ވެރިކަން ކުރާ އެމްޑީޕީއަކީ ނުތާހިރު ފިލޯސަފީއެއްގެ ބައެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗް ބައްލަވާ ލައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި، ކުރީގެ ރައީސް މައުމޫނާއި ގާތުގައި ސަސްޕެންޑް ކޮށްފައިވާ ޔޫތު މިނިސްޓަރު މަހްލޫފް އިންނެވި ފޮޓޯއަކާއިއެކު ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފެންނަ ކަންކަމުން ސާފުވަނީ ޤާނޫނު ހިންގުމުގައި ރައީސް ނުރަނގަޅު ނުފޫޒު ފޯރުވާކަން ކަމަށެވެ.

"އެސްއޯއެފުން ފައިސާ ލިބުނު ވަޒީރަށް، އެމްޑީޕީ މޭޔަރަށް އަދި މެމްބަރަކަށް ދަޢުވާ ނުކުރާނެ. ދެން އިވޭނީ މަޙްލޫފަށްވެސް ދަޢުވާ ނުކުރާ ޚަބަރު. އެމްޑީޕީއަކީ ނުތާހިރު ފިލޯސަފީއެއްގެ ވެރި ބައެއް." ޖަމީލް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ މަހްލޫފަށް ލިބުނު ކަމަށް އޭސީސީ އިން ކުރި ތަހްގީގުން ސާބިތުވާކަމަށް އޭސީސީ އިން ވަނީ ބުނެފައެވެ. މަހްލޫފަށް ދައުވާ ކުރަން އޭސީސީ އިން ޕީޖީ އޮފީހަށް މައްސަލަ ފޮނުވީ ޖޫން މަހުގެ 09 ވަނަ ދުވަހު އެވެ. ނަމަވެސް އެމައްސަލަ ފޮނުވިތާ ހަތަރު މަސް ވާން ކައިރިވެފައި ވާއިރު އަދިވެސް މަހްލޫފްގެ މައްސަލަ ޕީޖީ އިން ކޯޓަށް ފޮނުވާފައެއް ނުވެއެވެ.

އޭސީސީ އިން ބުނާ ގޮތުގައި އެމްއެމްޕީއާރްސީ ފައިސާ އިން މަހްލޫފަށް 33000 އެމެރިކާ ޑޮލަރު (ފަސްލައްކަ ރުފިޔާ) ލިބުނު ކަމަށެވެ. ނަމަވެސް މަހްލޫފް ވިދާޅުވެފައިވާ ގޮތުގައި އެމްއެމްޕީއާރްސީ އާއިއެކު އެނާ ކޮށްފައި ވަނީ ޑޮލަރު ގަތުމުގެ މުއާމަލާތެކެވެ.

ކޮމިޝަނުން ބުނިގޮތުގައި އެ ފައިސާ އަކީ ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތެއް ކަން ދެއްކުމުގެ ގޮތުން އެސްއޯއެފްގެ ނަމުގައި ތައްޔާރުކޮށްފައިވާ ޕޭމަންޓް ރިސީވްޑް ލިއުމެއް މަހްލޫފްގެ ފަރާތުން ހުށަހަޅާފައިވެ އެވެ. އެކަމަކު އެ ފައިސާ އަކީ ޑޮލަރު ގަތުމަށް ދިން ފައިސާކަން އެނގެން ނެތް ކަމަށް އޭސީސީން ބުންޏެވެ.

މަހްލޫފްގެ މައްސަލަ ޕީޖީ އަށް ފޮނުވުމުން އޭނާ ވަނީ ވަޒީރުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް އަދިވެސް މަހްލޫފަށް މިނިސްޓަރެއްގެ މުސާރަ ލިބިވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލީ ދިއްދޫ

    ޖަމީލަށްވުރެ ނުތާހިރު މީހަކު މި ރައްޖެއަކުނެތް ރައީސް ޔާމީނޭ ކިޔަގެން ހުރިހާވާހަކައެއްދައްކާ މިހާރު ޖަމީލު އެވާހަކަތައް ނަފީކުރަން ކޯޓުގައި އެ އުޅުއްވަނީ ނުތާހިރާ އަރުވާ ޖަހައިގެން ހުރެ ހުރެގެނެވެ.

    10
    7
  2. އަބުދުﷲ

    މޑޕ ގޯސް އެކަމަކު ވިއްސާރަދުވަހެއްގަ
    އިރުނުފެނުނަސް އެނގޭނެ މިހާރު އިރު އަރާފަ ހުރީމަކަން މިއަލިވަނީ އެގޮތުން ސިޔާސީ މީހުން އަތުގަ އެހާގިނަ ފަެިސާ ހުންނަނީ ޚިޔާނާތުގެ ގޮތުގަ ހޯދާ ފައިސާކަން . ..... އެނގިހުރެ އެޖަރީމާ ތަކުގެ ދިފާއުގަ މަސައްކަތުގަ އުޅުމަކީ ފާޚާނަ ވަޅުގަނޑަކަ އް ވުރެވެސް ނުތާހިރު ތަނެއް ސާފުކުރަން އުޅުން. ޢެގެވަސް ކަލޭގެގަޔަކުން ނުފިލާނެ!!!!!!!

    6
    1
  3. ބޮޑުއަޖައިބު

    ޔާމީން ވެރިކަމުގަ ހިނގި ހުރިހާ ނުބައިކަމެއް އެނގިގެން އުޅުނު މީހެއް މަހުލޫފަކީ. އެކަމު އެސްއޯއެފްއާ ޖެހުނީމަ އޭނަ ވީ ހަމަ އެއްވެސް ކަމެއް ނޭނގޭފަދަ ކުޑަކުއްޖަކަށް. ޔާމިން ގޭ ދޮށަށް ގޮސް މާ މާތް މީހަކަށްވެގެން ޑޮލަރު އުކި މީހާވެސް ހަމަ ހުރީ އެއްކަލަ ޑޮލަރުގަ ޖެހިފަ.

    4
    1
  4. ވަކަރަ ގެ އައްލ

    މަ ޗާ ގެ ލޯޔަރު ކަމުގައި ރ ޔާމިނަށް އެއްވެސް ކުރިއެރުމެއް ނުލިބޭނެ ކަން ޔަޤީން@ އެ ބޭފުޅާ މޮޔަ ފުޅު ކަމުން ބޮނޑި ބަތާއި ލާއިގެން އުޅުއްވަނީ

    5
    1