ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންގެ ސެޕްޓެމްބަރ މަހުގެ މުސާރަ އަދިވެސް ނުލިބޭ ކަމަށް ބައެއް މުވައްޒަފުން ބުނެފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވި ރީޖަނަލް ހޮސްޕިޓަލެއްގެ މެނޭޖަރަކު ވިދާޅުވީ އެހޮސްޕިޓަލްގެ ގިނަ މުވައްޒަފުންނަށް ވެސް އަދި މުސާރަ ޖަމާނުވާ ކަމަށާއި، މުސާރަ ޖަމާނުވެގެން އުޅެނީ ކީއްވެކަން ބުނަން ނޭނގޭ ކަމަށެވެ. "ބުރާސްފަތި ދުވަހު މުސާރަ ޖަމާވާނެ ކަމަށް އުއްމީދު ކޮށްގެން ތިބީ. އެކަމަކު އަދިވެސް ގިނަ މުވައްޒަފުންނަށް މުސާރަ ޖަމާވެފައެއް ނެތް. އެކަމުގެ ޝަކުވާ މުވައްޒަފުންގެ ފަރާތުން ލިބެމުން އެބައާދޭ. ނަމަވެސް އަދި ހެލްތު މިނިސްޓްރީގެ ބަހެއް މިކަމުގައި ނުލިބޭ." އޭނާ ވިދާޅުވިއެވެ.

ހެލްތު ޕްރޮފެޝަނަލުންގެ ޔޫނިއަނުން ވެސް ވަނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ޖަމާވުން ލަސްވެގެން އެޔޫނިއަންގެ ސަމާލުކަމަށް މައްސަލަ އައިސްފައިވާކަން ހާމަކޮށްފައެވެ. ޔޫނިއަން އިން ކުރި ޓްވީޓެއްގައި ބުނީ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގެ މުވައްޒަފުންގެ މުސާރަ، ޖަމާވުން ލަސްވުމުގެ ޝަކުވާތައް ޔޫނިއަންއަށް ވަނީ ލިބިފައި ކަމަށެވެ. ނިމިދިޔަ މަހުގެ މުސާރަ ޖަމާނުވާ މުވައްޒަފުން ތިބިކަން ފާހަގަކޮށް ޔޫނިއަން އިން ބުނީ މަހުން މަހަށް ލަސްނުކޮށް މުސާރަ ތައް ދިނުމަށް ގޮވާލާ ކަމަށެވެ.

އާއްމު ގޮތެއްގައި ސަރުކާރު މުވައްޒަފުންގެ މުސާރަ އެންމެ ލަސްވެގެން މަހުގެ އެންމެ ފަހު ރަސްމީ ދުވަހު ޖަމާވެއެވެ. ނަމަވެސް ފަހަކަށް އައިސް ބައެއް އޮފީސްތަކުގެ މުވައްޒަފުންގެ މުސާރަ ޖަމާވުން ލަސްވަމުންދާ ކަމުގެ ޝަކުވާ މުވައްޒަފުން އަންނަނީ ކުރަމުންނެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވި މުވައްޒަފަކު ވިދާޅުވީ މުސާރަ ލިބުމުން ލަސްވުމުން ގިނަ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. "ކުރަން ޖެހޭ ހަރަދުތައް ގިނަ ކަމުން މަސް ނިމޭއިރު އަތްމަތި އޮންނަނީ ހުސްވެފައި. ކުރަން މަޖުބޫރު ހަރަދާއި ބަލާއިރު ވަރަށް ކުޑަ މުސާރައެއް ލިބެނީ. އެހެންވެ މަސް ނިމެންވާއިރަށް މުސާރައަށް ވަރަށް ބޮޑަށް ޑިޕެންޑް ވެވިފައި ހުންނަނީ. މުސާރަ ނުލިބޭތީ ވަރަސް ދަތި." އޭނާ ވިދާޅުވިއެވެ.

މުވައްޒަފުންގެ މުސާރަ ޖަމާވުން ލަސްވި ސަބަބެއް ހޯދަން ފިނޭންސް މިނިސްޓްރީއަށް ގުޅުމުން އަދި މިހާތަނަށް މިނިސްޓްރީގެ ބަހެއް ލިބިފައެއް ނުވެއެވެ. މިކަމާއި ގުޅިގެން ހެލްތު މިނިސްޓްރީން ވެސް އަދި މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުސޭނުބޭ

    މުސާރަ ޖަމާވުން ހަރުދަނާކުރުމަށް ވަރަށް އަވަހަށް އެއިން ކޮންމެ މުއައްޒަފަކަށް މުއައްސަސާއެއް ހަދާނެ. ހެލްތު މިނިސްޓަރު އެހައި މޮޅުވާނެ!

    8
    2
  2. ދުންނު

    އެމީހުން އަޑުގަދަ ކުރަންފެށީމާ މިހާރުއެނގޭނެ އަދިވެސް މުސާރަނުލިބޭ ބަޔަކު އެބަތިބިކަން ކުރިންވެސް ބަޔަކަށް އައްލައްކަ ދެވުނުކަންވެސް އެނގުނީ ބަޔަކު ދުއްވައިގަތީމައެއްނު މިހާރު.

  3. އިބްރާހިމް

    ކޮންމެ ކަމެއްގަވެސް ސަރުކާރަށް އަޑުއިއްވަންޖެހިފައިވަނީ. މަރުތޭލުންނެވެ.

  4. ނުލިބޭ ތިއެއް

    ތުކި

  5. އިސްޢާފް ސަލީމް

    ކޮންމެ މަހެއްގެ މުސާރަދޭން ލޯނުނަގަންޏާ ވާނީ ތިހެން! އަމިއްލަ އާމުދަނީއެއްހޯދާނޭގޮތެއް އެފަދަ ވިސްނުމެއްވެސް މި ސަރުކަރުގައި ނެތް! ކުރިން ވެރިކަންކުރި ޔަމީންގެވެރިކަން ފެށުނުއިރުވެސް ތިން ފެމުނުގެ އަގަދަށުވެ ޤަވްމުއޮތީ މިޙާލަތުގައި! ޔާމީންގެ އަދި ޔާމީންގެ ޓީމުގެ ގަދަ ހިތްވަރުން ޤަވްމު އާރާސްތުކޮށް ، އިޤްތިޞާދު ކޮޅަށްޖަހާ ، ކުންފުނިތައް އޭގެ ފައިމަތީގައި ހިނގަގަންނަން ފެށި ޤަވްމު ރާސްލާފައި ކުރިޔަށްދަނިކޮށް އަލުން ހަމަ އެއްކަލަ ފެމުނުތައް އައިސް ޤަވްމު މިއޮތީ ކައްވާލާ ހިންދާލާފަ! ކުރިން އައީ 3 ފެމުނު. މިފަހަރު މިއުޅެނީ 6 ފެމުނު! މިއީ ޙަޤީޤަތް!

  6. ސޯލިހުބޭ

    ކޮބާ މައްސަލައަކީ؟ އަދިވެސް ޕާޓީގެ އެކްޓިވިސްޓުންނަށް ސްޓޭޓް މިނިސްޓަރުކަން ދެވޭތޯ މިބަލަނީ.