ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ދޮރުމައްޗަށް މީހަކު ކުޑަކަމުދާ މަންޒަރު ފެންނަ ފޮޓޯއެއް މީސްމީޑިއާގައި އާއްމުވެއްޖެއެވެ.

މީސްމީޑިއާގައި އާއްމުވެފައިވާ މިވީޑިއޯއިން ފެނިގެން ދަނީ ރައީސް އޮފީހުގެ ދޮރުމައްޗަށް އޭނާ ކުޑަކަމުދާ މަންޒަރެވެ. އަދި އޭނާ އެކަން ކުރިއިރު، އޭނާގެ ކައިރީގައި އިތުރު ބަޔަކު ތިބި މަންޒަރު ވެސް އެ ފޮޓޯއިން ފެނެއެވެ.

މިފޮޓޯ މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އެކަން ކޮށްފައިވަނީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީ މީހެއްކަމެއް އެނގިފައެއް ނުވެއެވެ.

މި ކަމާއި ގުޅިގެން ފުލުހުން މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، ރައީސް އޮފީހުގެ ގޭޓު ކައިރިއަށް މީހަކު ކުޑަކަމު ދިޔަ މައްސަލައެއް އެއިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށެވެ.

ރައީސް އޮފީހުގެ ދޮރުމައްޗަށް މީހަކު ކުޑަކަމު ގޮސްފައިވާއިރު، މިއަދުގެ ވަގުތެއްގައި އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި މަގްރިބް ނަމާދު ކުރަން ތިއްބާ ވެސް މީހަކު ވަނީ އިމާމުގެ ކުރިމަތީ ގިބްލައަށް ވާގޮތަށް ކުޑަކަމު ގޮސްފައި ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން އެންމެ ފަހުން ވިދާޅުވެފައިވަނީ ކުޑަކަމު ދިޔަކަމަށް ބެލެވޭ މީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އާދަމުގެދަރި

  އަޖާއިބެއްކަހަލަ މޮޔައިން. މި މޮޔައިންނަށް މިއެނގެނީ ރައީސް އޮފީހާއި މިސްކިތްތަކަށް އެކަނި ކުޑަކަމުދާން. އެހެންތާކަށް ލާކަށް ނޭނގޭ.

 2. އަޙްމަދު

  މަގުމައްޗަށް ހީސްލާ ޤައުމުގެ މީހުން ގިނަވާވަރަކަށް މިޤައުމުންވެސް ތިކަންފެންނާނެ! ތީ ހައިރާން ވާވަރުގެ ކަމެއްނުން! ތިމީހާވެސް ވާނީ ނުކުޅެދޭ މީހަކަށް!

  1
  1
 3. އަލްޖިބްރާ

  މިޚަބަރު މީޑިއާގައި ލިއުނު ނޫސް ތަކަށް އިންޒާރު ދޭކަށް ނުވޭބާ ؟