ކަރިޝްމާ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން މ.ކެލަން މުހައްމަދު އިސްމާއިލް ދެފަހަރަށް ހުށަހަޅައިގެން ވެސް ހުއްދަ ނުލިބުމުން އޭނާ އެންމެ ފަހުން އިޚްލާސްތެރި ޕާޓީ މޯލްޑިވްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ހުއްދައަށް އެދިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ވިދާޅުވީ އިޚްލާސްތެރި ޕާޓީ މޯލްޑިވްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ މ.ކެލަން, މުޙައްމަދު އިސްމާއިލަށް ދިނުމަށް މިއަދު ކޮމިޝަނުން ނިންމާފައިވާ ކަމަށެވެެ. އެކަމުގެ ލިޔުން މިއަދު ވަނީ މުޙައްމަދު އިސްމާއީލް އާއި ހަވާލުކޮށްފައެވެ.

ކަރިޝްމާ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން މުހައްމަދު އިސްލާއީލް އެންމެ ފުރަތަމަ ހުށަހެޅީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން މިދިޔަ މަހު ވެސް އޭނާ ވަނީ އެނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި ހުށަހަޅާފައެވެ.

ކަރިޝްމާ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދެވެން ނެތްކަން އަންގާ މިދިޔަ މަހު އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މުހައްމަދު އިސްމާއީލް ހުށަހަޅާފައިވާ ނަމަކީ ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމެއް ނޫން ކަމަށެވެ.

ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނުމުން 3000 މީހުންގެ ސޮއި ހަމަކޮށް، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެއެވެ. އެމަސައްކަތް ކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. 3000 މެންބަރުން ހަމަކުރުމުން ޕާޓީ ރަޖިސްޓްރީ ކުރުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ލިބޭނެއެވެ. ނަމަވެސް ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޭނީ ދިހަހާސް މެންބަރުން ހަމަވުމުންނެވެ.

މިހާރު ރާއްޖޭގައި ދިހަ ސިޔާސީ ޕާޓީއެއް އެބައޮތެވެ. އަދި އިޚްލާސްތެރި ޕާޓީ މޯލްޑިވްސް އާއިއެކު އިތުރު ދެޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އެބަގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. Anonymous

  ޕޮލިޓިކްސް އަކީ ކިހިނެތްވާ ކޯއްޗެއް ކަމެއްވެސް އެނގޭ ބަޔެއް ނޫން މިއީ ފަސާދަކޮށް ކޮސްގޮވުމުގެ ނިޔަތުގައި އުޅޭ ބަޔަކާ ވައްތަރީ

  12
  1
 2. މުހައްމަދު

  ކިހިނެތް އިހްލާސްތެރިވާނީ؟ ފުރަތަމަ ކޮވިޑް ގައިޑްލައިނާ ހިލާފަށް/ނުބައިކޮން މާސްކު ތުރުކުރުއްވައިގެން އެހުއްނެވީ. 2023 ކައިރިވީވަރަކަށް ޖީބަށް ބަރުވެ ޕާޓީތަށް އިތުރުވާނެ

  11
 3. ޑެ ޑުރީ

  މި ޕާޓީ އަށް ލިބޭ ލާރި ޚަރަދު ކުރަން ހަމޖެހިފައި ވަނީ ކަރިޝްމާ ގެ ބެލުމުގެ ދަށުން ބޮލިވުޑަށް@

 4. ހުސޭނުބޭ

  ނަމުގައި އިޚްލާޞްތެރި........... ކަންކަމުގައި ހަރާންކޯރު

 5. އަލީ

  ތިޔަހެން ޕާޓީއެއްގެ ލޯގޯގަވެސް އިނދޭ ދެފަޅި އެއްވަރުކޮއް އިންނަ ތިލަފަތެއްވެސް ޖަހާފަ!! އެކަމަކު ކަންހިނގާދަނީ މުޅިން އިދިކޮޅަށް. ތިލަފަތުގެ އެއްފަޅިގޮސް ކެއްޗާ ހަމައިގަ އަނެއްފަޅި ބިމައް ވަޅުޖަހާފަ!!!! މީ ހަގީގަތުގަ ކަންހުރިގޮތް...

 6. ޙުސައިން

  މިދެން ކިހާބޮޑު ނުފޮރުއްޕާނެއްތަ.އަނެއްކާ އަނެއް ލާގަނޑު