ހުރިހާ ތަނެއް އޮއްވާ އިސްލާމީ މަރުކަޒުގެ ތެރެއަށް ވަދެ އިމާމުގެ ކައިރިއަށް ކުޑަކަމުދާން ޖެހުނީ އެކަން ކުރި މީހާ ކޮން ގޮތަކަށް ނުކުޅެދިގެންތޯ އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިޔާ އައްޝައިހް އަލީ ޒައިދު ސުވާލު ކޮށްފިއެވެ.

ހުކުރު މިސްކިތަށާއި އިސްލާމީ މަރުކަޒަށް ކުޑަކަމުދިޔަ މީހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން އެހެން ވިދާޅުވުމުން އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވަނީ މިއީ މަސްތުވެގެން ހުރެ ހިންގި ޢަމަލެއްނަމަ ވަރުގަދަ ފިޔަވަޅު އެޅެންޖެހޭ ކަމަށެވެ. "ކޮން ގޮތަކަށް ނުކުޅެދިގެންތޯ އެއޮއްހާ ތަނެއް އޮއްވާ ގޮސް ނަމާދު ކުރަނިކޮށް އިމާމް ކައިރިން މިސްކިތުތެރެއަށް ކުޑަކަމުދާން ޖެހުނީ؟ މިއީ މަސްތުވެގެން ހުރެ ހިންގި ޢަމަލެއްނަމަ ވަރުގަދަ ފިޔަވަޅު އެޅެންޖެހޭ." ޒައިދު ވިދާޅުވިއެވެ.

އިސްލާމްދީނާއި ހިލާފު އަމަލުތައް ހިންގާ މީހުންނަކީ ނުކުޅެދޭ މީހުން ކަމަށް ބުނެ ފުލުހުން އެފަދަ މީހުންނަށް ހިމާޔަތްދޭ ކަމަށް ގިނަ ބަޔަކު މިރޭ މީސް މީޑިއާގައި ބުނެފައި ވެއެވެ. ނަމަވެސް އެކަން ދޮގުކޮށް ފުލުހުން ވިދާޅުވީ ވަކި ބާވަތެއްގެ މައްސަލައެއްގައި ހިމެނޭ ކޮންމެ މިހަކީ ނުކުޅޭދެ މީހެއް ކަމަށް ކަނޑައެޅުމަކީ ދިވެހި ފުލުހުން ކުރާކަމެއް ނޫން ކަމަށެވެ. އަދި އެއީ ފުލުހުން ކުރާނެ ކަމެއްވެސް ނޫންކަމުގައި ފުލުހުން ވިދާޅުވިއެވެ.

ފާޑުކިޔުންތަކަށް ރައްދުދެމުން ފުލުހުން ވިދާޅުވީ އިސްލާމް ދީނާ ހިލާފު އަމަލުތައް ހިންގާ މީހުންގެ މައްސަލަތައް ނުވަތަ މިސްކިތްތަކުގެ ހުރުމަތް ކެނޑިގެންދާފަދަ ކަންތައްތައް ކުރާ މީހުންގެ މައްސަލަތަކަކީ ފުލުހުން ބޮޑު އިސްކަމެއް ދީގެން ތަހުގީގު ކުރަމުންދާ މައްސަލަތަކެއް ކަމަށެވެ.

އަދި މިފަދަ މައްސަލަތަކުގެ ވަށައިގެންވާ ކަންކަން، ގުޅުންހުރި އިދާރާތަކުގެ ބައިވެރިވުމާއެކު ބަލައި ފުރިހަމަ ތަހުގީގެއް ހިންގަމުން ގެންދާކަމުގެ ޔަގީންކަން ފުލުހުން ދިނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އުގުރި

    އަލީ ޒައިދު ކަލޭ ގޮސް އިމްރާނު ކައިރީގައި ތިހެއް ކިޔާބަލަ ( ފިޑި ) .
    އެމްޑީއެން އުތެމާ ގެ މައްސަލަ އާއި ދިމާލަށް ބަލާލަން ނުކެރުނު ބަޔަކަށް ދެން ކޮންކަމެއް ކުރެވޭނީ..

    40
    2
    • ވިސްނާލުމަށް އެދެމޭ

      މަވެސްބުނަން ބޭނުންވިގޮތަށް ތިބުނީ ޒައިދަށް އިމުރާނަށް ގުޅަފަ އެހެންއަހާލަން މާފަސޭހަވާނެ ކޮންމެހެން ޓްވީޓްނުކުރިޔަސް..މީ ރަސޫލާ ދުޢާ ދެއްވިފަދަ މީހެއްގެ ވެރިަކަމުގަ ހިގިކަމެނަމަ މިގޮތަށް ނުކުޅެދުންތެރިވާނެ ފިޔަވަޅުއަޅަން..ހީސްލިމީހާގެ ނުކުޅެދުންތެރިކަމަށްވުރެ މިސަރުކާގެ ވެރިންގެ ނުކުޅެދުންތެރިކަންފެންނަނީ..

