ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ހުކުރު މިސްކިތް އަދި އިސްލާމީ މަރުކަޒު ތެރެއަށް ކުޑަކަމުދިޔަ މީހާއާއި މެދު ފިޔަވަޅު އެޅުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހޯމް މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ކަމާލުއްދީން ގޮވާލައިފިއެވެ.

ކަމާލުއްދީން މިފަދައިން ގޮވާލަފައިވަނީ ރައީސް އޮފީހުގެ ގޭޓު ކައިރިއަށާއި ހުކުރު މިސްކިތުގެ އެތެރޭގެ އިތުރުން އިސްލާމީ މަރުކަޒުގައި މީހުން ނަމާދަށް ތިއްބާ އިމާމުގެ ކުރިމައްޗަށް މީހަކު ކުޑަކަމު ދިއުމާއި ގުޅިގެން ފުލުހުން އޭނާ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން ފުލުހުން ވިދާޅުވީ، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އޭނާ އަކީ އެއީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށެވެ.

އެކަމާއި ގުޅިގެން ކަމާލުއްދީން ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ކުޑަކަމުދިޔަ މީހާ ހޯދާ އޭނާއަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

"އަވަހަށް މީހާ ހޯދާ ފިޔަވަޅު ނާޅައިފިނަމަ އެތަން މިތަނަށް ކުޑަކަމުދާ މީހުންނާ ބޮޑުކަމުދާ މީހުން ނުތަކާ ވަރަށް އިތުރުވެދާނެ" ކަމާލުއްދީން ކުރެއްވި ޓުވިޓުގައި ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން މިހާރު ބަލަމުން އަންނައިރު، އެކަމުގައި ތުހުމަތު ކުރެވޭ މީހެއްގެ ފޮޓޯއެއް މިހާރު މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އަދި އޭނާ ހައްޔަރު ކޮށްފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކީކޭބުނާނީ

    ކޮންފަދަ ބޮޑު މުސީބާތެއް! ނުކުޅެދުންތެރިކަން ހުރެގެން ކުޑަކަމުދެވެނީ މި ގައުމާއި މި ދައުލަތުގެ އެންމެ ހުރުމަތްތެރިވެގެންވާ ތަންތަނަށްތޯ ސުވާލު އުފެދޭ. ކަނޑައެޅިގެން މި ގައުމުގެ އިއްޒަތާ ޝަރަފަށް ދިން އުދުވާނެއް ކަމުގައިނޫނީ ނުބެލެވޭނެ. މިސްކިތަށް އަރައި އިމާމުމީހާގެ ކުރިމައްޗަށް ކުޑަކަމުދިޔައީމާ، އެއީ ނުކުޅެދޭ މީހެކޭ ކިޔާފައި މިނިވަންކަމާއެކު ދޫކޮށްފައި ބަހައްޓަން ގަބޫލުވާނެ ޣިޔަރަތްތެރި މުސްލިމް ދިވެއްސަކު ނުހުންނާނެ.

  2. ޢަދުރޭ

    ދިވެހިން ދެކެ ރުޅިއައިސްގެން މީހަކު ކުރާކަމެއް ނަމަ ތިޔަ މީހާ އެހެން ޤައުމެއްގައި އުޅެން ދާވީނު

  3. މޮހޮނު

    އިސްލާމް ދީނުގެ ޝިޢާރުތަކަށް ޖެއްސުންކޮށް ފުރައްސާރަ ކޮށްފިއްޔާ އެމީހާއަކީ ނުކުޅެދޭ މީހެއް

    ލާދީނީ ވެއްޖިއްޔާ ސެކިއުލަރިޒަމް ފަތުރަން އުޅެންޏާާ އިންސާނީ ޙައްޤު

    އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް އުޅެންޏާ ހަރުކަށި

    މިއޮތީވާ ޤައުމަކާއި ދައުލަތަކާއި ސަރުކާރަކާއި ރައްޔިތެއް

  4. Anonymous

    އޭނާޔައް އެހީ ތެރިވެދިނިއްޔާ ރަނގަޅުވާނެހެން ހީވަނީ.

  5. އިސްޢާފް ސަލީމް

    މިބޭފުޅާ އެބަ އުޅުއްވާތަ؟