ވިލިމާލެ ގެސްޓް ހައުސްއެއްގައި މަސްތުވާތަކެތި ބޭނުންކުރަންތިިބި 8 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އެ މީހުން ހައްޔަރުކޮށްފައި ވަނީ ވިލިމާލެ ގެސްޓްހައުސްއެއްގައި މަސްތުވާތަކެތި ބޭނުންކުރަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ކަަމަށެވެ.

ފުލުހުން ވިދާޅުވީ، ރޭ 1:30 ހާއިރު ހިންގި މިއޮޕަރޭޝަންގައި، ގޭގެ ވެރިފަރާތުގެ ހުއްދައާއިއެކު ގެސްޓު ހައުސްއަށްވަދެ ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ދެ ކުދިންނާއި، 18 އަހަރުގެ މީހަކާއި، 19 އަހަރުގެ މީހަކާއި، 21 އަހަރުގެ ދެމީހަކާއި، 23 އަހަރުގެ މީހަކާއި އަދި 24 އަހަރުގެ މީހެެއް ކަމަށެވެ.

މަސްތުވާތަކެތި ބޭނުންކުރަންތިބި މި 8 މީހުން ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން، މަސްތުވާތަކެތި އަޅާފައިވާ 4 ސެލޯފިން ކޮޅާއި މަސްތުވާތަކެތި ބޭނުން ކުރުމަށް ގެންގުޅޭ ތަކެތި އެ ކޮަޓަރި ތެރެއިން ފެނިފައިވާކަމަށެވެ.

ފުލުހުން ވިދާޅުވިގޮތުގައި، މިމީހުން މިހާރުތިބީ ފުލުހުންގެ ހައްޔަރުގައެވެ. އަދި މި މައްސަލަ ދަނީ ވިލިމާލެ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަރީ

    މިއަދުވެސް ހޯމް މިނިސްޓަރ ވިދާޅުވި މިހާރު ކަންމަތީގައި މަސްތުވާ ތަކެތި ބޭނުންކުރާ ކުދިން ނުތިބޭނެޔޭ ، މިނިސްޓަރަށް ނޭގުނީބާ މިހާރު މަސްތުވާ ތަކެތި ބޭނުންކުރާ ކުދިން ސްމާޓް ވީކަމެއް، މިހާރު ތިބޭނީ މަގުމަތީގައެއްނޫން ، ތިބޭނީ ގެސްޓް ހައުސް ތަކުގައި ، ބޭނުންކުރާ އަދަދު ވީ އިތުރު ، ވަރަށް ސަލާން

  2. ލޮލް

    ވިލިމާލެ ޕޮލިސް ސްޓޭޝަން މުވައްޒަފުންގެ މަސައްކަތައް ސާބަސް