      10
  2. ޕަޕަޕަޕަ

    ޒައިދު ކާރި ބުނޭ ބާރަށް އަތް ޖަހާސޭ

    33
  3. ދުންމާރި

    އިމާމާ ނަމާދަށް ހުއްޓާ ކުޑަކަމުދިޔަ މީހާބޭނުންވާ ހާއްސަ އެހީއަކީ އިސްލާމްދީނުގެ ޢަދުއްވެއްކަން ދެއްކުން މި ސަރުކާރު ވެރިކަމުގަ އިސްލާމްދީނާ ޚިލާފަށް އިސްލާމްދީނަށް ފުރައްސާރަކޮށްގެން މިސްކިތްތަކުގެ ހުރުމަތްކަނޑައިގެން ކަމެއްނުކުރެވޭނެކަންދެއްކުން އެއީ އެމީހާގެ ހުރިނަމަހުރި ނުކުޅެދުންތެރިކަމަކީ މި ލަދީނީ އެޖެންޑާ ސަރުކާރުން ރާވައިގެން ހިންގާ މުޑުދާރު ޢަމަލުތައްމީ މީ މުސްލިމުން ނަފުރަތުކުރުވަން ކުރުވާ މުޑުދާރުކަންކަން

    35
    1
  4. ގައުމު

    ޢޭނާ ނުކުޅެދޭ ކަމަށް ޑޮކްޓަރުން ކަނޑައަޅައިފައި ލިޔެކިޔުންތައް ހާމަކުރޭ .. އަދި އޭނާއަކީ ހަމަނުޖެހޭ މޮޔައަކަށް ވުރެ ބޮޑަށް ލާދީނީ މީހުންގެ ޕަޕެޓަކާއި ވައްތަރީ ..މިކަހަލަ އަމަލުތައް މުޖުތަމައުއެއްގައި ގިނަ ވުމަކީ އިލާހީ ކޯފާ އައިސްދާނެ ކަންކަން ..

    37
  5. މަސްއޫދު

    ފުލުހުން ދައްކާ ވާހަކަ ގަބޫލު ކުރަންދަތި ނުކުޅެދުންތެރިކަން ހުރެގެން ހަމައެކަނި އެގެނީ ހުރުމަތްތެރި ތަންތަނަށް ކުޑަކަމުދާންތޯ ސުވާލު އުފެދޭ! ފުލުހުންގެ ކުޅުދުންތެރި ކަމާމެދު ޝައްކު އުފެދޭ!

    38
  6. ކޮސްބެ

    ވެލެޒިނީވެސް ވީ ނުކުޅެދޭ މީހަކައް

    27
  7. Anonymous

    ބިރުފަހަނަ އަޅާ ދިއުމުން ފެންފޯއް އިހަލުން ފެންޕާކުހަދަނީ ކޮންމެ ނުލަފާކަމެއްކުރުމަންފަހު ނަފްސާނީ ބަލި މީހެކޭ ބުނީމަ ނިމުނީއެއްނު ގައުމެއްގެ ހާލު ފުކެއްބޮޑުވަރު

  8. ޅޮސްމާލު

    ނުކުޅެދޭ މީހަކަށް އެފަދަ ކަމެއް ކުރެވިދާނެ އެއީ އޭނާގެ ސިކުނޑީގައި ހެޔޮ ނުބައި ވަކިވުމުގެ ގާބިލްކަން ނެތުމުން އެކަމަކު އޭނާގެ ބެލެނިވެރިންވެސް ތިބޭނެތާ އެމީހުނަށް ކީއްވެ އެފަދަ މީހަކު ނުބެލެހެއްޓެންވީ؟ އޭނާގެ ސިއްޚީ ހާލަތު ހުރިގޮތުން އޭނާގެ ސަބަބުން މުޖުތަމައުއަށް ނުރައްކަލެއް ވެދާނެ. ސަރުކާރުން ކީއްވެ އޭނާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ނުގެންގޮސް މުޖުތަމައުއަށް ދޫކޮށްލާފައި ބަހައްޓަނީ؟ މިހިރީ ކުރަން ރަނގަޅު ސުވާލު.

  9. ހައްޕު

    މިރާއްޖޭގައި ފުލުހުން އުޅޭތަ؟