ށ. ކަނޑިތީމު ބަނދަރަކީ 50 މިލިޔަން ރުފިޔާ ހަރަދުކުރެވި ހެދިފައިވާ ފުރިހަމަ ބަނދަރެއް ކަމަށް ހައުސިން މިނިސްޓަރު މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ އިއްޔެ ށ. ކަނޑިތީމު ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި އެރަށުގެ ރަތްޔިތުންނާ މުހާތަބު ކުރައްވަމުންނެވެ .

މިނިސްޓަރު މުހަންމަދު މުއިއްޒު ވިދާޅުވި ގޮތުގައި ކަނޑިތީމު ބަނދަރަކީ މީގެ ކުރިން ވަރަށްވެސް ހާލުގަ އޮތް ބަނދަރެއް ކަމަށެވެ

"އިއްޒަތްތެރި މެންބަރު އަޅުގަނޑު ގާތަށް ވަރަށް ގިނައިން ވަޑައިގެންނެވި ރަށުގެ އޮޑިވެރިންނާއި ކައުންސިލްގެ ބޭފުޅުންނާވެސް އެކުގައި. މިހާރު މިވަނީ މިކަންތައް ބަޖެޓްގައި ހިމެނައިގެން ރައްޔިތުން ބޭނުންވި ހުރިހާ ކަމެއްހެން ނިންމަވާދެއްވާފަ. 250 ފޫޓް ދިގު ކުރެވި، ފުޅާމިނަށްވެސް 50 ފޫޓް އިތުރު ކުރެވި ކަނޑުތޮށި ހެދި، އެއްގަމު ތޮށި ހެދި އަރިމަތިން ތިށިގަނޑު ހެދި، ވަށައިގެން ޕޭމަންޓް ހެދި ބަނދަރެއް ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން ނިމިފައިވާ ކަމަށް "މިނިސްޓަ މުއިއްޒު ވިދާޅުވިއެވެ.

ހަފްލާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވި ގޮތުގައި "މި ހުރިހާ ކަމެއް މިރަށުގައި ފުރިހަމަވެ ނިމި، 50 މިލިއަނެއްހާ ރުފިޔާ ބަޖެޓްގެ ތެރެއިން ހަރަދު ކުރައްވައިގެން މިކަންތައްތައް މިވަނީ ތިބޭފުޅުންގެ އުއްމީދު މިވަނީ ހަޤީގަތަކަށް ހައްދަވައިދެއްވާފައި" މުއިއްޒު ވިދާޅުވިއެވެ.

އެމަނިފުފާނުވަނީ ރައީސް ޔާމިންގެ ޒައާމަތުގައި ހައިރާން ކުރުވަނިވި ބޮޑެތި ތަރައްގީ ގެ މަޝްރޫއުތަކެއް ކުރު މުއްދަތެއްގެ ތެރޭގައި ހިންގަވައިފައި ވާކަމަށް ވިދާޅުވެފައެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު މުއިއްޒު ވިދާޅުވި ގޮތުގައި " ރައީސް ޔާމީން މިރަށުގެ ތަރައްޤީއަށްޓަކައި، މިއަތޮޅުގެ ތަރައްޤީއަށްޓަކައި، އަދި މުޅި ރާއްޖޭގެ ތަރައްޤީއަށްޓަކައި، މި ކުރައްވަމުން ގެންދަވާ ކަންތައްތަކާ ދޭތެރޭގައި ހުރިހާ ބޭފުޅުންވެސް ވިސްނާލަން ޖެހޭ ކަމަށެވެ. އަޅުގަނޑުމެން އަބަޖެހޭ ވިސްނާލަން. އަޅުގަނޑުމެން ކޮންމެ ބޭފުޅަކު ވިސްނަންޖެހޭކަމަށެވެ.

އަދި ޤައުމުގެ މުސްތަޤްބަލް ބައްޓަން ކުރުމުގައި ފަރުދީ ޒިންމާއެއް އެތީތީވެ، ޤައުމުގެ މުސްތަޤްބަލް ބައްޓަން ކުރުމުގައި ކޮންމެ ބޭފުޅަކުވެސް ފަރުދީ ޒިންމާ އަދާކުރުމުގައި ޤައުމީ ގޮތުން ވާޖިބު އަދާކުރުމުގެ ފުރުޞަތު އެބަލިބޭ ކަމަށްމިނިސްޓާ ވިދާޅުވިއެވެ. .

މިނިސްޓަރު ވާހަކަ ނިންމަވާލަމުން ވަނީ ރައީސް ޔާމިން ފައއްޓަވާފައި ވާ މަސައްކަތުގައި އންމެން އަތުކުރި އޮޅާލައިގެން ކުރިޔަށް ދިޔުމަށްގޮވާލައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާސިން ބޭ

    އަލަށް ހަދާ ބަދަރަށްވެސް 50 މިލިއަން ، މަރާމާތު ކުރަންވެސް 50 މިލއަން ، މިޔޭ މައްސަލައަކީ ، ފައިސާ ޚަރާބްކޮށް ސުންނާފަތި ނުކޮށްވެސް ބަނަދަރު ހެދޭނެ .

  2. ދޮންބޭބެ / ނައިފަރު

    މައުމޫނުގެ 30 އަހަރުގެ ވެރިކމުގައި ނައިފަރުގައި ބަދަރެއްހެދީ ހައިމާކުންކޮނެގެންނެވެ. އަޑިތަންތަނާ އުސްތަންތަން އިންތިހާއެވެ. ބޮޑުދިޔަވަރުގައިވެސް ދޯނިފަހަރު ބީހެއެވެ. އެއްގަމުތޮއްޓާ ގެބުރުތޮށިޖެހީ ރައްޔިތންނުކުމެ ގަލާ ، ސިމެންތިބަސްދާ ޖަހައިގެން ރައްޔިތުންގެ ޚަރަދުގައެވެ. ކޮންމެ އިރުވަޔަކު އެއްގަމުތޮށިން ބައެއްވެއްޓި ގެބުރުތޮށި ރޫޅި ފަޅުތިލަވެ ދިޔައިރުވެސް އެސަރުކާރުން ކަހާބިހި ހިރުވައިވެސް ނުލިއެވެ. މިއަދު ރައީސް ޔާމީންގެ ސަރުކާރުން ނައިފަރު ބަނދަރަށް ގެނެސްދީފައޮތް ބޮޑު އިންގިލާބު ދެކިބަލާށެވެ. ދޮޅުހާހެއްހައިިފޫޓުދިގުކޮށް ޝީޓްޕައިލްހަދާ ، ގެބުރުތޮށި އެއްކޮށް ބޮޑުހިލަޖަހާ ބަދަރު އެދަނީ ނިމެމުންނެވެ.