އައްޑޫ ސިޓީ ހިތަދޫ ބޮޑު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެން ކަމަށްވާއިރު އެއް ސައިކަލުގައި ދިޔައީ އަންހެނެކެވެ. އަދި އަނެއް ސައިކަލުގައި ދިޔައީ ދެ ފިރިހެނުންނެވެ. އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނީ ފިރިހެނަކަށެވެ.

މި އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް މިހާރު ވަނީ ގެންގޮސްފައެވެ.

ހިތަދޫގައި މިއަދު އެކްސިޑެންޓެއް ހިނގިއިރު މިދިޔަ މަހުގެ ފަހުކޮޅު ފޭދޫފައި ހިިނގި ނުރައްކާތެރި އެކްސިޑެންޓްއެއްގައި ދެމީހަކަށް އަނިޔާވެ އެކަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. ފޭދޫ ބޮޑު މަގުގައި އެ އެކްސިޑެންޓް ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެންނެވެ.

އެގޮތުން މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ ވަނީ އިތުރު ފަރުވާ އަށް މާލެ ފުރުވާލާފައެވެ.