ރާއްޖޭގައި ދިނީ މިނިވަންކަން ދިނުމަށް ކާށިދޫ ދާއިރާގެ މެންބަރު އަދި ޑިއާރްޕީގެ ލީޑަރު ގޮވާލި މައްސަލާގައި އޭނާ ހައްޔަރުކޮށް ދައުވާކޮށްދޭން ރައްޔިތުންގެ އިހްތިހާދުން ގޮވާލައިފިއެވެ.

ގިނަ ޖަމިއްޔާތެއް އެކުލެވޭ އެ އިހްތިހާދުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ފޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ސިޓީއެއް ފޮނުވާފައެވެ.

އެ ސިޓީގައި އެ އިހްތިހާދުން ބުނީ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކުގައި ހިމެނޭ އިސްތިޣްނާ ދީފައިވާ ކަންތައްތަކުގެ ތެރޭގައި، އިސްލާމް ދީނުގެ އަސްލަކާ ހިލާފު އެއްވެސް ވާހަކައެއް ދެއްކުން ނުހިމެނޭ ކަމެއް ކަމަށްވާއިރު ދީނީ މިނިވަންކަމަށް ދޭން ޖާބިރު ގޮވާލި ގޮވާލުން ކުށްވެރިކުރާ ކަމަށެވެ.

ޖާބިރުގެ އެވާހަކަތައް އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު އަލީއާ ފަތުވާދޭ އެންމެ މަތީ މަޖިލީހުންވެސް އެކަން ކުށްވެރި ކޮށްފައިވާއިރު ޖާބިރު ހައްޔަރުކޮށް އޭނާގެ މައްސަލަ ހާއްސަ އަހަމިއްޔަތުކަމެއް ދިގެން ބަލައި ދިނުމަށް ގިނަ އަދަދެއްގެ ދީނީ ޖަމިއްޔާތައް ހިމެނޭ ރައްޔިތުންގެ އިހްތިހާދުން ގޮވާލިއެވެ.

"އޭނާ (ޖާބިރު) ހައްޔަރުކޮށްދެއްވައި މި މައްސަލަ ހާއްސަ ސަމާލުކަމެއްގެ ދަށުން ތަހުގީގު ކޮށްދެއްވައި އޭޏާގެ މައްޗަށް ދައުވާ އުފުލަން އެދި ދަންނަވަން" އެ ސިޓީގައި ބުންޏެވެ.

ޖާބިރުގެ މައްސަލަ މަޖިލީސް އިދާރާއިން ދަނީ ބަލަމުންނެވެ. އޭނާ ވަނީ ދީނުގެ ހައްދުތައް ފަހަނައަޅާފައި ކަމަށް އިސްލާމިކް މިނިސްޓަރު ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ދީނީ މިނިވަންކަން ދޭން މިހާ ފާޅުކަން ބޮޑު ގޮތެއްގައި ގޮވާލި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އުގުރި

    ތިކަމެއް ވާނެބާ..

  2. ބޮއިހަލާކު

    ބަލަ ނޭނގޭތަ މިއީވެސް ބޯހަމަ ނުޖެހޭ މީހެކޭ..ވީމާ ތި ދައުވާއިން ވެސް އޮޓޯއިން ސަލާމަތް ވާނެ..

  3. ކޮވިޑް

    ސުވާލަކީ ރައްޔިތުންގެ އިހްތިހާދުން ތިމައްސަލަ ބަލަން އެދި ސިޓީ ތިފޮނުވީ ކާކަށް ތޯއޭ؟ ފޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އަކީ ކޮންފަދަ ރިޕޯޓް އެއް ނެރެފައިވާ މީހެއްތޯއޭ؟ ކޮން ޖަމުއްޔާ އަކާ ގުޅިގެން އުޅުނު މީހެއްތޯއޭ؟ ފޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ތިޔަ ސިޓީ އަށް ދޭނީ ކޮންޖަވާބެއްތޯއޭ؟

    3
    1
  4. ޖާ

    ޖާބ ހައްދުން ބޭރުވެއްޖެ އެތައް ފަހަރަކު އެކަމަކު މިސަރުކާރުން ޖާބެއަކަށް ފިޔަވަޅެއްނާޅަނެ މީ ވަރަށް ސާފުކަމެއް މީގެ ކުރިން ޖާބެ ބުނެފައިވޭ ކެސިނޯއަޅާވާހކަވސް ޖުވާއަކީ އިސްލާޟްދީން ހުއްދަކުރާ ކަމެއްނޫން އެވާހަކަ ދެއްކީމަވެސް ވީކަމެއްނެތެއްބނު ދެން މިފަހަރުކޮންކަމެއްވަކިން ވާނީ މީ އެއްގަލުން ފެހިކާ ރާބުޅާތަކެއް

  5. އަބްދޫ

    ޖާބިރު ހައދުންބޭރުވެއްޖެކަމަށް އިސްލާމިކް މިނިސްތްރީން ވިދާޅުވުމާއެކު އޭނާ ހައްޔަރު ކުރެވެންވާނެ. ސަރީއަތުގެ މަޖިލީހުގަ ތައުބާލައިދީ އަލުން ތައުބާވެ އިސްލާމްދީނަށް ރުޖޫއުކުރެވެންވާނެ. މަޖިލީހުގެ ގޮނޑިގެއްލިއްޖެ ކަމަށް ކަނޑައެލެންވާނެ.