ ގޮތަށް ޓިކެޓް ނަގަން މެންބަރުންނަށް ފުރުސަތު ލިބިވަޑައެއް ނުގަންނަވައެވެ.

ކޮންމެ މެންބަރެއްގެ ދެ ރައްޓެއްސަކަށް ވީއައިޕީ ޚިދުމަތް މަޖިލީހުގެ ބަޖެޓުން ދެވޭ ގޮތަށް ހަދަން ވެސް ބައެއް މެންބަރުން ގެންދެވީ އެދިވަޑައިގަންނަވަމުންނެވެ. މި ނިންމުމަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ދެކޮޅު ހައްދަވައިފައެވެ.

މި ކަންކަމާ ގުޅިގެން ނަޝީދު ފޮނުއްވި ޓެކްސްޓް މެސެޖެއްގައި ވަނީ "މަޖިލިސް މެންބަރުންނަށް ރައްޔިތުން ފާޑުކިޔާ އެއް ކަމަކީ މާ ބޮޑޭ (ބޮޑާ ހާކާ މީހުން އުޅޭ ގޮތަށް) ވެގެން އުޅުން،" ކަމަށެވެ.

އޭގެ ފަހުން ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިކްރާމް ހަސަން ފޮނުއްވި މެސެޖެއްގައި ވަނީ "އިއްޒަތްތެރިކަން ނުލިބޭނަމަ އިއްޒަތްތެރި ކިޔުމުގެ ބަދަލުގައި ނިކަމެތި މެންބަރުން ކިޔުން މާ ރަނގަޅު" ކަމަށެވެ.

އޭގެ ފަހުން ނަޝީދު ފޮނުއްވި މެސެޖެއްގައި ވަނީ "ހަގީގީ އިއްޒަތްތެރި ކަމަކީ ރިވެތި އަޚްލާގު" ކަމަށެވެ. އަދި "އަނެކާއިންނަށް ވެސް ފުރުސަތު ދީގެން ކިއޫގައި މަޑުކޮށްލައިގެން ތިބުމަކީ ރީތި ސިފައެއް" ކަމަށް ލިޔުއްވައި ވެސް ނަޝީދު މެސެޖެއް ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ރަގަޅު

    ނަޝީދެއް ކަމަކު އެ ބުނީ ވަރަށް ރަގަޅު ވާހަކައެއް..ރިވެތި އަޙުލާގެއްގެ ކަންފުޅެއް ނެތަސް މާ ޢިއްޒަތްތެރިކަން ނުލިބިގެން އުޅޭ ބައެއް ގިނަ މެމްބަރުންނަކީ.

    37
    1
  2. ނަޖީބު އައްބާސް

    ނަނީދައް މީހުން ތާއީދު ކުރަނީ މިހެންވެ

    25
    13
  3. ދޯ

    ރަނގަޅު ވާހަކަ އެއް

    27
    3
  4. ޢަދުރޭ

    މާތް ރަސޫލާ ޙަދީޘް ކުރެއްވި ޙަދީޘްފުޅެއްގައި އޮތީ ޢިއްޒަތްތެރިކަން. މެންބަރުންނަށް ދޭކަށް ނޫން . ޙަދީޘް ފުޅުފައި އޮތީ ). سيد القوم خادمهم ) ޤައުމެއްގެ ޢިއްޒަތްތެރީން ނަކީ އެ ޤައުމުގެ މަސައްކަތްތެރީންނެވެ . މަޖުލިސް މެންބަރުން ނަށް ޢިއްޒަތް ދޭން ޖެހޭ އެކަށީގެންވާ. ރަނގަޅު އެއްމެ ސަބަބެއް ދައްކަބަލަ! އިސްލާމްދީނޫން ދީންތަކަށް އުޅެން ހުއްދަދޭން ގޮވާލާތީ ތޯ؟ ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރަން ފާސްކުރީތީތޯ ؟ ނުބައި ތަނެއްގަ ޕާކު ކުރީމަ ލައިސަންސް ބާތިލް ކުރާގޮތަށް ފާސްކުރީތީ ތޯ؟ ރައްޔިތު މީހާޔަށް ފަޑައްކު ބޭސް ލިބޭ އާސަނދަ . މެންބަރުންނަށް ސިންގަޕޫރު ހޮސްޕިޓަލްތަކުން އިންސުއަރެންސް ލިބޭގޮތަށް ފާސްކޮށްފަ އޮތީމަތޯ ؟ ރައްޔިތަކަށް ފަސޭހަ ވާ ކޮންކަމެއް ތި މީހުން ކޮށްދިނީ؟

    23
    1
  5. ހިޖުރަ

    ހަގީގީ އިއްޒަތްތެރި ކަމަކީ ރިވެތި އަޚްލާގު" ކަމަށެވެ. އަދި "އަނެކާއިންނަށް ވެސް ފުރުސަތު ދީގެން ކިއޫގައި މަޑުކޮށްލައިގެން ތިބުމަކީ ރީތި ސިފައެއް" ކަމަށް ލިޔުއްވައި ވެސް ނަޝީދު މެސެޖެއް ކުރެއްވި. އަހަރެން ނަޝީދަކަށް ސަޕޯރޓެއް ނުކުރަން. އެހެނަސް މިކަހަލަ ކަންތަކުން އޭނައަށް ސަޕޯރޓް އިތުރުވޭ.

    13
    2
  6. އލހ

    އަނގައިން ވެރިކަން ކުރަން އެނގޭ މީހެއް

    8
    4
  7. ޙހހހ

    ބޯމަތީގައި ބަރުލަމާނީ އިނީމަ މި އުޅެނީ ، ވަރަށް ބޮލުންކުޅޭ މީހެއް

    9
    3
  8. އަންނި

    އަންނި އުޅެނީ ސަޕޯރޓް ނެތުމުން މީހުން ސަޕޯރޓ ހޯދުމަށް ބުނާއެއްޗެއްމީ، މީނަގެ އަސްލު ސިފަ ފެންނާނެ މްޖްލިސްގަ، ޙަޤީގަތުގަ މީނައަކީ ވަރށް ރުންކުރު ، ވަރަށް އަޑިނުބައި މީހެއް، ވަރަށް ދެއްކުންތެރި މީހެއް، މިކަހަލަ ކަންތަކުން މީނަ ބޭނުންވަނީ މީހުންގެ ހިތް ދަމައިގަންނަން. މަޖްލީހުން ޕީ.ޕީ.އެމް މެމްބަރ ނެރުނު ދުވަހު މީނަގެ އަސްލު ސޫރަ އާއި ޙަޤީގަތް އެނގޭނެ.

    8
    6
  9. ބުލް

    ޢެހެންްވިއްޔާ އާންމުންނާ އެއްގޮތް މުސާރައެއް ދޭން ކިހިނެތް ވާނެ

    11
    1
  10. ބެލް

    ނަޝީދު ސްޓަންޓް ޖައްސަން ނޫޅެ ތިހާ ރައްޔިތު މީހެއް ނަމަ ތިޔަ ނަންގަވާ ބޮޑު މުސާރަޔާ އެލަވަންސްތަށް ކުޑަ ކޮށްލަން ވީނުންތޯ. ގައިމު ކުލިވެސް ދަށްކާކަށް ނުޖެހޭނެ ދޯ؟ އެކުން މާ މޮޅުމީހަކަށް ވާން ނޫޅެ އަނގަ މަޑުން ލައިގެން ހުރޭ ކޮޔާ.